ސަރުކާރުން ފޮނުވި ކަންކަން ގިނައިން ހުރި އިރު ވެސް ސަރުކާރު މެންބަރުން މަޖިލިސް ހިންގާކަށް ނޫޅޭ: ޑިމޮކްރެޓްސް

މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭތީ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: މަޖިލީސް

މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭތީ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ނުބޭއްވޭ ދުވަސްވަރު، މަޖިލީހަށް ސަރުކާރުން ފޮނުވާފައިވާ މައްސަލަތައް މަދު ނޫން ކަމަށާއި ނަމަވެސް ސަރުކާރުގެ މެންބަރުން ވެސް މަޖިލިސް ހިންގަން މަސައްކަތް ކުރަމުން ނުދާ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އިދިކޮޅު އެމްޑީޕީ އެވެ. އެމްޑީޕީގެ 43 މެންބަރުން އެބަ ތިއްބެވި އެވެ. މައިނޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމެވެ. އެ އިއްތިހާދުގެ 15 މެންބަރުން ތިއްބެވި އެވެ. ޑިމޮކްރެޓްސްގެ 12 މެންބަރުން އެބަ ތިއްބެވި އެވެ.

ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕުން މިއަދު މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ހަފުތާގެ ގަވައިދުން ޖަލްސާތައް ނުބާއްވާތާ މަހެއްހާ ދުވަސް ވެފައި ވުމުންނެވެ. މިދިޔަ ހަފުތާތަކުގައި އެއް ދުވަހު ނޫނީ ދެ ދުވަހު ޖަލްސާ ބޭއްވިއިރު މި ހަފުތާ އަދި ޖަލްސާއެއް ނުބޭއްވެ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ނޫސްވެރިންނާ ބައްދަލުކޮށް މި ކަންބޮޑުވުންތައް ފާޅުކުރަން ނިންމީ އިތުރު އެހެން އެއްވެސް ގޮތަކުން މަސައްކަތް ކޮށްގެން ކުރިއަށް ނުގެންދެވުމުން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ޕްރެސްއާ މި ބައްދަލު ކުރީ އެކި އެކި ގޮތް ގޮތުން އަޅުގަނޑުމެން މި މަސައްކަތް ކޮށްފަ، ޑިމޮކްރެޓްސްއަކަށް ކޯރަމް ހަމައެއް ނުކުރެވޭ، މަޖިލިސް ރިޔާސަތާ މަޝްވަރާކުރިން، ސިޔާސީ ޕާޓީތަކާ މި ވާހަކަ ދެއްކިން، އެތެރޭގެ މަސައްކަތް ކޮށްގެން ކުރިއެރުމެއް ނުލިބުނީމަ މި އައީ،" އީވާ ވިދާޅުވި އެވެ.

ޕާޓީތަކުން އެއްބާރުލުން ނުލިބެނީ ކީއްވެގެންތޯ "އަދަދު" ނޫހުން ސުވާލު ކުރުމުން ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް، އިތުރު ދައުރަކަށް ކުރިމަތިލެއްވި މެންބަރުން ދާއިރާއަށް ދަތުރުކުރައްވަން މަޖިލިސް ޖަލްސާތައް މަދުކުރަން އެމްޑީޕީއާއި ޕީއެންސީން އެދިފައިވާ ކަމަށެވެ.

"އަޅުގަނޑު ދެ ސިޓީއެއް ދެކުނިން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު [އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން] އާއި ޕީއެންސީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު [ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު] ގެ، ކެމްޕެއިނަށް މަޖިލިސް މެދުކަނޑައިލަން،" އޭނާ ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ދެން ފާހަގަކުރެއްވީ، ސަރުކާރުގެ މެންބަރުން މަޖިލިސް މެދުކަނޑާލަން އެދޭއިރު ސަރުކާރު ހިންގުމަށް ބޭނުންވާ މުހިންމު މައްސަލަތައް ވެސް މަޖިލީހުގައި އެބަ އޮތް ކަމެވެ. އޭގެ ތެރޭގައި ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދިނުމާއި، ސަރުކާރުން ބައިވެރިވާން ބޭނުންވާ މުއާހަދާތައް ވެސް ހިމެނެ އެވެ.

ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ކުރިމަތީގައި އޮތް އިރު ސަރުކާރުން ހިންގާ ގޯސްތައް ރައްޔިތުންނަށް ތިލަނުވެ ސަރުކާރަށް ދެވޭ ވަރަށް ބޮޑު ފުރުސަތަކަށް ވެސް މި ކަން އެބަ ވާ ކަމަށެވެ.

"ސަރުކާރު އެކަންޏެއް ނޫން، މުޅި ދައުލަތް ފާރަވެރިވާން އޮންނަ ތަން މިއީ، އެ ހުރިހާ ފަރާތަކަށް ވެސް ލިބިދާ ވަރަށް ބޮޑު ބާރެއް އެއީ [ނުހައްގު ގޮތުގައި ބައެއް ކަންކަން ހިންގަން]، މި ތަން ތަޅު އަޅުވާފައި، މި ތަނުގެ މެންބަރުން ނިދާފައި ތިބޭ ކަމުގައި ވަނިއްޔާ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހިންގުމުގެ ޝައުގުގައި ސިޔާސީ ޕާޓީއަކަށް މި ވަގުތު މަޖިލީހުގައި އޮތީ އެ ޕާޓީ އެކަންޏެވެ. އަދި އެއީ އިއްތިފާގެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ. އެ ޕާޓީގެ އަސާސަކީ ދައުލަތުގެ ނިޒާމު ހިންގައިގެން ޖަވާބުދާރީކުރަނިވި ދައުލަތެއް ހިންގުން ކަމަށް ވިދާޅުވި އެވެ.

"އިއްތިފާގެއް ނޫން އެއީ އެއް، ޑިމޮކްރެޓިކްއަކަށް ވަންޏާ އެ ސިފަތައް ހުންނާނެ، އެ ބޭފުޅުން ގަޑިއަށް ވަޑައިގަންނާވާނެ، ޖަލްސާތަކަށް ވަޑައިގަންނަވާނެ، ކޮމިޓީއަކަށް ވަޑައިގަންނަވާނެ، މަޖިލީހުގެ މަސައްކަތްތައް ކުރައްވާނެ،" ހަސަން ވިދާޅުވި އެވެ.

ސަރުކާރު މެންބަރުންތަކެއް މަޖިލީހަށް ހާޒިރުވުމަށް ފަހު ވެސް ޖަލްސާ ފެށި ވަގުތު ތަޅުމަށް ހާޒިރުނުވާ ކަން ވެސް ޑިމޮކްރެޓްސްގެ މެންބަރުން ފާހަގަ ކުރެއްވި އެވެ. ސަރުކާރުން ބައިވެރިވާން ބޭނުންވާ ބައެއް މުއާހަދާތަކުގެ މައްސަލަ ވެސް މަޖިލީހުގައި ގޮތެއް ނުނިންމި އެބަ އޮތް ކަން ވެސް ފާހަގަ ކުރި އެވެ.

ޑިމޮކްރެޓްސްގެ 12 މެންބަރުންގެ ތެރެއިން 10 މެންބަރަކު މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވި ކަން ވެސް ލީޑާޝިޕުން ފާހަގަ ކުރި އެވެ. އެ 10 މެމްބަރުންނާއި ސަރުކާރުގެ މެމްބަރުން ތަޅުމަށް ވެދެވަޑައިގެންނެވި ނަމަ މިއަދު ކޯރަމް ހަމަވީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން ސަރުކާރުން ދޭން ބޭނުންވާ، ދޭން ވެސް ޖެހޭ ހިދުމަތެއް، ދިނުމަށް ހުރަސް އެޅިގެން އެބަދޭ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox