ކުޑަހެންވޭރުން ބޭނުންވީ މެޗުގެ ބާކީ ބައި ނުކުޅެން, ވިކްޓަރީ ސެމީ އަށް

ކުޑަހެންވޭރުން ބޭނުންވީ މެޗުގެ ބާކީ ބައި ނުކުޅެން, ވިކްޓަރީ ސެމީ އަށް

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހަމަނުޖެހުމާ ހެދި މެޗު ހުއްޓައިލަން ޖެހުމުން, އެ މެޗުގެ ބާކީ ބައި ކުޅުމަށް އެމެޖެންސީ ކޮމެޓީން ނިންމާފައި ވަނިކޮށް ކުޑަހެންވޭރުން އެ ނަތީޖާގައި އޮވެ މެޗު ނިންމާލުމަށް އެދުމުން އެގޮތަށް މެޗު ނިންމާލުމަށް އެފްއޭއެމުގެ އެމެޖެންސީ ކޮމެޓީން ނިންމާފި އެވެ.

ހަމަނުޖެހުން ހިނގާ މެޗުގެ ކުޅުން ހުއްޓާލީ މެޗުގެ 81 ވަނަ މިނެޓުގަ އެވެ. އޭރު ވިކްޓަރީ އޮތީ 3-1 އިން ލީޑުގަ އެވެ.

މެޗު ހުއްޓައިލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭފް އާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުމަކާ ހެދި އެވެ.

Advertisement

މިކަން ބެލުމަށްފަހު މުބާރާތާ ބެހޭ ކޮމެޓީން ނިންމީ އަންނަ ހުކުރު ދުވަހު ހަވީރު 16:00 ގައި މި މެޗުގެ ބާކީބައި ކުރިއަށް ގެންދާށެވެ. އަދި އެ މެޗަށް ސަޕޯޓަރުންނަށް ދަނޑަށް ވަނުން މަނާވާނެ ކަމަށްވެސް ކޮމެޓީގެ ނިންމުމުގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ކޮމެޓީން ވަނީ މި މެޗުގައި ހިނގައި ދިޔަ ހަމަނުޖެހުން ވަކި މައްސަލަ އެއްގެ ގޮތުގައި ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހަޅަން ނިންމާފަ އެވެ.

ކޮމެޓީން މިގޮތައް ނިންމާފައި ވަނިކޮށް ކުޑަހެންވޭރުން ވަނީ އެ މެޗުގެ ނަތީޖާ އޮތް ގޮތައް މެޗު ނިންމާލުމަށް އެދި ސިޓީ އެއް އެމެޖެންސީ ކޮމެޓީއަށް ހުށަހަޅާފަ އެވެ. އަދި އެ ސިޓީގައި ހުރި ކަންކަން ބެލުމަށްފަހު އެމެޖެންސީ ކޮމެޓީގެ އިއްތިފާގުން ވަނީ 3-1 ގެ ނަތީޖާ އަކުން އެ މެޗު ކާމިޔާބުކުރީ ވިކްޓަރީ ކަމަށް ނިންމާފަ އެވެ.

މި މެޗުގެ ކުޅުމަށް ބަލާއިރު، ވިކްޓަރީން ވަނީ ފުރަތަަމަ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ވިކްޓަރީން މެޗުގެ 12 ވަނަ މިނިޓްގައި ލީޑުނެގީ، މުހައްމަދު އުމެއިރު ޖެހި ގޯލުންނެވެ. މިއީ ވިކްޓަރީގެ މޫސާ ޔާމިން ނަގައިިދިން ހުރަހަކުން، އެ ޓީމުގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ޖެހި ޝޮޓް، ކުޑައޭރިއާތެރެއިން ލިބުމުން، އުމެއިރު ޖެހި ގޯލެކެވެ.

އޭގެ އިރުކޮޅެއް ފަހުން، ވިކްޓަރީން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، އޭރިއާބޭރުން ޖެހި ޝޮޓަކުން، އުޒްބެކިސްތާން މިޑްފީލްޑަރު، ފާރޫކް ހައިދަރޯފް ޖެހި ގޯލެކެވެ. އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ކުޑަހެންވޭރުން މެޗުގެ ތެރެއަށް އެނބުރި އައީ 37 ވަނަ މިނިޓްގައި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ޖެހި ގޯލުންނެވެ. ޝަންމު އަރިމަތިން ނެގި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ ވިކްޓަރީ ކީޕަރު ހަނީފް ސާގިބް އަތްމަތިން ގޮހެވެ.

ދެ ވަނަ ހާފް ފެށިގެން ފަސް ވަނަ މިިނިޓްގައި ކުޑަހެންވޭރު އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިން، ވިކްޓަރީގެ އުމެއިރަށް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ވިކްޓަރީގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވަލްޝީޗޭފް އެވެ.

ވިކްޓަރީ ދެ ގޯލުގެ ލީޑެއްގައި އޮއްވައި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް، ހިނގި ހަަމަނުޖެހުމާ ހެދި މެދުކަނޑާލަން ޖެހުނީ އެވެ. މެޗު އަލުން ފެށޭތޯ މުބާރާތް އިންތިޒާމްކުރާ އެފްއޭއެމްގެ އޮފިޝަލުންނާއި ދެ ޓީމުގެ އޮފިޝަލުން އަދި ފުލުހުން ގިނަ މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު، އޭގެއިން ކަމެއްގައި އަލި މަގެއް ފެންނަން ނެތުމުން މެޗުގެ ކަންކަން ކޮމިޓީން ގޮތެއް ނިންމާ ގޮތަށް ކަނޑައެޅީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox