މެއިންޒް އިންޓަނޭޝަނަލް ކޮލެޖު (އެމްއައި ކޮލެޖު) އިން ލަންކާގެ އާސިރީ އެކަޑަމީ އޮފް ހެލްތު ސައިންސާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެމްއައި ކޮލެޖުން ބުނީ މި އެމްއޯޔޫއަކީ އެ ކޮލެޖުން ދޭ ސިއްހީ ތައުލީމާއި ތަމްރީންތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ވެވުނު އެއްބަސްވުމެއް ކަމަށާއި، އެއްބަސްވުމާއެކު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ތަފާތު ޕްރޮގްރާމުތައް ހިންގާނެ ކަމަށާއި، ޕްރޮގްރާމްތައް ކުރިޔަށްގެންދާނީ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ބޭނުން ކޮށްގެން ކަމަށް ވެސް އެމްއައި ކޮލެޖުން ބުނެ އެވެ.
އެމްއައިއާއެކު އެމްއޯޔޫގައި ސޮއިކުރި އާސިރީއަކީ ހެލްތުގެ ދާއިރާއިން މަތީ ތައުލީމު ދިނުމަށް ލަންކާގައި މަޝްހޫރު ބައެކެވެ.
އެމްއައި ކޮލެޖުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕަސް ހިންގައި، މަތީ ތައުލީމުގެ ދިނުމުގެ ގޮތުން އެކި ދާއިރާތަކުން ގިނަ ކޯސްތަކެއް ހިންގަމުންނެވެ.













