ރަޝިއާ އިން އެސްޓޯނިއާގެ ބޮޑުވަޒީރު ކަޖާ ކެލަސް "ވޯންޓެޑް" ލިސްޓަށް ލައިފި އެވެ.
ރަޝިއާ އިން ކެލަސް "ވޯންޓެޑް" ލިސްޓަށްލީކަން ހާމަ ކޮށްފައިވާއިރު، އޭނާ އެ ލިސްޓަށްލީ ސަބަބެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ. ކެލަސް "ވޯންޓެޑް" ލިސްޓަށް ލާފައި މިވަނީ ރަޝިއާއަށް ފާޑު ކިޔައި އޭނާ އިންޓަވިއުއެއް ދިންތާ އެއް ދުވަސް ނުވަނީހެވެ.
އޮސްޓްރިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކެލަސް ވަނީ ރަޝިއާއިން ޔޫކްރެއިންއާއެކު ކުރަމުންދާ ހަނގުރާމަ ގިނަ ދުވަސްތަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް އެންމެ ފަހު ވަގުތު އެ ގައުމަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ.

ދާދި ފަހުން އެމެރިކާއަށް ކުރެއްވި ދަތުރެއްގައި ކެލަސް ވަނީ ޔޫކްރެއިންއަށް އެ ގައުމުން ދެމުން އަންނަ އެހީތައް މަދު ކުރުމުން އެކަން އަވަސްކޮށްދިނުމަށް އެދިފަ އެވެ. އަދި އެހީތައް ގިނަ ކުރުމަށްވެސް އޭނާ ބާރު އެޅި އެވެ.
ރަޝިއާގައި ހުންނަ ޔޫކްރެއިންއަށް ތާއީދުކުރާ އެސްޓޯނިއާގެ އެމްބެސެޑަރު ވަނީ މިދިޔަ އަހަރު އެ ގައުމުން ބާލާފަ އެވެ.
ރަޝިއާ - ޔޫކްރެއިން ހަނގުރާމައަށް ތިން އަހަރުވެފައިވާއިރު ހަނގުރާމަ ހުއްޓާލަން މިހާތަނަށް ރަޝިއާ އިން ވަނީ ދެކޮޅު ހަދާފަ އެވެ.










