މި އަހަރުގެ ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކު އުފައްދާނެ: ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: މި ސަރުކާރުން ގެންނަ ތަރައްގީން އިގުތިސޯދަށް ދާއިމީ ފައިދާވާނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ސަރުކާރުން ބުނޭ --

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: މި ސަރުކާރުން ގެންނަ ތަރައްގީން އިގުތިސޯދަށް ދާއިމީ ފައިދާވާނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ސަރުކާރުން ބުނޭ --

އިގުތިސޯދީ ތަރައްގީގެ މަޝްރޫއުތަކަށް ދިގު މުއްދަތުން އަނބުރާ ދަައްކާ ގޮތަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދޭ ޑިވެލޮޕްމަންޓް ބޭންކު މި އަހަރުތެރޭ ރާއްޖޭގައި އުފައްދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑިވެލޮޕްމަންޓް ބޭންކުތަކުން އާންމުކޮށް ލޯނާއި ގްރާންޓާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ ސަރުކާރުގެ އިދާރާތަކަށާއި އަމިއްލަ ވިޔަފާރިތަކަށާއި އިންފްރާސްޓްރަކްޗާ އާއި ދަނޑުވެރިކަމާއި ތައުލީމާއި ސިއްހީ ފަރުވާ އަދި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގައެއް ނެތް ކަމަށް ރައީސް ވިދާޅުވަމުން ދާ ކަމަށެވެ. އެހެންކަމުން ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"ރައީސް އެދިވަޑައިގަތުމަށް ޔަގީންކަން މި އަރުވަނީ އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކެއް ގާއިމުވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މި ބޭންކާއެކު ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ އެވެ. އަދި މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށްވާ ހައުސިން ފައިނޭންސްއާ ގުޅޭ މަސައްކަތް ވެސް ބާރަށް ކުރިއަށްދާން މެދުވެރިއަކަށް އެ ބޭންކު ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމާ ގުޅޭ އެ ވައުދުތަކުގެ ތެރޭގައި ފަސް ޕަސެންޓް އިންޓަރެސްޓުގައި ލުއި ލޯނު ތައާރަފުކުރުމާއި ބޯހިޔާވަހިކަމަށް ހާއްސަ "ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް" އެއް ގާއިމުކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox