ހަންގޭރީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ބޮޑު މުޒާހަރާއެއް ބާއްވައިފި

ހަންގޭރީގައި ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އޭޕީ

ހަންގޭރީގައި ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އޭޕީ

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓޯ އޯބަން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި އެ ގައުމުގައި ބޮޑު މުޒާހަރާއެއް ބާއްވައިފި އެވެ.

ހަންގޭރީގައި މިހާރުގެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާ އިންފްލުއެންޒާސްތަކެއް އިންތިޒާމުކޮށްގެން ބޭއްވި މި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި އެެވެ.

އޯބަންގެ އިސްތިއުފާއަށް ގޮވާލައި ބޮޑު މުޒާހަރާއެއް ހަންގޭރީގައި ބާއްވާފައި މިވަނީ ޖިންސީ ގޯނާގެ މައްސަލައެއް ފޮރުވަން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންތަކެއް މަސައްކަތް ކޮށްފައިވާތީ ކަމަށް ބުނެ އެވެ.

ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވެފައި ވަނީ އެކަމުގައި ހިމެނޭ މީހަކަށް ހަންގޭރީގެ ރައީސް ކެޓަލިން ނޮވާކް މައާފް ދެއްވުމާ ގުޅިގެން ކަމަށްވާއިރު، އެކަމަނާ ވަނީ ކުށެއް ކުރެވިފައިވާ ކަމަށް އެއްބަސްވެ މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ހަންގޭރީގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އޭޕީ
ހަންގޭރީގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އޭޕީ

ހަންގޭރީގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އޭޕީ

ނަމަވެސް ނޮވާކްގެ އިސްތިއުފާއާއެކު އޯބަންގެ މަގާމަށް އެއްވެސް އުނިކަމެއް ނާންނައިރު، 2026 ވަނަ އަހަރު ބާއްވާ ހަންގޭރީގެ އިންތިހާބުގެ ނިޔަލަށް އެމަނިކުފާނަށް މަގާމުގައި ދެމި ހުންނަވާނެ އެވެ.

އޯބަންގެ ޗީފް އޮފް ސްޓާފް ގުލްޔަސް ވިދާޅުވީ، ނޮވާކްގެ އިތުރުން ކުރީގެ ޖަސްޓިސް މިނިސްޓަރު ދިމާވެގެން އުޅޭ މައްސަލައިގެ ފުރިހަމަ ޒިންމާ ނަގާފައިވާ ކަމަށާއި، އެހިސާބުން މައްސަލަ ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން މިފަދަ މައްސަލަތައް އިތުރަށް ތަކުރާރު ނުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް އޯބަންގެ ޗީފް އޮފް ސްޓާފް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox