އިންތިހާބު ފަސްކުރާ ބިލް އަވަހަށް ތަސްދީގުކުރަން އެމްޑީޕީއިން ގޮވާލައިފި

އެމްޑީޕީގެ ޗެއާމަން ފައްޔާޒް: ފައްޔާޒު ވިދާޅުވީ މި ބިިލު ވަގުތުން ތަސްދީގުކުރަން ޖެހޭކަަމަށް -- ފޮޓޯ: އިޔާން/އަދަދު

އެމްޑީޕީގެ ޗެއާމަން ފައްޔާޒް: ފައްޔާޒު ވިދާޅުވީ މި ބިިލު ވަގުތުން ތަސްދީގުކުރަން ޖެހޭކަަމަށް -- ފޮޓޯ: އިޔާން/އަދަދު

ރޯދަމަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް ފާސްކުރި ބިލު ތަސްދީގުކުރުން އަވަސްކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.

ސޯޝަލްމީޑިއާ އެކްސްގައި ލިއުއްވި ލިއުމެއްގައި ވިދާޅުވީ، އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލު ވަގުތުން ތަސްދީގުކުރަން ޖެހޭ ކަމަށެވެ.

"އިންތިހާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެން. ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިހާބު ރަމަޟާންމަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ހައްގުގެ ބޭނުންކުރުމަށް." ފައްޔާޒުގެ ޓްވީޓުގައި ވިދާޅުވެ އެވެ.

ރޯދަ މަހުގެ ތެރޭގައި އިންތިހާބުތައް ނުބޭއްވޭ ގޮތަށް ފާސްކުރި ބިލު ދިރާސާ ކުރުމުގެ މަރުހަލާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކުރުމުން އީސީގެ ނައިބު އިސްމާއީލް ހަބީވު ވިދާޅުވީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވައިފިނަމަ, ވޯޓު ގުނުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކޮށް, އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޭޕްރީލް 28 ވަނަ ދުވަހާ ހަމައަށް އިންތިހާބުގެ ހުރިހާ ކަމެއް ނިމި, އަންގަން ޖެހޭ މުއައްސަސާތަކަށް އަންގާފައި އޮންނަންޖެހޭ ކަމަށެވެ. އެހެންކަމުން އޭޕްރީލް 21 ގައި އިންތިހާބު ބާއްވައިފިނަމަ ވޯޓު ގުނުމަށް ލިބެނީ ހަ ދުވަހުގެ މުއްދަތު ކަމަށެވެ.

ގާނޫނު އަސާސީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އައު މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް ނިންމަން ޖެހޭ ކަަމަށެވެ. އެ ގާނޫނަށް ރިއާއަތްކޮށް ހަބީބް ވިދާޅުވީ އިންތިހާބު ފަސް ކުރާނަމަ، އިންތިހާބަށްފަހު ކަމެއް ހިނގައިފި ހާލަތެއްގައި އެކަން ހައްލު ކުރުމަށް ކޮންމެވެސް ވަރެއްގެ މުއްދަތެއް ލިބިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި ބިލު ތަސްދީގުކޮށް ގާނޫނަކަށް ވުމުން ، އަންނަ ރޯދަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ފަސްކުރަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް އިން ކަނޑައަޅާފައިވާ ތާރީހަކީ މާޗު 17 އެވެ. އެއީ ރޯދަމަހުގެ ހަތްވަނަ ދުވަހެވެ. ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވައިފިނަމަ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވެދާނެ ކަމުގެ ކަންބޮޑުވުން ޕާޓީތަކުންނާއި އާންމު ފަރުދުން ވަނީ ފާޅުކޮށްފަ އެވެ.

ރޯދަ މަހުގެ ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނެސްފިނަމަ އެކަން ކުރުމަށް ތައްޔާރަށް ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވެ އެވެ. އަދި ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވާނަމަ، ވޯޓު ލާން ނުކުންނަ މީހުންގެ އަދަދުވެސް ގިނަ ވާނެ ކަމަށް އެ ކޮމިޝަނުން ލަފާ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox