ނުފޫޒުގެ ސުވާލާ އެކު ފުއާދު މާޔޫސްވެ، އޭނާ "އެއްލައިލަން" އުޅުމުގެ ތުހުމަތު އެމްޑީޕީއަށް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު: ނުފޫޒުގެ ސުވާލު ކުރުމުން މާޔޫސްވެ ހިއްސާކުރެއްވީ އެމްޑީޕީއަށް ތުހުމަތުކޮށް އެކި ވާހަކަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު: ނުފޫޒުގެ ސުވާލު ކުރުމުން މާޔޫސްވެ ހިއްސާކުރެއްވީ އެމްޑީޕީއަށް ތުހުމަތުކޮށް އެކި ވާހަކަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިލެކްޝަންސް ކޮމިޝަން (އީސީ) ވެސް ހިމެނޭހެން މުއައްސަސާތަކުން އޭރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަށް ހިންގާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މާޔޫސްކަމާއެކު ސިޔާސީ ޕާޓީތަކާ މެދު ހިތްހަމަނުޖެހުންތަކެއް ފާޅު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފުއާދާއި އީސީގެ އެހެން ބައެެއް މެމްބަރުން ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި އީސީގެ މެމްބަރުންނާ ސުވާލުކުރައްވަމުން، މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ތުހުމަތުކުރެއްވީ އޭރެއްގައި އޮންނަ ސަރުކާރަކުން އެދޭ ކަންތައްތައް ކުރަން، އީސީ ހިމެނޭ ހެން މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރާ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ އާޒިމްގެ ވާހަކައާ އެއްބަސްވެވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ފުންކޮށް ވިސްނާ ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާ އެކު އޭނާ އާކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، ސުޕްރީމްކޯޓު މެދުވެރިކޮށް އޭނާ އީސީން ވަކިކުރި ގޮތުގެ ހަނދާނެވެ. އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ވާތީ މަގާމާ ދުރުގައި ހުންނެވި ދުވަސްތަކުގައި މުސާރައަަށްވާ ފައިސާ ހޯއްދަވަން 2019 ވަަނަ އަހަރު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވި ވާހަކަ ވެސް އޭނާ ވިދާޅުވި އެވެ.

އެ ހިސާބުން ފަށްޓަވައިގެން އޭނާ ވަޑައިގެންނެވީ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް، ވަކިވެ، ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރި ދުވަސްވަރު ކަންހިނގި ގޮތުގެ ވާހަކައަށެވެ.

"އަޅުގަނޑު އުޅުނީ ޑެމޮކްރެޓްސް އަށް ހަމަ ވީހާ އަވަހަކަށް އެކަންތައް ފަހިކޮށްދިނުމަށް، އެހެން ނަމަވެސް ކަމިޝަނުގެ ތެރެއިން އޭރު ނުކުނތް އެއްޗަކުން، ކަމިޝަނުގައި ތިއްބެވި ތިން މެމްބަރަކު ދިމާކުރެއްވީ އަޅުގަނޑު އެތަނުން ނަގައި އެއްލައިލައްވަން،" ފުއާދު ވިދާޅުވި އެވެ.

އެހިސާބަށް ވާހަކަ ގެންދަވާފައި އޭނާ ވިދާޅުވީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ ރެކޯޑް ކުރެވޭ ބައްދަލުވުމެއް ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ

"އެހެންވީމާ ޖެހިލުމެއް ވެސް ނުވޭ މިވާހަކަ ދަންނަވާކަށް، އަޅުގަނޑަށް ހަމަ ކިތަންމެ ގޮތަކުން އެނގިފައިވީ އޭރު އަޅުގަނޑު ބޭރުކޮށްލަން ވެގެން، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުން އެއްލައިލަން ވެގެން މި މަަސައްކަތް ކުރެއްވި ތިން މެމްބަރުންގެ ފަހަތުގައި ތިބީ ވެސް އެމްޑީޕީކަން،" ފުއާދު ވިދާޅުވި އެވެ.

އެމްޑީޕީން އެގޮތަށް ކަންތައް ކުރިކަމަށް ތުހުމަތުކުރައްވަމުން އޭނާ އެމްޑީޕީ ސިފަކުރެއްވީ "ހަށިގަނޑުގެ އެއްބައި" ގެ ގޮތުގަ އެވެ.

ފުއާދަކީ މީގެ ކުރިން އެމްޑީޕީއާއެކީ ސިޔާސީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ފުއާދު އަބަދުވެސް ވިދާޅުވާ އެއް ވާހަކައަކީ އޭނާގެ ސިޔާސީ ފިކުރަކީ ވެސް، މި ފަހުގެ ތާރީހުގައި އެމްޑީޕީން ރާއްޖޭގައި ވަކާލާތު ކުރަން ފެށި އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގެ ފިކުރު ކަމެވެ.

"މިނިވަން މުވައްސަސާއެއްގައި ހުންނައިރު އެއްވެސް ޕާޓީއެއްގައި އަޅުގަނޑަކަށް ނުހުރެވޭނެ. އެކަމަކު އަޅުގަނޑުގެ އެއްކަހަލަހެން އެތެރެހަށި ކޮނެލައިފިއްޔާ ހަމަ އަޅުގަނޑަށް ހީވަނީ އެ ނޫން އެއްޗެއް [އެމްޑީޕީ ފިކުރު ނޫން] ނުފެންނާނެ ހެން، އެ ޕާޓީން އަޑީގައި އޮވެގެން އަޅުގަނޑު އެއްލައިލަން އުޅުނީ،" އެމްޑީޕީއާ އޭނާއާ ފިކުރުގެ ގޮތުން އޮތް އެއްގޮތް ކަން ސިފަކުރައްވަމުން ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ އޭނާގެ ހިދުމަތް ދެއްވުމުގައި އެއްވެސް ބަޔެއްގެ ނުފޫޒުގައި ނުޖެހޭނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ. ނަމަވެސް ހިތާމައަކީ ކޮންމެ ސަރުކާރަކުންނާއި ސިޔާސީ ޕާޓީއަކުން ވެސް ނުފޫޒުގައި ޖެއްސުމަށް މަސައްކަތް ކުރާ ކަން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފުއާދު ވަކިކުރުމާއި، އޭގެ ކުރިން 2013، ގެ ރިޔާސީ އިންތިހާބު "އޮޅުވާލުމުގެ" ތުހުމަތު އޭނާގެ ބޮލުގައި އަޅުވައި ބައެއް ޕާޓީތަކުން ކުރި މަސައްކަތް ފުއާދު މިއަދު ސިފަކުރެއްވީ ބޭއިންސާފެއް ގޮތަށެވެ.

ނަމަވެސް އެއިން ކަމަކާ މެދު މާ ބޮޑު "ހިތްބަރު" ކަމެއް ނުބާއްވައި އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމީ ހިދުމަތަށްކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ސިޔާސީ ޕާޓީއެއް ސަރުކާރު ހިންގަން އޮތަސް އަދި މަޖިލީހުގެ މެޖޯރިޓީގައި އޮތަސް އޭނައަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރެޓްސް ޕާޓީ އުފައްދަން ހުއްދައަށް އެދުނު އިރު ވެސް މަސައްކަތް ކުރެއްވީ، އެ ނިޔަތުގައި، ކޮންމެ ފަރުދުންތަކަކަށް ވިޔަސް ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގު ލިބޭކަން ޔަގީންކޮށްދެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވަރުގެ ކަމެއްގައި އުނދަގޫތަކެއް ކުރިމަތިކުރުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox