އިންޑިއާގައި ސީއޭއާރް-ޓީ ސެލް ތެރަޕީ ދިން މީހަކު ކެންސަރުން ސަލާމަތްވެއްޖެ

އިންޑިއާގައި ސީއޭއާރް-ޓީ ސެލް ތެރަޕީ ދިން މީހަކު ކެންސަރުން ސަލާމަތްވެއްޖެ

އިންޑިއާގައި ސީއޭއާރް-ޓީ ސެލް ތެރަޕީ ދިން މީހަކު ކެންސަރުން ސަލާމަތްވެފައިވާކަން އިއުލާންކޮށްފި އެވެ.

ސީއޭއާރް-ޓީ ސެލް ތެރަޕީގެ ދަށުން ކެންސަރާ ދެކޮޅަށް ބަލި މީހާގެ ދިފާއީ ނިޒާމު ޖެނެޓިކަލީ ރީޕްރޮގްރާމް ކުރެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ މި ތެރަޕީ ބޭނުންކޮށްގެން ކެންސަރު ބަލިން ސަލާމަތްވެފައި ވަނީ އިންޑިއާގެ އަސްކަރިއްޔާގައި 28 އަހަރު ތަޖުރިބާ ލިބިފައިވާ މެޑިކަލް ޑޮކްޓަރެއް ކަމުގައިވާ ވީކޭ ގުޕްތާ ކަމަށެވެ.

އިންޑިއާގައި މި ފަރުވާގެ އަގަކީ 50،000 ޑޮލަރެވެ. އެހެން ގައުމަކުން ނަމަ 480،000 ޑޮލަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑރ.ވީކޭ ގުޕްތާ މި ތެރަޕީ ހަދާފައި ވަނީ ޓާޓާ މެމޯރިއަލް ހޮސްޕިޓަލުންނެވެ. އޭނާ މި ވަގުތު ކެންސަރުން ސަލާމަތްވެފައި ވާއިރު، މިއީ އިންޑިއާގައި މި ތެރަޕީ ދީގެން މިހާތަނަށް ކެންސަރުން ސަލާމަތްވި ފުރަތަމަ މީހާ އެވެ.

"ޑރ.ގުޕްތާ މިވަގުތު ހުރީ ކެންސަރު ބަލިން އެއްކޮށް ސަލާމަތްވެފައި" އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ތެރަޕީ ކުރިޔަށްދިޔަ ޑޮކްޓަރު ބުންޏެވެ.

އިންޑިއާގެ ޑޮކްޓަރުން ބުނާ ގޮތުގައި މި ތެރަޕީއަކީ ކެންސަރު ބަލިން ސަލާމަތްވުމަށް ރަނގަޅު ތެރަޕީއެއް ކަމަށް އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ކަމަށާއި، ނަމަވެސް މި ތެރަޕީ އެންމެ ރަނގަޅީ ކެންސަރުގެ އެންމެ ކުރީގެ ސްޓޭޖުތަކަށް ކަމަށެވެ.

މި ތެރަޕީ އިންޑިއާގައި ދޭން ފަށާފައި ވަނީ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ބޮމްބޭ އަދި ޓާޓާ ހޮސްޕިޓަލް ގުޅިގެން ކަމަށް ވާއިރު، މިއީ ބީ ސެލް ކެންސަރަށް ހާއްސަ ތެރަޕީއެކެވެ.

މި ތެރަޕީ އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 30، އެވެ. އަދި މިހާރު ތެރަޕީ އިންޑިއާގެ 10 ސިޓީއެއްގެ 30 ހޮސްޕިޓަލުން އަންނަނީ ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox