ކޯޗުންގެ އާ ޖީލުގައި އަލޮންސޯގެ ވިދުން ގަދަވާނެ: ކްލޮޕް

Feb 17, 2024, 7:59 AM
ކޯޗުންގެ އާ ޖީލުގައި އަލޮންސޯގެ ވިދުން ގަދަވާނެ: ކްލޮޕް

ލިވަޕޫލް (ފެބްރުއަރީ 17) - މިހާރު ފެންނަ ކޯޗުންގެ އާ ޖީލުގައި އެންމެ ތަފާތު ދައްކާނެ އެއް ފަރާތަކީ، ބަޔާ ލެވަކޫސަންގައި ތަފާތު މަސައްކަތެއް ކުރަމުން އަންނަ ކޯޗު ޒަބީ އަލޮންސޯ ކަމަށް ލިވަޕޫލްގެ ކޯޗު، ޔާގަން ކްލޮޕް ބުނެފި އެވެ.

މި ސީޒަނަށް ފަހު، ލިވަޕޫލް ދޫކޮށްލަން ކްލޮޕް ވަނީ ނިންމައިފަ އެވެ. ދެން، ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާނީ އަލޮންސޯ ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ. އެ އަށް އިޝާރާތްކޮށް ކްލޮޕަށް އަމާޒުވި ސުވާލުތަކުގައި، އޭނާ ވަނީ އަލޮންސޯ އަށް ތައުރީފުކޮށްފަ އެވެ.

ކްލޮޕް ބުނީ، އަލޮންސޯ ކުރަމުން އަންނަ ރަނގަޅު މަސައްކަތުގެ ސަބަބުން އޭނާ އެކި ޓީމުތަކާ ހަވާލުވާނެ ވާހަކަ މީޑިއާގައި ދެކެވޭނެ ކަމަށެވެ. އެކަމަކު، މީގެ އަށް ހަފްތާ ކުރިން، އަލޮންސޯ އާއި ލިވަޕޫލްގެ ވާހަކަ ދެކެވޭ ނަމަ އެއިން ލިބޭނީ ހައިރާންކަން ކަމަށް ކްލޮޕް ބުނެފައިވެ އެވެ.

"އަހަރެން އަބަދުވެސް ބުނަން، ކޯޗުންގެ ތެރެއިން ގިނަ ދުވަސްވީ ޑައިނަަސޯސްތައް. ތި މީހުންގެ ނަޒަރުގައި، އަންޗެލޮޓީ، ގާޑިއޯލާ، މޮރީނިއޯ، ދެން ފަހަރެއްގައި އަހަރެން، ކުރިއަށް އޮތްތަނުގައި މާ ގިނަ އަހަރުތަކެއް މި ކަމުގައި ނުފެނިދާނެ، ފަަަހަރެއްގައި މޮރީނިއޯ ފެނިދާނެ. އެކަމަކު، ޔަގީން 20 އަހަރު މި އެންމެންނެއް ނުފެންނާނެ. އެހެން ނަމަވެސް. އަލޮންސޯ ފެންނާނެ. އޭނާ އަކީ ކޯޗުންގެ މި އަންނަ ޖީލުގައި، ތަފާތު ވާނެ ފަރާތެއް،" ކްލޮޕް ބުންޏެވެ.

އަލޮންސޯ އަކީ ދުނިޔޭގެ ފެންވަރު ކުޅުންތެރިއެއް ކަމަށް ވުމުން، ކޯޗިން ކެރިއަރުގައި ކުރިއަށްދާން ކަންކަން އެނގޭނެ ކަމަށާއި އަނެއްކޮޅުން، ބަލާއިރު، އަލޮންސޯގެ އާއިލާގައި ވެސް ކޯޗިންގައި މަސައްކަތްކުރި ފަރާތްތައް ހިމެނޭތީ އެއީ ވެސް ފަސޭހަތަކެއް ހުންނާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

މި ސީޒަނުގައި، އަލޮންސޯ، ކޯޗުކޮށްދެމުން އަންނަ ލެވަކޫސަން އަދި މެޗަކުން ބަލިނުވެ އެވެ. ކްލޮޕް ބުނީ އެއީ އާދައިގެ މަސައްކަތެއް ނޫން ކަމަށެވެ.

ލެވަކޫސަނުން ވަނީ އަލޮންސޯ މަގާމުގައި ދެމިހުންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެފަ އެވެ. އެކަމަކު، އަލޮންސޯ ގެންދަން ލިވަޕޫލްގެ އިތުރުން ބަޔާން މިއުނިކުން ވެސް މަސައްކަތް ކުރާ ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox