ދިރާގުގެ އެންމެ ފަހުގެ އީސްޕޯޓްސް އިވެންޓް، ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ތިން ދުވަހުގެ ފިޒިކަލް އިވެންޓެއްގެ ގޮތުގައި ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި މި މުބާރާތް 500 އަށްވުރެ ގިނަ ގޭމަރުން ބައިވެރިވެފައިވާއިރު، ސަޕޯޓަރުންނާއި އާންމުންވެސް މެޗުތައް ވަގުތުން ބަލާލުމަށް ވަނީ އައިސްފަ އެވެ.
ޖުމްލަ 40،000 ރުފިޔާގެ ޕަރައިޒް ޕޫލެއް ހިމެނޭ މި އިވެންޓުގެ ތެރެއިން އީއޭއެފްސީ 24 ގެ އިތުރުން ޓެކްކެން އޯޕަން މުބާރާތަކާއި އީއޭއެފްސީ ޑުއޯސް އަދި މޯޓަލް ކޮމްބަޓް ޗެލެންޖްތައްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އީއޭއެފްސީ 24 މިނީ ސީރީޒް 1 މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާ އެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދިޔަ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ.

ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1 ކާމިޔާބުކަމާއެކު ނިންމާލުން -- ފޮޓޯ: ދިރާގު
ދިރާގުން ބުނީ މި އިވެންޓުން ގޭމަރުންގެ ހުނަރާއި ގާބިލުކަން ކުރިއެރުވުމަށާއި، އެކި އެކި ގޭމިން ކޮމިއުނިޓީތައް އާންމުންނަށް އިތުރަށް އުނގެނުމަށް މިފަދަ މުބާރާތްތަކުގެ މުހިންމުކަން ގިނަ ގޭމަރުން ވަނީ ފާހަގަކޮށްފައި ކަމަށެވެ.
ވަރުގަދަ މެޗުތަކަކަށް ފަހު ދިރާގު އީއޭއެފްސީ މިޏި ސީރީޒް 1 ގެ ޗެމްޕިއަންކަން ޓީމް ޔުނިފައިޑް ނިއު ޖެނެރޭޝަންއިން ނަގާފައިވާއިރު، ދެވަނައަށް ގޮސްފައި ވަނީ ޓީމް ޕީއެންޑީއެކްސްއެމްއެލް އެވެ. އަދި ތިން ވަނަ ހޯދާފައިވަނީ ޓީމް ޔުނިފައިޑް ސްޕޯޓްސް ކްލަބްއެވެ.
މީގެއިތުރުން ޓެކްކެން އޯޕަން ޓޯނަމަންޓްގެ ޗެމްޕިއަންކަން މުހައްމަދު އަޝްވާން ހޯދާފައިވާއިރު، ދެވަނަ ނަގާފައިވަނީ އަހްމަދު ތާބިޝް އެވެ.
ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.











