އަނިޔާވެރިކަމަށް ދާން ސަރުކާރަށް ނުކެރެނީ މި ވަގުތު އެމްޑީޕީގެ ބާރު މަޖިލީހުގައި އޮތުމުން: ފައްޔާޒު

އެމްޑީޕީގެ މަޖިލިސް އިންތިހާބު ކެމްޕެއިން ލޯންޗު ކުރުމުގެ އިވެންޓުގައި ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީގެ މަޖިލިސް އިންތިހާބު ކެމްޕެއިން ލޯންޗު ކުރުމުގެ އިވެންޓުގައި ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަނިޔާވެރިކަން އިސްނުކުރެވެނީ، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތުމުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން 2013 އިން 2018 އަށް، ވެރިކަން ހިންގެވި ގޮތް ބައެއް އާންމުންގެ ހަނދާނުގައި މިއަދު ނެތް ކަމަށެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެ ކަން ހަނދާނުން ފުހޮވިގެން ދިޔައީ 2018، ގެ ފަހުން އެ ޕާޓީގެ ސަރުކާރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހައްގުތައް ކަށަވަރުކޮށްދީ އަމާން މާހައުލެއް ގައުމުގައި ގާއިމުކުރެވުމުން ކުރީގެ ހަނދާންތައް ވަގުތުކޮޅަކަށް ފުހޮވިގެން ދިޔުމުން ކަމަށެވެ.

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިނގި ބައެއް ކަންކަން ފައްޔާޒު ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ޓީވީ ސްޓޭޝަންތައް ޖޫރިމަނާ ކުރުމާއި، އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލުމާއި، އެހެން ސިޔާސީ މީހުނާއި ބައެއް ފަނޑިޔާރުން ޖަލަށް ލުން ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރުގައި ވެސް އޭގެ ސިފަތައް ފެންނަ ކަމަށް ފައްޔާޒު ތުހުމަތު ކުރި އެވެ. އޭގެ އިތުރަށް ދިވެހި އިގުތިސޯދު މި ސަރުކާރަށް މެނޭޖު ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިގުތިސޯދު ކުރިއަށް ގެންދެވޭނޭ، ދަރަނި ދެއްކޭނޭ، ބުނެ ވެރިކަމަށް އައީ، އެކަމަކު މިއަދު ނާގާބިލު ކަމުގައި ރާއްޖޭގެ އިގުތިސޯދު ހީނަރުވެގެންދާ ތަން ފެންނަނީ،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ ކުރިން މަޖިލީސް މެންބަރަކަށް ވެސް އުޅުއްވި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ ހިމާޔަތްކޮށް ސަލާމަތުގައި ދެން ވެސް ތިބެވޭނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއް އޮވެގެން ކަމަށެވެ.

"އެމްޑީޕީގެ މެޖޯރިޓީ [ރައްޔިތުންގެ މަޖިލީހުގައި] އޮތަތީވެ މިއަދު ވެސް އަނިޔާވެރިކަމަށް ދާން ނުކުރިގެން އެ އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭން މި ފަހުގެ ތާރީހުގައި ދިވެހިންނަށް ލިބުނު އިގުތިސޯދީ އަދި އިޖުތިމާއީ ކޮންމެ ކުރިއެރުމެއްގެ ފަހަތުގައި ވެސް ވަނީ އެމްޑީޕީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ތައާރަފުކުރި ޓެކްސްގެ ނިޒާމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ އިތުރުން ދެވަނަ ސަރުކާރުގައި އަތޮޅުތެރޭގެ ރަށްރަށުގައި ހިންގި މަޝްރޫއުތަކާއި ހިލޭ ޑިގްރީ އާއި، ކޮވިޑް-19 ގެ ހާލަތު މެނޭޖު ކުރި ގޮތް އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox