ރޯދަ މަހު އިންތިހާބު ނުބާއްވާ ބިލު ތަސްދީގުކުރުން މާ ބޮޑަށް ލަސްކުރާނަމަ ކޯޓަށް ދާނަން: އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތަރުޖަމާނު އީސަ: ރޯދަ މަހު އިންތިހާބު ނުބާއްވާ ބިލު ތަސްދީގު ކުރުމަކީ އިހުތިޔާރެއް ނޫން ކަމަށް ބުނެފި - ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތަރުޖަމާނު އީސަ: ރޯދަ މަހު އިންތިހާބު ނުބާއްވާ ބިލު ތަސްދީގު ކުރުމަކީ އިހުތިޔާރެއް ނޫން ކަމަށް ބުނެފި - ފޮޓޯ: އަދަދު ފައިލް

ރޯދަ މަހު އިންތިހާބުތައް ނުބާއްވާ ގޮތަށް އިންތިހާބުތަކުގެ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކުރުމަކީ މިހާރު ރައީސަށް އޮތް އިހުތިޔާރެއް ނޫން ކަމަށާއި ބިލު ގާނޫނެއްގެ ގޮތުގައި ޝާއިއު ކުރުން މާ ބޮޑަށް ލަސްކުރަން އުޅޭ ހާލަތުގައި ޝަރީއަތަށް ދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވޯޓުން އެ ބިލު ފުރަތަމަ ފަހަރު ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ބިލު މަޖިލީހަށް ފޮނުވާލި އެވެ. މަޖިލީހުން ދެވަނަ ފަހަރަށް އިއްޔެ އެ ބިލު ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ.

ނަމަވެސް މަޖިލީހުގެ ޖުމުލަ ގުނާނީ މި ވަގުތު ތިބި 80 މެންބަރުންގެ ތެރެއިން ކަމަށް ނިންމީ ގާނޫނު އަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމި އެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމުގެ ސަބަބުން، ބިލު ފާސްކުރީ ގާނޫނު އަސާސީއާ އެއް ގޮތަށްތޯ ރައީސް ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފެއްދެވި އެވެ. އެ ކަމުގައި ބަންޑާރަ ނައިބުގެ ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ކަނޑައެޅި ތަރުޖަމާނު، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން އެ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ތަސްދީގު ކުރުމަކީ މިހާރު ރައީސަށް އޮތް އިހުތިޔާރެއް ނޫން ކަމަށެވެ.

އީސަ އިޝާރާތް ކުރެއްވީ ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ށ. އަށެވެ. އޭގައި ބުނަނީ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާން ވާނެ" ކަމަށެވެ.

އީސަ ވިދާޅުވީ ބިލު ފާސްކުރީ ޖުމުލަ މެންބަރުންނަކީ 87 ކަމަށް ބެލި ނަމަވެސް ގާނޫނު އަސާސީގައި ބަޔާން ކުރާ ގޮތުގެ މަތިން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. އަދި މީގެ ކުރިން އެފަދަ ހާލަތުގައި ފާސްކުރާ ބިލެއް ވަގުތުން ތަސްދީގު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހުކުމެއް ވެސް އެބަ އޮތެވެ.

"މި ވަގުތު ދާން ޖެހޭ ހާލަތެއް އޮތް ކަމަކަށް ނެތޭ ދެންނެވެނީ ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް މިހާރު ވެސް އެބަ އޮތް، ތަސްދީގު ކުރަން ޖެހޭނެ ކަމަށް، އެހެންވިޔަސް ދާން ޖެހޭ ހާލަތެއްގައި، ބިލު ތަސްދީގު ކުރަން ދެކޮޅު ހަދާ ފަދަ ހާލަތެއްގައި، ކޯޓަށް ދާން ޖެހެއްޖެއްޔާ ކޯޓަށް ވެސް ދާނަން،" އީސަ ވިދާޅުވި އެވެ.

މި އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އިންތިހާބުތަކުގެ އާންމު ގާނޫނަށް މަޖިލީހުން ބަދަލެއް ގެނައީ މަޖިލިސް އިންތިހާބު ރޯދަ މަހަށް ވުރެ ފަސް ކުރުމުގެ ވިސްނުމުގަ އެވެ.

މަޖިލީހުން ފާސްކުރި ބިލުގައި ވަނީ ރޯދަ މަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރި ނަމަ މަޖިލިސް އިންތިހާބު ދެން ބާއްވަން ޖެހޭނީ އޭޕްރިލް 20، ވަނަ ދުވަހަށް ފަހުގެ ތާރީހެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox