ވެލިގާ ހާޑްވެއާގެ ރޯދަ ސޭލްގެ ދަށުން އަގު ހުރި އިނާމުތަކާއެކު، 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ވެލިގާ ހާޑްވެއާ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 100 ރުފިޔާގެ ފިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ރޭވިފައި ވަނީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުންކޮށްގެން ކަމަށާއި، ކޮންމެ ހަފްތާއަކު ނަސީބުވެރިން ހޮވާނެ ކަމަށް ވެލިގާއިން ބުނެ އެވެ.
ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިންނަށް ހުށަހަޅާފައިވާ އިނާމުތައް:
- ސްޓޯން ހޮޓެލްސް ދިއްފުށީގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުން
- ސްޓޯން ހޮޓެލްސް ދިއްފުށިން ރޯދަ ވީއްލުން
- އެކި ފަޑު ފާޑުގެ ޓޫލްސް
- ގިފްޓު ވައުޗާ (ކަނޑައެޅިފައިވާ މުއްދަތުގައި ވެރިލާގެ ކޮންމެ ފިހާރަކުން ވިޔަފާރި ކުރެވޭނެ)
ވެލިގާއިން މާލޭގައި ފަސް ފިހާރައެއް ހިންގަމުން އަންނައިރު، އޭގެ ތެރޭގައި ހާޑްވެއާގެ އިތުރުން ވެލިގާ ބްލަންކް ދެ ފިހާރައެއް އަންނަނީ ހިންގަމުންނެވެ.
މީގެއިތުރުން ވެލިގާއިން ވަނީ ކޯޕަރޭޓް ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ފުޅާކޮށް، އެ ކަސްޓަމަރުންނަށް ސާވިސް ސެންޓަރެއްވެސް ހުޅުވާފަ އެވެ.
މެޓާބޯ ޓޫލްސް ރާއްޖެއަށް ތައާރަފްކޮށް ވިއްކަމުން ގެންދާ ވެލިގާއިން އަންނަނީ މަޝްހޫރު ގިނަ ބްރޭންޑުތަކުގެ އުފެއްދުންތައް ވިއްކަމުންނެވެ. އަދި ވިއްކާ އުފެއްދުންތައް ވެލިގާއިން އަންނަނީ ސާވިސްވެސް ކޮށްދެމުންނެވެ.










