ޕާކިސްތާން އިންތިހާބު: ނަތީޖާ ލަސްވާތީ ވޯޓު ގަޑުބަޑު ކުރާ ކަމުގެ ތުހުމަތު

ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން ނަތީޖާ އިއުލާންކުރަނީ: ނަތީޖާ ލަސްކަމުން ކަންބޮޑުވުން ވަނީ އިތުރުވެފައި -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން ނަތީޖާ އިއުލާންކުރަނީ: ނަތީޖާ ލަސްކަމުން ކަންބޮޑުވުން ވަނީ އިތުރުވެފައި -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ އާންމު އިންތިހާބުގައި އިއްޔެ ވޯޓުލައި ނިމިފައިވާއިރު، ނަތީޖާ ލިބުން ލަސްވާތީ އިންތިހާބު ގަޑުބަޑު ކުރާ ކަމުގެ ތުހުމަތު އިދިކޮޅު ކެންޑިޑޭޓުން ކުރަން ފަށައިފި އެވެ.

ޕާކިސްތާނުގެ އިންތިހާބުގެ ވޯޓުލުން ޕާކިސްތާނުގެ ގަޑިން އިއްޔެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އާ ޖަހަންދެން ކުރިޔަށް ގެންގޮސްފައިވާއިރު، ގަޑިއަށް ގިނަ ހިސާބުތަކުގައި ވޯޓުފޮށިތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ވޯޓުފޮށިތައް ބަންދުކުރުމާއެކު ވޯޓު ގުނުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އިންތިހާބުގައި ނަތީޖާ އިއުލާންކުރުން ލަސް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިއާއެކު، އިންތިހާބު ސައްހަވާނެކަމާ މެދު އިދިކޮޅު ކެންޑިޑޭޓުންގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

Advertisement

މިހާތަނަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާތައް ދައްކާ ގޮތުން ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ޕީޓީއައި އިން ތާއިދުކުރި 55 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކޮށް، އޮތީ އެއްވަނައިގަ އެވެ.

ދެވަނައިގައި އޮތީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އާއި އޭނާގެ ކޮއްކޮ ޝެހްބާޒް ޝަރީފްގެ ޕާޓީ ޕީއެމްއެލްއެން އެވެ. އެއީ 43 ގޮނޑިއާއެކު އެވެ. އަދި ތިންވަނައިގައި ޕީޕީޕީ އޮތީ 35 ގޮނޑިއާއެކުގަ އެވެ.

މިހާތަނަށް 139 ގޮނޑިއެއްގެ ނަތީޖާ ވަނީ އިއުލާން ކޮށްފަ އެވެ. އަދި ބާކީ 126 ގޮނޑީގެ ނަތީޖާ އަދި އިއުލާން ނުކުރެ އެވެ.

މި އިންތިހާބުގައި ޕާކިސްތާނުގެ އާބާދީގެ ގާތްގަނޑަކަށް 241 މީހުންގެ ތެރެއިން 18 އަހަރުން މަތީގެ 128 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox