ފެކްޓް ޗެކް: ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް އަޒާން ބުނި

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު

ރާއްޖޭގައި މަރުކަޒުވެގެން އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ އަހުމަދު އަޒާން ބުނެފައިވާކަން އޭނާގެ އެކްސް ޕޯސްޓުތަކުން އެނގިއްޖެ އެވެ.

ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް އަޒާން އަދި އޭނާގެ ހިއްސާ އޮންނަ ދިޔަރެސް ނޫހުން ބުނެފައިވާކަމަށް ބުނެ އޭނާއާ އާއްމުންގެ މީހަކު ސުވާލުކުރީ، ކެމްޕޭން އިވެންޓެއްގެ ގޮތުގައި ރޭ ކުރިއަށް ގެންދިޔަ އިވެންޓެއްގަ އެވެ.

"ސިފައިންގެ ވާހަކަ ދޯ. އެއީ ވެސް ވަރަށް ދިގު ވާހަކައެއް. ފުރަތަމަ ކަމަކަށް ދިވެހިރާއްޖޭގައި އިންޑިއާގެ 2000 ސިފައިން އެބަތިއްބޭ، އަހަރެން ބުންޏޭ، ދުވަހަކު ވެސް އަހަރުން ދެއްކި ވާހަކައެއް ނޫން. ދުވަހަކު ވެސް އެއްވެސް ތަނަކު އަހަރެއް ދެއްކި ވާހަކައެއް ނޫން. ފޭސްބުކްގައި ވިޔަސް، ޓްވިޓާގައި ވެސް، ފަބްލިކް ފޯރަމެއްގައި ވިޔަސް އަހަރެން ދެއްކި ވާހަކައެއް ނޫން،" އައްޑޫ ބަހުން ޖަވާބު ދެމުން އަޒާން ބުންޏެވެ.

އޭގެ އިތުރުން އޭނާ ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް އެދި 2020 ގައި ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ނުދިން ކަމަށާއި އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ކޯޓަށް ވެސް ގެންދިޔަ ކަމަށެވެ.

އަޒާން މިފަދައިން ބުނި ނަމަވެސް، މިހާރު އެޑިޓުކޮށްފައިވާ ދިޔަރެސް ނޫހުގެ ހަބަރެއްގައި "މުޅި އެކު 2000 އާއި ގާތްކުރާ އަދަދަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އިރު" މިފަދައިން ޖަހާ މެއި 3، 2023 ގައި ޝާއިޢު ކޮށްފައިވެ އެވެ. މިހާރު އެ ހަބަރުން އެބައި އުނި ކުރި ނަމަވެސް ކުރީގެ ތާރީހުތަކުގައި ވެބްސައިޓުތަކުގެ މައުލޫމާތު ފެންނަ ވޭބެކް މެޝިން އިން އެ ހަބަރުގެ އަސްލު އަދިވެސް ފެނެ އެވެ.

އަޒާންއަކީ ދިޔަރެސްގެ އެއް ބާނީ އެވެ.

މި ހަބަރު ދިޔަރެސްގެ އެކްސް އެކައުންޓުން ޕޯސްޓު ކުރުމުން އެ ޕޯސްޓު ހިއްސާކޮށް، އެ ދުވަހުގެ ރޭ 11:16 ގައި އަޒާންގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ "ރާއްޖޭގައި އިތުރު ސިފައިން ބޭތިއްބުމަށް އިންޑިއާއިން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ދިޔަރެސްގެ ދިވެހި ވެބްސައިޓުން މި ހަބަރު އެޑިޓު ކުރި ނަމަވެސް އެ ނޫހުގެ އިނގިރޭސި އެޑިޝަނުގައި އޮތް އެ ހަބަރުގެ އިނގިރޭސި ވާޝަން އަދިވެސް އެޑިކޮށްފައި ނުވާއިރު އެ ހަބަރުގައި އަދިވެސް ރާއްޖޭގައި މަދުވެގެން 2000 އިންޑިއާ ސިފައިން ތިބި ކަމަށް ބުނެފައި އެބަ އޮތެވެ.

މީގެ އިތުރުން، އަޒާން ވަނީ އޭނާގެ އެކްސް އެކައުންޓުން ކުރި އިތުރު ޕޯސްޓެއްގައި ވެސް ރާއްޖޭގައި 'އެތައް ހާސް' އިންޑިއާ ސިފައިން ތިބި ކަމަށް އޭނާ ބުނެފައިވެ އެވެ. ޖުލައި 27، 2023 ގެ ރޭ 10:22 ގައި ކުރި އެ ޕޯސްޓަކީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ކުރެއްވި ޕޯސްޓަކަށް ރައްދު ދީ ކުރި ޕޯސްޓެކެވެ.

"[ރާއްޖެއާ އިންޑިއާގެ] ގުޅުން ގާތް ކަމުން އިންޑިއާއިން ރާއްޖޭގައި އެތައް ހާސް ސިފައިން ބައިތިއްބާފަ ތިބީ" އެ ޕޯސްޓުގައި އަޒާން ލިޔެފައިވެ އެވެ.

ނޫސްވެރިއެއްގެ އިތުރުން އަޒާން ފާހަގަވެގެންދިޔައީ ރާއްޖޭގައި އިންޑިއާއާ ދެކޮޅަށް ހިންގާ އިންޑިއާ އައުޓު ކެމްޕޭނުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތެކެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އެންމެ ފުރަތަމަ މި ސަރުކާރުން ހާމަކުރީ ނޮވެމްބަރު 19، 2023 ގަ އެވެ. އެ ދުވަހު ރައީސް އޮފީހުން ބުނީ ރާއްޖޭގައި ތިބީ ޖުމްލަ 77 ސިފައިން ކަމަށާއި އެއީ ހެލިކަޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިންގެ އިތުރުން އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެ ސިފައިންނެވެ.

އެ ނަމްބަރު ފަހުން ވަނީ 89 އަކަށް އިތުރުވެފަ އެވެ. ނަމަވެސް އިތުރުވީ ކޮން މަސައްކަތެއްގައި ތިބި ސިފައިންނެއް ކަމެއް ދިވެހި ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އިތުރުވި ސިފައިންނަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާގެ މިލިޓަރީ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox