އިދިކޮޅު މެމްބަރުން ބޭރުކޮށް ސެނަގާލް އިންތިހާބު ޑިސެމްބަރަށް ފަސްކޮށްފި

ސެނެގާލްގެ ރިޔާސީ އިންތިހާބު ޑިސެމްބަރަށް ފަސްކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުން -- ފޮޓޯ: އޭޕީ

ސެނެގާލްގެ ރިޔާސީ އިންތިހާބު ޑިސެމްބަރަށް ފަސްކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުން -- ފޮޓޯ: އޭޕީ

އިދިކޮޅު މަޖިލިސް މެމްބަރުން ބޭރުކޮށް، ސެނަގާލްގެ ރިޔާސީ އިންތިހާބު ޑިސެމްބަރު 15 ވަނަ ދުވަހަށް ފަސްކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސެނެގާލްގެ ރައީސް މެކީ ސަލް ވަނީ ފެބްރުއަރީ 10، ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ފެބްރުއަރީ 25، އަށް ފަސްކޮށްފަ އެވެ. މިއާއެކު، އިންތިހާބުގައި ވާދަކުރާ އިދިކޮޅު 19 ކެންޑިޑޭޓުން ވަނީ މަގުތަކަށް ނިކުމެ އިހުތިޖާޖު ކޮށްފަ އެވެ.

ނަމަވެސް އިއްޔެ ކުރިޔަށް ގެންދިޔަ ސެނަގާލްގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ސަރުކާރަށް ތާއިދު ކުރައްވާ މެމްބަރުން ވަނީ ރިޔާސީ އިންތިހާބު ޑިސެމްބަރު 15 އަށް ފަސްކުރަން ފާސްކޮށްފަ އެވެ. އެއީ މަޖިލީހުގައި ތިއްބަވާ 165 މެމްބަރުންގެ ތެރެއިން 105 މެމްބަރުންގެ ވޯޓާ އެކީގަ އެވެ.

ސެނެގާލްގެ ރައީސް ސަލްގެ ދެވަނަ ދައުރު އަންނަ އެޕްރީލް 2، ވަނަ ދުވަހު ހަމަވާއިރު، އެމަނިކުފާނު ކުރިން ވިދާޅުވީ ދައުރު ދިގު ކުރުމަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އެ ގައުމުގެ ގާނޫނު ބުނާ ގޮތުން ރައީސަކަށް އެންމެ ގިނަވެގެން ވެރިކަން ކުރެއްވޭނީ ޖެހިޖެހިގެން ދެ ދައުރެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން ބުނާ ގޮތުގައި ރައީސް ސަލް އުޅުއްވަނީ ގަދަބާރުން ވެރިކަމުގައި ހުންނަވާށެވެ. އަދި އިންތިހާބު ފަސްކުރުމަކީ ޑިމޮކްރަސީއަށް ދެވޭ ހަމަލާއެއް ކަމަށްވެސް މެމްބަރުން ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 20 ކެންޑިޑޭޓަކު ވަނީ އިންތިހާބު ފަސްކުރުމުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ސެނަގާލްގައި ހިނގަމުން އަންނަ ކަންތައްތަކާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއިން ޖަޕާނުގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

ރަޝިއާގެ ދިފާއީ މައުލޫމާތުތަކެއް ޖަޕާނަށް ހޯދައިދީ ޖާސޫސްކުރި ކަމުގެ ތުހުމަތުގައި، ޖަޕާނުގެ ނޫސްވެރިއަކު ރަޝިއާގެ ސަކާލިންއިން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކޫރިލް ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، ޖަޕާނު ސަރުކާރުން ދަނީ މިކަމުގެ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސައުދީގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

ފޭސްބުކްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި ސައުދީ އަރަބިއްޔާގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. މި ހުކުމް ބާތިލްކޮށްފައިވަނީ ލަންކާ ސަރުކާރުން ޑިޕްލޮމެޓިކް ފެންވަރުގައި ކުރި ގިނަ މަސައްކަތްތަކަކަށް ފަހުގައެވެ. އުމުރުން 27 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

އެއާޕޯޓަށް ހަމަލާދިނީ އިންޒާރުގެ މެސެޖު ހުއްޓާލާފައި އޮއްވާ

ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ ޒަހަމްވިއިރު، މި ހަމަލާތަކުގެ ކުރިން ސައުދީ ސަރުކާރުން އާންމުންނަށް ދެމުންދިޔަ އިންޒާރުގެ މެސެޖުތައް ފޮނުވުން ހުއްޓާލާފައިވާކަން ވަނީ ހާމަވެފައެވެ. އިންޒާރު ނުދީ ހަމަލާތައް ކުރިމަތިވުމުން ސައުދީގެ ސަލާމަތީ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ގައުމުގެ ހާލަތު އާންމުކޮށް އޮތްކަން ދެއްކުމަށް ކުރި ކަމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ސައުދީ އަރަބިއްޔާއަށް ހޫތީންގެ މިސައިލް ހަމަލާތަކެއް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ސައުދީގެ ދިފާއީ ނިޒާމުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ނަމަވެސް މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޒުން ހަތަރު މީހަކު ޒަހަމްވެ، ބައެއް ގޭބިސީތަކަށާއި އަރަމްކޯގެ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. މި ހަމަލާތަކަކީ ސައުދީ ކޯލިޝަނުން ޔަމަނުގެ ތެޔޮ ގުދަންތަކަކަށް ދިން ހަމަލާތަކުގެ ރައްދުގައި ދީފައިވާ ހަމަލާތަކެކެވެ.

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

Newsletter

Get the latest news delivered straight to your inbox