ފުޓްސަލް އާއި ނެޓްބޯޅަ ކޮމްޕްލެކްސް އަޅަން ބިން ހަވާލުކޮށްފި

Feb 25, 2024, 5:14 AM
ފުޓްސަލް އާއި ނެޓްބޯލް ކޮމްޕްލެކްސް އެޅުމަށް ހުޅުމާލެ އިން ހަމަޖައްސައިދޭ ބިން ހަވާލުކުރުމަށް އިއްޔެ ބޭއްވި އިވެންޓްގެ ތެެރެއިން.-- ފޮޓޯ: ސްޕޯޓްސް މިިނިސްޓްރީ

ފުޓްސަލް އާއި ނެޓްބޯލް ކޮމްޕްލެކްސް އެޅުމަށް ހުޅުމާލެ އިން ހަމަޖައްސައިދޭ ބިން ހަވާލުކުރުމަށް އިއްޔެ ބޭއްވި އިވެންޓްގެ ތެެރެއިން.-- ފޮޓޯ: ސްޕޯޓްސް މިިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް، (ހަފްތާ 14)ގެ ތެރޭގައި ގާއިމްކުރަން މަަސައްކަތް ފަށަން ހަމަޖެހިފައިވާ ފުޓްސަލް ކޮމްޕްލެކްސް އާއި ނެޓްބޯޅަ ކޮމްޕްލެސް އެޅުމުގެ ބިން ރަސްމީކޮށް ހަވާލުކޮށްފި އެެވެ.

ފުޓްސަލް ކޮމްޕްލެކްސް އަޅަނީ ހުޅުމާލެ ފޭސް 2 ގަ އެވެ. އަދި ނެޓްބޯޅަ ކޮމްޕްލެކްސް އަޅަނީ ފޭސް 1 ގަ އެވެ. މީގެ އިން ކޮންމެ ކޮމްޕްލެކްސް އަކީ ވެސް ފަސް ދަނޑު ހިމެނޭ ގޮތަށް އަޅާ ތަންތަނެވެ. މިއީ މި ގޮތަށް، ރާއްޖޭގައި، ކުޅިވަރުގެ އިންފްރާސްޓްރަކްޗާއެއް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.

ނެޓްބޯޅަ އާއި ފުޓްސަލް ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރަން، ސްޕޯޓްސް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު، ޢަބްދުﷲ ރާފިއު (ރާއްޕެ) އާއި ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އެވެ.

ފުޓްސަލް އިންޑޯ އެޅުމަށް ހަމަޖައްސައިދިން ބިން:

މި އިވެންޓްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ރާފިއު ވިދާޅުވީ، މި ގާއިމްކުރެވޭ ކުޅިވަރުގެ ހާއްސަ ދެ އިންފްރާސްޓްރަކްޗާއާ އެކު، އިންގިލާބީ ބަދަލެއް ފެނިގެންދާނެ ކަމަށެވެ. އަދި މި ފަދަ، ބޮޑެތި ކަންކަން ސަރުކާރުން ކުޅިވަރަށް ކޮށްދޭތީ، އެ ކަމުން ދޭހަވަނީ، ކުޅިވަރަށް ސަރުކާރުން ގެންގުޅޭ ހާއްސަ ސިޔާސަތު ކަމަށް ރާފިއު ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ވިދާޅުވީ، ސަރުކާރުން ޒުވާނުންނަށްޓަކައި، ކޮށްދޭ މުހިންމު ކަންކަމުގައި އެޗްޑީސީގެ ފަރާތުން ވެސް ދެވުނު ހުރިހާ އެއްބާރުލުމެއް ދެމުން ގެންދާނެ ކަަމަށެވެ.

ނިމިދިޔަ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ދައުރު ނިމުމުގެ ކުރިން، ފުޓްސަލް އިންޑޯ އެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ދައުރު ނިމުމުގެ ކުރިން، އެ މަސައްކަތް ފެށި ކަމުގެ އަމަލީ ކަމެއް ފެނިގެން ގޮސްފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox