އަލް ހިލާލްގެ ކޮންޓްރެކްޓް ނިންމާލުމަށް ފަހު ނޭމާ، ސަންޓޯސް އަށް ދިއުމުގެ ފުރުސަތު އެބައޮތް

Feb 11, 2024, 12:46 PM
އަލް ހިލާލްގެ ކޮންޓްރެކްޓް ނިންމާލުމަށް ފަހު ނޭމާ، ސަންޓޯސް އަށް ދިއުމުގެ ފުރުސަތު އެބައޮތް

ރިއޯ ޑި ޖަނެއިރޯ (ފެބްރުއަރީ 11) - އަލް ހިލާލްއާ އެކު، ނޭމާ މިދިޔަ އަހަރު ސޮއިކުރި ދެ އަހަރުގެ ކޮންޓްރެކްޓް ނިމުމުން، އޭނާ ސީނިއާ ކެރިއަރުގައި ފުރަތަމަ ކުޅުނު ބްރެޒިލްގެ ސަންޓޯސް އަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ނޭމާ، އަލް ހިލާލް އަށް ސޮއިކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ، 400 މިލިއަން ޑޮލަރެވެ. ދެ އަހަރު ތެރޭ، ނޭމާ އަށް މި އަދަދު ލިބޭ މި ކޮންޓްރެކްޓް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރާއިރު ދޭ ބޯނަހާއި މުސާރައިގެ އިތުރުން އިސްތިހާރުގެ ޑީލްތައް ހިމެނެ އެވެ.

އެކަމަކު، އަލް ހިލާލާ އެކު ރަނގަޅަށް ކެރިއަރު ފަށައިނުގަނެވިގެން އުޅެނިކޮށް، ނޭމާ އަށް ވަނީ ސީރިއަސް އަނިޔާއެއް ކުރިމަތިވެފަ އެވެ. މީގެ ހަތަރު މަސް ކުރިން، ނޭމާގެ ކަކުލަށް ލިބުނު މި އަނިޔާގެ ސަބަބުން ދެން އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނީ، މި އަަހަރުގެ އޮގަސްޓް ހިސާބުގަ އެވެ.

ނޭމާ، އަލް ހިލާލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ނިލަޔަށް ހަމަވާނެ އެވެ.

ބްރެޒިލްގައި ނޭމާގެ ރިހެބިލިޓޭޝަން ކުރިއަށްދާއިރު، ދާދި ފަހުން އޭނާ ވަނީ ސަންޓޯސްގެ މެޗެއް ބަލަން ގޮސް، އެ ކްލަބްގެ ރައީސް، މާސެލޯ ޓަކްސޭރާއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމާ ގުޅޭގޮތުން، ޓަކްސޭރާ ވިދާޅުވީ، މި ބައްދަލުވުމުގައި، ސަންޓޯސްގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް ލިބިގެންދާނެ މަޝްވަރާއެއް ކުރެވުނު ކަމަށެވެ.

އޭނާ އިޝާރާތްކުރީ ސަންޓޯސް އަށް ނޭމާ ބައްދަލުވުމުގެ ޓްރާންސްފާއާ ގުޅޭ ވާހަކަ އެވެ.

ސަންޓޯސް ދޫކޮށް، ނޭމާ، 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ، ޖުމްލަ އެކު، 80 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ބާސެލޯނާ ދޫކޮށް، ނޭމާ، 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. ޕީއެސްޖީން ނޭމާގެ ސޮއި ހޯދީ، 242 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. މި ޓްރާންސްފާއާ ގުޅޭ ޓެކްސް މައްސަލަައެއްގެ ތަހުގީގެއް ފްރާންސްގައި އަދިވެސް ކުރިއަށް އެބަދެ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox