ސާފް ޗެމްޕިއަންޝިޕް އަށް ވުރެ ބުރަ މަސައްކަތެއް ސޮބާ އަށް މި ފަހަރު ކުރެވުނު

ވިކްޓަރީގެ ކޯޗު ސޮބާ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ވިކްޓަރީގެ ކޯޗު ސޮބާ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގައުމީ ފުޓްބޯޅަ ޓީމާ އެކު، 2008 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި، ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރަން ކުރި މަސައްކަތައް ވުރެ ބުރަ މަސައްކަތެއް ވިކްޓަރީ ސްޕޯޓްސް ކުލަބް ފުރަތަމަ ޑިވިޝަނަށް ގެނައުމަށް ކޯޗެއްގެ ގޮތުގައި ހުރެ ކުރެވުނު ކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފި އެވެ.

ވިކްޓަރީން އިއްޔެ ކުޅުނު ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ. އެއާއެކު ފުރަތަމަ ޑިވިޝަނުގެ ޖާގަ އެއް ވިކްޓަރީ އަށް ވަނީ ލިބިފަ އެވެ.

މި ކާމިޔާބީއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޮބާ ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށެވެ.

ހާއްސަކޮށް، ވިކްޓަރީގައި ތިބި ސީނިއާ ކުޅުންތެރިންގެ މަސައްކަތް ސޮބާ ވަނީ ފާހަގަ ކޮށްފަ އެވެ.

"މިއީ އަޅުގަނޑުމެންގެ މަސައްކަތައް ވުރެ ބޮޑަށް ކުޅުންތެރިން ކުރި މަސައްކަތް. މީގަ މިތިބި ސީނިއާ ކުޅުންތެރިން މާދަމާ ކެރިޔަރު ނިންމާލި ނަމަވެސް މި މަސައްކަތް ފާހަގަ ކުރާނެ" ސޮބާ ބުންޏެވެ.

އެ ގޮތުން، ބަލާއިރު، ސޮބާ އަށް ވެސް މި ކާމިޔާބީ އިތުރަށް ހާއްސަވާ ސަބަބެއް އެބައޮތެވެ.

ސޮބާ ވަނީ ކުޅުމުގެ ކެރިއަރުގައި ވިކްޓަރީ އަށް އަށް އަހަރު ކުޅެފަ އެވެ. ކެރިއަރުގެ ބިންގާ އެޅީ އެ ކްލަބާ އެކު އެވެ. އެ ޓީމުން 2013 ވަނަ އަހަރު ރެލިގޭޝަނުގައި ކުޅުނުއިރު ވެސް ސޮބާ ހުއްޓެވެ. މި ހުރިހާ ކަމަކާ ހުރެ، ވިކްޓަރީ އަލުން ފުރަތަމަ ޑިވިޝަނަށް ގެންނަން ކުރި މަސައްކަތުގައި ބައިވެރިވެ، އެކަން ހާސިލްކޮށްދެވުމުގައި ސޮބާ އަށް އޮތް އުފާ ވަރަށް ބޮޑެވެ.

އަޅުގަނޑަށް ހަގީގަތުގައި ބުނެވިދާނެ މި ކާމިޔާބީ އަކީ އަޅުގަނޑު ހަޔާތުގައި ކުރި އެންމެ ބުރަ މަސައްކަތް. އެންމެ ޕްރެޝަރު ބޮޑު އެއް މަސައްކަތް. ސާފް ޗެމްޕިއަންޝިޕަށްވުރެ އަޅުގަނޑަށް މީތީގެ ޕްރެޝަރު މާ ބޮޑު -- ސޮބާ

ސޮބާ ބުނީ މި ކާމިޔާބީއާ އެކު އުފާ ކުރި ނަމަވެސް ހިތާމަ ވެސް ކުރާ ކަމަށެވެ. އެއީ އޭނާ ލޯބިވާ ކުލަބް، ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެ އެ ޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ނުލިބި ނިންމާލަން ޖެހުމުން ކަމަށް ސޮބާ ބުންޏެވެ.

ނިއުއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ސޮބާ (ވ) އެ ޓީމުގެ އޮފިޝަލެއް ގައިގައި ބައްދާލައިގެން.---- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުޅުމުގެ ކެރިއަރުގައި ނިއު އަށް ވެސް ކުޅެފައިވާ ސޮބާ އަކީ، މިދިޔަ ސީޒަނުގައި ނިއު އިން ދެ ވަނަ ޑިވިޝަނުގައި ކުޅުނުއިރު، އެ ޓީމުގެ ކޯޗެވެ. ނިއުއާ އެކު ސޮބާ މިދިޔަ، ސީޒަނުގެ ދެ ވަނަ ޑިވިޝަން ނިންމާލީ ސެމީ ފައިނަލުން ބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވި މެޗުންނެވެ.

އަލުން ވިކްޓަރީއާ ހަވާލުވެ، ސޮބާ މި ވަނީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފަ އެވެ. މީގެ ކުރިން، ސޮބާ ވަނީ 2016 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް، ކްލަބް ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީފަ އެވެ.

ވިކްޓަރީން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާ ކުޅުނު މެޗުގައި ހިނގާދިޔަ ހަަމަނުޖެހުމުގައި ސޮބާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެ މެޗުގެ ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ސޮބާ ބުނީ ކުރިން ދުވަހު (ކުޑަ ހެންވޭރާ ދެކޮޅަށް ވިކްޓަރީން ކުޅުނު މެޗު) އެ މެޗާ ބެހޭ ގޮތުން ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ. ވިކްޓަރީން ކޮންމެ މެޗަކަށް ނުކުންނާނީ ދެން ކުޅޭ ޓީމަށް ދޭން ޖެހޭ އިހުތިރާމު ދީގެން ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

އަންނަ ހުކުރު ދުވަހު ކުޅޭ ދެ ވަނަ ޑިވިޝަންގެ ފައިނަލް މެޗުގައި މަސް އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެސް ނުކުންނާނީ އެ އިހުތިރާމު ދީގެން ކަމަށް ސޮބާ ބުނެފައިވެ އެވެ.

"މިއީ ދިވެހި ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް ހާއްސަކޮށް ޔަންގް ޖެނެރޭޝަނަށް ލިބުނު ކާމިޔާބީއެއް" ސޮބާ ފާހަގަކުރި އެވެ.

ކާމިޔާބު ހޯދަން ލިބުނު އެންމެ ބޮޑު ޕްލަސް ޕޮއިންޓެއްގެ ގޮތުގައި ސޮބާ ފާހަގަކުރީ ސީނިއާ ކުޅުންތެރިންގެ ޑިސިޕްލިން އެވެ. އެ ކުޅުންތެރިން މެޗުތައް ކާމިޔާބުކުރަން ކުރި މަސައްކަތާއި ފަރިތަކުރުންތަކުގައި ދެއްކި އަހުލާގު ސޮބާ ފާހަގަ ކުރި އެވެ.

ވިކްޓަރީން މި ފަހަރުގެ މުބާރާތައް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު ކުރީބައިގައި ތައްޔާރުވެގެންނެވެ. އެ ގޮތުން ވިކްޓަރީ އިން ވަނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގެ ސްކޮޑުގައި ޖަހާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox