ޔަންގް ޑެމްސް "ހުއްޓިފައި" އޮތުމުން ޒުވާން މެމްބަރުންގެ ނުރުހުން

ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން، ޕާޓީގެ ޒުވާނުންނަށް އެއްވެސް އަހަންމިއްޔަތުކަމެއް މިހާރު ނެތްކަމަށް ބުނެ ޕާޓީގެ ޒުވާން މެމްބަރުން އަންނަނީ ނުރުހުން ފާޅު ކުރަމުން -- ފޮޓޯ: އަދަދު ފައިލް

ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން، ޕާޓީގެ ޒުވާނުންނަށް އެއްވެސް އަހަންމިއްޔަތުކަމެއް މިހާރު ނެތްކަމަށް ބުނެ ޕާޓީގެ ޒުވާން މެމްބަރުން އަންނަނީ ނުރުހުން ފާޅު ކުރަމުން -- ފޮޓޯ: އަދަދު ފައިލް

މިދިޔަ އަހަރު ވުޖޫދުކުރި ދަ ޑިމޮކްރެޓްސްގެ ޒުވާނުންގެ ގޮފި, ޔަންގް ޑެމްސްގެ އިންތިހާބު އަލުން ބާއްވާނެ ކަމަށް ހާމަކުރުމަށް ފަހު، އެ އިންތިހާބު ދެ މަސްވީއިރު ވެސް ބާއްވާފައި ނުވާތީ އެ ޕާޓީގެ ޒުވާން މެމްބަރުން ޕާޓީގެ ލީޑަޝިޕާ މެދު ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގެ ދަށުން ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ޕާޓީ ރައީސަށް ލަފާ ދިނުމަށް އުފައްދާ ޕާޓީ ރައީސްގެ ކައުންސިލަށް، ޕާޓީގެ މަގާމުތަކަށް އިންތިހާބުވެފައިވާ މެމްބަރުން އެ ކައުންސިލަށް އައްޔަންކުރާނެ ކަން އެޕާޓީން މިދިޔަ ޖެނުއަރީ 31، ގައި އިއުލާން ކުރި އެވެ.

އިންތިހާބުކުރަން ޖެހޭ މަގާމުތަކުގެ ތެރޭގައި ޕާޓީގެ ޔަންގް ޑިމޮކްރެޓްސްގެ ލީޑަރު އަދި ޔަންގް ޑިމޮކްރެޓްސްގެ ނައިބު ލީޑަރު ވެސް ހިމެނެ އެވެ.

އެހެންނަމަވެސް ޑިސެމްބަރު 2، 2023، ގައި ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އިންތިހާބު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ހެދިފައިވާ ގޯހަކުން ބައެއް ފޮށިތަކަށް ވޯޓު ލާން ޖެހޭ މިންވަރަށް ވުރެ ގިނައިން ވޯޓުކަރުދާސް ދޫކުރެވިފައި ޔޫތު ވިންގުގެ އިންތިހާބުގެ ނަތީޖާ ބާތިލުކުރީ އެވެ.

މިހާތަނަށް އައިއިރު އެ އިންތިހާބު ބާއްވާފައި ނުވާއިރު، އެ އިންތިހާބު ބާއްވާނެ ތާރީހެއް ވެސް އަދި ނުބުނެ އެވެ. އެހެންކަމުން، ޕާޓީގެ ރައީސް އުފައްދާ ކައުންސިލްގައި މި ދެ މަގާމަށް މީހަކު އައްޔަންކުރުމަށް އަލުން އިންތިހާބު ބާއްވަންދެން މި ދެ މަގާމު އޮންނާނީ ހުހަށެވެ.

މިކަމާ ނުރުހުން ފާޅުކޮށް، ޕާޓީގެ ޒުވާނުންގެ ލީޑަރު ކަމަށް ވާދަ ކުރެއްވި ކެންޑިޑޭޓެއް ކަމަށް ޔޫސުފް ޝާހު އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ އިންތިހާބު އަލުން ބާއްވާނެ ދުވަހަކަށް ވަރަށް ކެތް ކުރެވިއްޖެ ކަމަށާއި އެކަމާ ވަރަށް ޝަކުވާ ވެސް ކުރެވިއްޖެ ކަމަށެވެ.

ޔަންގް ޑެމްސްގެ ލީޑަރަކަށް ވާދަކުރި ޔޫސުފް ޝާހު ވަނީ ނަން އަނބުރާ ނަގާފަ އެވެ.

"ސިޔާސީ ޕާޓީއެއްގައި, ޒުވާނުން ބާރުވެރިކުރުމަކީ ކޮބައިކަން މާނަކޮށްދީ, ތަރުތީބު ކޮށްދޭން އިންނަ ގުނަވަނަކީ ޒުވާނުންގެ ބޮޑީ. އެ ޒުވާނުންނަށް އެކަން އޮޅިގެން ނުވާނެ. ޔަންގް ޑެމްސްއަކީ ޕާޓީ ރަޖިސްޓްރީ ކުރުމުގެވެސް މާކުރީ ހިންގައިގަތް ގުނަވަނެއް. މި ހުއްޓުމުން އަރައިގަންނަން ޖެހޭ," ޝާހު ބުނެފައިވެ އެވެ.

ޕާޓީގެ ޒުވާނުންގެ ހަރަކާތްތަކުގައި ބައިވެރިވި މެމްބަރުން ވެސް މިކަމާ މެދު ނުރުހުން ފާޅުކޮށްފައިވެ އެވެ.

"ދޭން ބުނި ރެކޮގްނިޝަން، އުފުލާލަ ދޭން ބުނި އުސް މިން، ބަދަލުކޮށްލަ ދޭން ބުނި ޒުވާނުންގެ މާދަމާ މިހާރު ހަދަމުން ދަނީ ޖޯކަކަށް. ޒުވާނުންނާ ނުލާ ޒުވާނުންގެ ޕާޓީ ދެމިނޯންނާނެ ވާހަކަ ހަމަ ބުނެލީ. އަހަރެމެން ބިނާކުރީ އަހަރެމެންނަށް ގެއެއް. އަހަރެމެން ހަދާފައިވާ ގެއިން މަޑުމަޑުން އަހަރެމެން ނެރެމުން މިދަނީ، މިއީ ޓާމިނޭޝަނަށް ފަހު ތިމާގެ މަސައްކަތުގެ ކްރެޑިޓް ގޯސް ވެރިއެއް ނެގުން ފަދަ ކަމެއް،" ޕާޓީގެ ޒުވާން މެމްބަރަކު އެކްސްގައި ލިޔެފައިވެ އެވެ.

"އިންތިހާބު އަލުން ބޭއްވުން ލަސް ވަމުންދާ މިންވަރަކަށް އަޅުގަނޑުމެންނަށް ބޮޑެތި ގެއްލުންތަކެއް ވޭ. ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ޑެމްސް އަށް އަޅުގަނޑުމެން ކުރި ބުރަ މަސައްކަތާއި ހިދުމަތްތައް ބަލައި ނުގަންނަކަން ހާމަވާ ކަމެއް،" ޕާޓީގެ އިތުރު ޒުވާން މެމްބަރަކު ލިޔެފައިވެ އެވެ.

ޑިމޮކްރެޓްސްގެ މަސައްކަތްތައް ރިޔާސީ އިންތިހާބާ ދިމާކޮށް ފެށިއިރު ޕާޓީގެ މަސައްކަތްތަކުގައި ޒުވާނުންނަށް ވަރަށް ބޮޑަށް ފުރުސަތު ދީފައިވެ އެވެ. އަދި ޕާޓީއަކީ ޒުވާނުންގެ ޕާޓީއެއްކަމަށް ޕާޓީންނާއި ޕާޓީގެ މެމްބަރުން ވަރަށް ބޮޑަށް އެވާހަކަ ދައްކާފައިވެ އެވެ.

"ޒުވާން ޖީލެއްގެ ހަގީގީ ބޭނުންތަކާއި އުންމީދުތައް ދެނެގަނެވޭ، ނުވަތަ ކުރިއަރާފައިވާ އަދި ކުރިއަށް ވިސްނާ ޒުވާން ޖީލެއް ބިނާކުރުމުގެ ތަސައްވުރެއް އޮތް ބަޔަކަށް ޒުވާނުން ހެދުމަށާއި، މި ޕާޓީގެ ލީޑަރޝިޕްގެ މަގާމުތަކާއި، ހުރިހާ ކޮމިޓީތަކަކާއި، އިންތިހާބީ މަގާމުތަކުގައި ޒުވާނުން ތަމްސީލުވާނޭހެން، ޕާޓީގެ ހުރިހާ ފެންވަރެއްގައި ޒުވާނުންނަށް ޖާގަދިނުމަށް" ޕާޓީގެ އަސާސީ ގަވާއިދުގައި ޔަންގް ޑެމްސްއާ ގުޅޭގޮތުން ލިޔެފައިވެ އެވެ.

އެތައް މައްސަލައެއް ފެންމަތިވި އަދި ޕާޓީގެ މެމްބަރުންގެ ފާޑު ކިޔުން ވެސް އަމާޒުވި، ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ހާމަ ކުރީ ވެސް ވޯޓުލައި ނިމުނުތާ އެއް ދުވަސް ފަހުންނެވެ. އެކަމުގެ ސަބަބުން ޕާޓީގެ އާންމު މެމްބަރުން ވެސް ނުރުހުން ފާޅު ކޮށްފައިވެ އެވެ.

ޔަންގް ޑެމްސް އިންތިހާބުގެ ނަތީޖާގެ އިތުރުން 13 ރަށެއްގެ ނަތީޖާ އާއި ނ. އަތޮޅުގެ ނަތީޖާ ވެސް އެ ޕާޓީން ބާތިލު ކުރި އެވެ. އެހެންނަމަވެސް މިއިން އެއްވެސް ދާއިރާއެއްގެ އިންތިހާބެއް އަލުން ބާއްވާނެ ތާރީހެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox