ރޯދަމަހު ކަރަންޓާއި ފެން ބިލު ބޮޑެއް ނުވާނެ: ރައީސް

ރައީސް ޑރ.މުހައްމަދު މުއިއްޒު ބ.އޭދަފުށީގައި ރޭ ވާހަކަފުޅުދައްކަވަނީ. ރަަސްމީ ދަތުރެއްގެ ނަމުގައި ރައީސް ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިންކުރައްވަމުން. ފޮޓޯ:ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒު ބ.އޭދަފުށީގައި ރޭ ވާހަކަފުޅުދައްކަވަނީ. ރަަސްމީ ދަތުރެއްގެ ނަމުގައި ރައީސް ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިންކުރައްވަމުން. ފޮޓޯ:ރައީސް އޮފީސް

ކުރިއަށް އޮތް ރޯދަމަސްތެރޭގައި ކަރަންޓާއި ފެން ބިލު ބޮޑުނުވާނެ ގޮތަށް "ކެޕް" ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގެ ނަމުގައި މާޅޮސްމަޑުލަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ރޭ ބ.އޭދަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އާއްމުގޮތެއްގައި ރޯދަމަހުގައި ކަރަންޓާއި ފެން ބިލު ބޮޑުވެ އެކަން ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ކަމަށާއި ނަމަވެސް މިފަހަރު އެ ބިލުތައް ބޮޑުނުވާނެ ކަމަށެވެ. އާއްމު މަސްމަހުގައި ގޭބިސީތަކުގެ ބިލަށް އަރާ މިންވަރެއްވުރެ ބޮޑުނުވާނޭގޮތަށް ބިލުކުރުމަށް އެ ހިދުމަށް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އާންމު މަހެއްގަ އެ ހުންނަ ރޭޓްގަ ކެޕް ކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެ، އާންމު މަހެއްގަ ހުންނަ މިންވަރަށް ރޯދަ މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފެނަކައާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއިން އެކަމުގައި ސަރުކާރުން އެދުނުގޮތަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ. ސްޓެލްކޯއިން އަތޮޅުތަކުގައި ފެނުގެ ހިދުމަށްދޭ ރަށްރަށުގެ ގޭބިސީތަކުން ނަގަމުންދާ 30 ރުފިޔާގެ ފީ ވެސް އުވާލަން އެކުންފުނިން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކައުންސިލްތަކުން މިސްކިތްތަކުގެ ކަރަންޓު ބިލް ދައްކާއިރު މިހާރު ނަގާ ގަވަމެންޓް ރޭޓްގެ ބަދަލުގައި ޗާޖް ކުރާނީ ޑޮމެސްޓިކް ރޭޓްގައި ކަމަށާއި އޭރަށް ކަރަންޓު ބިލް ވަރަށް ބޮޑު ތަނުން ހެޔޮ ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިސްކިތްތަކުގެ ކަރަންޓަށް ބިލު ކުރާ ރޭޓު ބަދަލު ކުރަން ނިންމެވިކަން އެމަނިކުފާނު އިއުލާނުކުރެއްވީ މިދިޔަ ހަފްތާގައި ހދ. ކުޅުދުފުށްޓަށް ކުރެއްވި ދަތުރުފުޅުގައެވެ. އެމަނިކުފާނު އޭރު ވިދާޅުވީ ފެނަކަ އާއި ސްޓެލްކޯ އާއި މަޝްވަރާކުރުމަށްފަހު އަންނަ އަންނަ މާޗް މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ބިލުތަށް ޑޮމެސްޓިކް ރޭޓުގައި ބިލު ކުރަން ފަށާނެ ކަމަށެވެ.

މިބަދަލާއެކު ކައުންސިލްތަކުން މިސްކިތްތަކުގެ ކަރަންޓު ބިލަށް ކުރާ ހޭދަ ބޮޑު ތަނުން މަދުވާނެ ކަމަށް ވިދާޅުވި އެވެ.

ރަސްމީ ދަތުރެއްގެ ނަމުގައި ދައުލަތުގެ ހަރަދުގައި ކުރައްވާ ދަތުރުތަކުގައި އެމަނިކުފާނު ގެންދަވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯއްދަވަން ޖަލްސާތަކުގައި ކެމްޕެއިންކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox