މެޖިސްޓްރޭޓު ކޯޓުތަކަށް 7 ފަނޑިޔާރަކު އައްޔަނުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޖުޑީޝަލް ސާވިސް ކޮމިޝަން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މެޖިސްޓްރޭޓު ކޯޓުތަކަށް ހަތް ފަނޑިޔާރަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީގެ ނިންމުން

  1. ނ. ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ނ.ކުޑަފަރި، ކުރެއިމާ، އަބާން ޢަބްދުﷲ.
  2. ރ. އުނގޫފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް އެ ރަށު، ވީލްޑެން، ރިމާހު މުހައްމަދު
  3. ޅ.ހިންނަވަރު ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ޅ.ނައިފަރު، އަތަ، އުސްރަތު މުހައްމަދު
  4. އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ފ.ބިލެތްދޫ، ބަސީރީހިޔާ، ޖައިލަމް ތައުފީގު
  5. ކ. ދިއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް މާލެ ދަފްތަރު 14060، މަނާފް އިބްރާހީމް
  6. ދ. މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ފ.ނިލަންދޫ، އުނިމާގެ، މޫސާ އިސްމާއީލް
  7. ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓަކަށް އައްޔަނު ކުރެވުނު ސ.ހިތަދޫ، ދުބުހިމާގެ، ނަހުޝާ ރަޝީދު

މިދިޔަ ޑިސެމްބަރު މަހު ކުރި އިއުލާނުގެ ދަށުން މި ފަނޑިޔާރުން އައްޔަން ކުރީ ޖޭއެސްސީއަށް ލަފާދޭ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު އެ ކޮމިޓީގެ ލަފައާއެކު އެވެ. ފަނޑިޔާރުން އައްޔަން ޖޭއެސްސީން ނިންމީ ބުދަ ދުވަހު އެވެ.

      ކޮމެންޓް

      ފަހުގެ ޚަބަރު

      ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

      ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

      އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

      މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

      ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

      ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

      އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

      މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

      އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

      އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

      ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

      އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

      އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

      ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

      Newsletter

      Get the latest news delivered straight to your inbox