ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ޗިލީގެ ކުރީގެ ރައީސް އަވަހާރަވެއްޖެ

ޗިލީގެ ކުރީގެ ރައީސް ބިލިއަނަރު ސެބަސްޓިއަން ޕެނޭރާ -- ފޮޓޯ: އީޕީއޭ

ޗިލީގެ ކުރީގެ ރައީސް ބިލިއަނަރު ސެބަސްޓިއަން ޕެނޭރާ -- ފޮޓޯ: އީޕީއޭ

ޗިލީގެ ކުރީގެ ރައީސް އަދި ބިލިއަނަރު ސެބަސްޓިއަން ޕެނޭރާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އަވަހާރަވެއްޖެ އެވެ.

އެ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ޗިލީގެ ލަގޯ ރަންކޯގެ ފެންގަނޑެއް ތެރެއަށް ކަމަށްވާއިރު، ހެލިކޮޕްޓަރުގައި ޕިނޭރާއާއެކު ދަތުރުކުރި ތިން މީހަކު ވަނީ ސަލާމަތްވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވެއްޓިފައި ވަނީ ޕިނޭރާގެ އަމިއްލަ ހެލިކޮޕްޓަރެވެ. ނަމަވެސް ހެލިކޮޕްޓަރު ދުއްވާފައި ވަނީ ކާކު ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ހެލިކޮޕްޓަރު ވެއްޓުމާ ގުޅޭ ގޮތުން މާ ބޮޑު ތަފްސީލެއް ޗިލީ ސަރުކާރުން ހާމަކޮށްފައިނުވާއިރު، މައްސަލަ ތަހުގީގު ކުރަން މިހާރު ވަނީ ފަށާފައެވެ.

އުމުރުން 74 އަހަރުގެ ޕިނޭރާ އަވާހަރަވުމާ ގުޅިގެން ޗިލީގައި ތިން ދުވަހަށް ހިތާމަ ފާޅުކުރުމަށް ނިންމައި، އޭނާ ރަސްމީ އިއްޒަތުގައި ވަޅުލުމަށް ޗިލީގެ ރައީސް ގެބްރިއަލް ބޮރިކް ވަނީ ނިންމަވާފަ އެވެ.

ޗިލީގެ ރައީސްކަން ދެ ދައުރު ކުރައްވާފައިވާ ޕިނޭރާ ފުރަތަމަ ވެރިކަން ކުރައްވާފައި ވަނީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި އޭނާ ވަނީ 2018 އިން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ވެސް އެ ގައުމުގެ ވެރިކަން ކުރައްވާފަ އެވެ.

ކުރިން ސްކޫލް ޓީޗަރަކަށް އުޅުއްވި ޕިނޭރާއަކީ ޗިލީގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. މިގޮތުން 1970 އިން ފެށިގެން 1990 ވަނަ އަހަރުގެ ނިޔަލަށް އެކި ވިޔަފާރީގައި ޕިނޭރާ ވަނީ ހަރަކާތްތެރިވެފައިވާރު، ވިޔަފާރިކުރުން ހުއްޓާލީ ވެރިކަމާ ހަވާލުވާން 2009 ވަނަ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއިން ޖަޕާނުގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

ރަޝިއާގެ ދިފާއީ މައުލޫމާތުތަކެއް ޖަޕާނަށް ހޯދައިދީ ޖާސޫސްކުރި ކަމުގެ ތުހުމަތުގައި، ޖަޕާނުގެ ނޫސްވެރިއަކު ރަޝިއާގެ ސަކާލިންއިން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކޫރިލް ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، ޖަޕާނު ސަރުކާރުން ދަނީ މިކަމުގެ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސައުދީގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

ފޭސްބުކްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި ސައުދީ އަރަބިއްޔާގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. މި ހުކުމް ބާތިލްކޮށްފައިވަނީ ލަންކާ ސަރުކާރުން ޑިޕްލޮމެޓިކް ފެންވަރުގައި ކުރި ގިނަ މަސައްކަތްތަކަކަށް ފަހުގައެވެ. އުމުރުން 27 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

އެއާޕޯޓަށް ހަމަލާދިނީ އިންޒާރުގެ މެސެޖު ހުއްޓާލާފައި އޮއްވާ

ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ ޒަހަމްވިއިރު، މި ހަމަލާތަކުގެ ކުރިން ސައުދީ ސަރުކާރުން އާންމުންނަށް ދެމުންދިޔަ އިންޒާރުގެ މެސެޖުތައް ފޮނުވުން ހުއްޓާލާފައިވާކަން ވަނީ ހާމަވެފައެވެ. އިންޒާރު ނުދީ ހަމަލާތައް ކުރިމަތިވުމުން ސައުދީގެ ސަލާމަތީ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ގައުމުގެ ހާލަތު އާންމުކޮށް އޮތްކަން ދެއްކުމަށް ކުރި ކަމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ސައުދީ އަރަބިއްޔާއަށް ހޫތީންގެ މިސައިލް ހަމަލާތަކެއް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ސައުދީގެ ދިފާއީ ނިޒާމުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ނަމަވެސް މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޒުން ހަތަރު މީހަކު ޒަހަމްވެ، ބައެއް ގޭބިސީތަކަށާއި އަރަމްކޯގެ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. މި ހަމަލާތަކަކީ ސައުދީ ކޯލިޝަނުން ޔަމަނުގެ ތެޔޮ ގުދަންތަކަކަށް ދިން ހަމަލާތަކުގެ ރައްދުގައި ދީފައިވާ ހަމަލާތަކެކެވެ.

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

Newsletter

Get the latest news delivered straight to your inbox