އާސެނަލުން ލިވަޕޫލް ބަލިކުރިއިރު، ޔުނަައިޓެޑް މޮޅުވެ ޗެލްސީ ހާސްކަމުގައި

Feb 5, 2024, 3:48 AM
އާސެނަލުން ލިވަޕޫލް ބަލިކުރިއިރު، ޔުނަައިޓެޑް މޮޅުވެ ޗެލްސީ ހާސްކަމުގައި

ލަންޑަން (ފެބްރުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 3-1 އިން ލިވަޕޫލް ބަލިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-0 އިން މެެންޗެސްޓާ ޔުނައިޓެޑް މޮޅުވެ، ޗެލްސީ އަމިއްލަ ދަނޑުގައި 4-2 އިން ވުލްވްސް އަތްދަށުވެ، ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭގެ މޮޅާ އެކު އާސެނަލް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ލިވަޕޫލަށް 23 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ދެ ވަނައިގައި އޮތީ 23 މެޗުން 49 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 21 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކޮށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ލީޑުނެގީ، 14 ވަނަ މިނިޓްގައި ރީބައުންސަކުން ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލުން އެއްވަރުކުރީ ލުއިޒް ޑިއާޒް ކުރި އެޓޭކެއްގައި އާސެނަލްގެ ގަބްރިއެލް މަގާޅައެސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

Advertisement

ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލިވަޕޫލްގެ ކާޓިން ޖޯންސް އެ ޓީމަށް ލީޑުނަގައިދޭން ރަނގަޅު ހަމާލާއެއް ފޮނުވާލި އެވެ. އާސެނަލުން އަލުން ލީޑުނެގީ މެޗުގެ 67 ވަނަ މިނިޓްގައި ގަބްރިއެލް މާޓިނެލީ ޖެހި ލަނޑުންނެވެ. މިއީ ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އާއި ގޯލްކީޕަރު އެލިސަން ބެކާ ހެދި ގޯހެއްގެ ފައިދާނަގައި، މާޓިނެލީ ޖެހި ލަނޑެކެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ލިވަޕޫލްގެ އިބްރާހިމް ކޮނާޓޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އިތުރު ވަގުުތުގެ ތިން ވަނަ މިނިޓްގައި އާސެނަލުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ލެއަންޑްރޯ ޓްރޮސާޑް އެވެ.

ވެސްޓް ހޭމް ކޮޅަށް ރޭ ޔުނައިޓެޑުން މޮޅުވިއިރު، ލަނޑުތައް ޖެހީ އަލެހަންދްރޯ ގާނާޗޯ ދެ ގޯލާއި ރަސްމުސް ހޮއިލުންޑް އެވެ. ޔުނައިޓެޑް ވަނީ މި މޮޅާ އެކު، 23 މެޗުން 38 ޕޮއިންޓް ހަމަކޮށް ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޗެލްސީން ވަނީ ކޯލް ޕާމާގެ ގޯލުން ލީޑުނަގައިފަ އެވެ. ވުލްވްސްގެ ފޯވާޑް، . މަތެއުސް ކޫންޏާ ހެޓްރިކެއް ހެދި މި މެޗުގައި އެ ޓީމުން ޖެހި އަނެއް ލަނޑަކީ، ޗެލްސީގެ އަލެކްސް ޑިސާސީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޗެލްސީގެ ފަހު ލަނޑު ޖެހީ ތިއާގޯ ސިލްވާ އެެވެ.

މި މޮޅާ އެކު، ވުލްވްސް އިން ވަނީ ލީގު ތާވަލުގައި ވެސް ޗެލްސީ ފަހަތަށް ޖައްސާލައިފަ އެވެ. ވުލްވްސް 10 ވަނައިގައި އޮތީ 23 މެޗުން 32 ޕޮއިންޓާ އެކު އެވެ. ޗެލްސީ 11 ގައި އޮތީ 23 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox