ޗައިނާގައި އިންފްލޭޝަން ފާއިތުވި 15 އަހަރު ތެރޭގައި ދަށަށް ނުދާ ވަރަށް ވެއްޓި، ޑިފްލޭޝަނަކަށް ދިޔުމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެސްޓިކްސް (އެންބީސީ) އިން ބުނީ، އެ ގައުމުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) މިދިޔަ މަހު 0.8 ދަށަށް ގޮސްފައިވާއިރު، މިއީ 2009 ގެ ފަހުން އިންފްލޭޝަން އެންމެ ދަށްވި ފަހަރެވެ.
މިގޮތުން ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް (ޕީޕީއައި) ފާއިތުވި 16 މަހު ޖެހިޖެހިގެން ވަނީ ދަށް ގޮސްފަ އެވެ. އަދި ކާބޯތަކެތީގެ އަގު ވަނީ މިދިޔަ މަހު 5.9 އިންސައްތައަށް ދަށްވެފަ އެވެ.

ޗައިނާގެ އިންފްްލޭޝަން ދަށަށް ދިޔުމާ ގުޅޭގޮތުން ތަޖުރިބާ ކާރުން ބުނާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި އެ ގައުމުގައި ތަކެތީގެ އަގު ނުހިފެހެއްޓި ޑިފްލޭޝަނަކަށް ދިޔުމުގެ ބިރު އެބަ އޮތް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން ޗައިނާއަށް ދިމާވި ގޮންޖެހުންތަކުން އަދިވެސް އަރައިނުގަނެވެ އެވެ. ނަމަވެސް މިދިޔަ އަހަރު އެ ގައުމުގެ އިގްތިސާދު ފަސް އިންސައްތަ ކުރިއެރި އެވެ.
ޗައިނާގެ ފަހުގެ ތާރީހެއްގައި ދަށަށް ނުދާ ވަރަށް އުފަންވާ މީހުންގެ ނިސްބަތް ވެސް މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. މިއާއެކު، މުސްކުޅިވާ އާބާދީ ގިނަވެ ސިއްހީ ފަރުވާ އާއި ޕެންޝަނަށް ހޭދަކުރަން އެ ގައުމުގެ ސަރުކާރަށް އަންނަނީ ދަތިތައް ކުރިމަތިވަމުންނެވެ.










