ފުޓްބޯޅައިގައި ދުވަހަކު ނުދާހާ ދަށަށް ރާއްޖެ ހިނގައްޖެ: ރައީސް

Feb 5, 2024, 5:19 AM
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު: ކުޅިވަރަށް ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައިވޭ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު: ކުޅިވަރަށް ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައިވޭ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގެ ކުޅިވަރަށް ދިމާވެފައިވާ މައްސަލަތަކުން ހައްލެއް ހޯދައިދޭން އެހީތެރިވުން މުހިންމު ކަމަށާއި ފުޓްބޯޅަ އަށް ބަލާއިރު މިހާރު މި އޮތީ ދުވަހަކު ނުދާހާ ދަށަށް ރާއްޖެ ގޮސްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

ރައީސް މި ގޮތަށް ވިދާޅުވީ، ރިޔާސީ ބަޔާނުގައި، ރާއްޖޭގެ ކުޅިވަރު ހާލަތަށް އަލި އަޅުވާލައި، ކުޅިވަރުގެ ކަންކަމުގައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއިރު އެވެ.

"ތަފާތު އެކި ކުޅިވަރުތައް ކުޅޭ ދިވެހި ހުނަރުވެރި ގިނަ އެތުލީޓުން މިއަދު ތިބީ މާޔޫސްކަމުގައި. ހަމައެކަނި ދިވެހީން އެންމެ ލޯބިވާ ފުޓްބޯޅައަށް ނަޒަރު ހިންގައިލާއިރު ވެސް، ސަރަޙައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް އަޅުގަނޑުމެން ހިނގައްޖެ. ކުޅުންތެރީންނަށް އިތުރު ތަމްރީނާ، އާމްދަނީގެ މަގުތައް ވެސް ހުރީ ބަންދުވެފައި. މިއީ ހިތާމަހުރިކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ ގިނަ މައްސަލަތަކެއް މިހާރު ކުރިއަށްދާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ދައުވާ ވަނީ އުފުލައިފަ އެވެ. އަދި ފީފާ އާއި އޭއެފްސީން އޮތީ އެފްއޭއެމް އިން އެންމެ ފަހުން، ބާއްވަން އުޅުނު އިންތިހާބު ކަންކަން ހުއްޓުވައިފަ އެވެ.

މި އަހަރު ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުން ލިބޭނެ މަގުތައް ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުޅިވަރުގެ ކުރިއެރުމަށް ބަލައި، ރާއްޖޭގެ ބިމުގެ ޖާގައަށް ބަލާއިރު، ފަންގިފިލާތަކަށް މަތިމައްޗަށް ހެދިފައިވާ ކުޅިވަރުކުޅޭ ތަންތަން ގާއިމްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވެފައިވެ އެެވެ. އެ ގޮތުން ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ "ފުޓްސަލް ކޮމްޕްލެކްސް" އާއި "ނެޓްބޯޅަ ކޮމްޕްލެކްސް" އެއް އެޅުމަށް ހުޅުމާލެއިން 2 ބިން މިހާރުވަނީ ކަނޑައެޅިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުޅިވަރުގެ ބޮޑެތި ކްލަބްތައް މާލީ އަނދަވަޅުތަކުން ސަލާމަތްކޮށް، ކުރިއަރާނެ ގޮތްތައް ފަހިކުރަން އެބަޖެހޭ. އަދި ކުޅުންތެރިންނަށް ތަމްރީނާ އާމުދަނީގެ ފުރުސަތު އިތުރުކުރަން ޖެހޭ. މި ހުރިހާ ކަމެއްގައި ވެސް ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރިންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ކުޅިވަރަށް ހާއްސަ މިނިސްޓްރީއެއް އުފައްދައިފަ އެވެ. އެއީ ކުޅިވަރަށް ހުރި ފުރުސަތުތަކަށް ވަކިން އަހައްމިއްޔަތުކަން ދީގެން ކަންކަން ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ގޮތުން، ގައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ "ހައި ޕާފޯމަންސް ސެންޓަރު"ގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ރައީސް އިއުލާނުކުރެއްވި އެވެ.

މީގެ އިތުރުން، ކުޅިވަރާއި ކަސްރަތުގެ މުހިންމު ކަމާއި ގުޅޭގޮތުން ސްކޫލު ކުދިންނާއި އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮގްރާމު ހިންގުމަށް ހަަމަޖެހިފައިވެ އެވެ. އަދި ސްޕޯޓްސް ސައިކޮލޮޖީ، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރުގެ ރިވެތި އަހުލާގާ ގުޅޭގޮތުން ކުޅުންތެރިންނަށް މަޢުލޫމާތު ދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ދާދި ފަހުން އަމަލުކުރަން ފެށި، ރާއްޖޭގައި ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކުގައި ފުރިހަމަކުރަންޖެހޭ "މިނިމަމް މެޑިކަލް ރިކުއަމަންޓް" އާބެހޭ އުސޫލު ތައްޔާރުކޮށް، އެ ހިދުމަތް އަތޮޅު ތެރޭގަޔާއި މާލޭގައި ބާއްވާ މުބާރާތްތަކުގައި ލިބޭ ގޮތް ހަމަޖައްސައިދޭނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"ދުނިޔެ އަށް އަންނަ ބަދަލުތަކާ އެކު، ދިވެހި ޒުވާނުންގެ ޝައުގު އިތުރުވަމުންދާ، ރޭސިން، ސާފިން މޫދުކުޅިވަރު، އީ-ގޭމިން ފަދަ ކަންކަން ރާއްޖޭގައި ކުރިއަރުވާން ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި ވެސް ދެ ޖިންސުގެ ހަމަހަމަ ފުރުސަތުތައް ބޭއްވުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox