ޅ. ނައިފަރު ވެމްކޯ ސައިޓްގައި ރޭ ރޯވި އަލިފާން އެމްއެންޑީއެފްއިން ނިއްވާލައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ ރޭ 21:15 ހާއިރު އެތަނުގައި ރޯވިކަމުގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ނައިފަރު ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އަލިފާން ނިއްވަން މަސައްކަތް ފެށި ކަމަށެވެ.

ޅ.ނައިފަރު ވެމްކޯ ސައިޓުގައި އަލިފާން ރޯވުން -- ފޮޓޯ: އެމްއެންޑީއެފް
އެގޮތުން ނައިފަރު ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ރޭ 23:25 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާ ލިބިފައެއް ނުވެ އެވެ.














