ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި ފުރަތަމަ ހާފްތާގެ ތިން ނަސީބުވެރި ފަރާތް ހޮވައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްތަކުގައި ހުޅުމާލެ ރެހެންދި ޓާފުގައި ހުންނަ ޓެންޓުން އުރީދޫގެ ހިދުމަތެއް ނަގައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ އެވެ.
ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަހްމަދު ސާއިން އިސްމާއިލް ޝިޔާމަށް 203 ލީޓަރުގެ ފުރިޖެއް ލިބުނުއިރު، ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް އަވަނެއް ވަނީ ލިބިފަ އެވެ. އަދި ތިން ވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަބްދުﷲ ނާސިރަށް ލިބުނީ ސޯފާއެކެވެ.
އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް، މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގައި އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، އެއީ ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ.











