އިމްރާންގެ ހެޓްރިކާ އެކު، ލޮރެންޒޯ ބަލިކޮށް ލެގޫންސް ދެ ވަނަ ޑިވިޝަނުގެ ކުއާޓާ އަށް

Feb 3, 2024, 1:40 PM
ލެގޫންސް އަށް މި މެޗުގައި ހެޓްރިކް ހަދައިދިން އިމްރާން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ލެގޫންސް އަށް މި މެޗުގައި ހެޓްރިކް ހަދައިދިން އިމްރާން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، އިބްރާހިމް އިމްރާންގެ ހެޓްރިކާ އެކު، ލޮރެންޒޯ ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެ، ލެގޫންސް ސްޕޯޓްސް ކްލަބުން ކުއާޓާ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދައިފި އެވެ.

ލެގޫންސް، ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ގްރޫޕް ސީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕްގެ އެއް ވަނަ ލިބުނީ ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ވިކްޓަރީ އަތުން ހަމައެކަނި ބަލިވި، ލެގޫންސް އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން، މި ގްރޫޕްގެ ތިން ވަނަ ހޯދި، ކްލަބް ޕީކޭ ވެސް ވަނީ ކުއާޓާ އިން ފުރުސަތު ހޯދައިފަ އެވެ. ޕީކޭ އިން ވަނީ ހަަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ.

ހަތަރެއްގައި ނިންމާލި ލޮރެންޒޯ އަށް ވެސް މިއަދުގެ މެޗުން ތަފާތު ބޮޑުކޮށް މޮޅުވެގެން، ކުއާޓާ ފައިނަަލަށް ދެވެން އޮތެވެ. އެކަމަކު، އެ ޓީމު މުބާރާތް ނިންމާލީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ އެންމެ ފުލަށް ދިޔައީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވި ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ލެގޫންސް އިން ވަނީ ހަތަރު ވަަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ހުސްކޮށް ލިބުނު ފުރުސަތެއްގައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން އިމްރާން އެވެ. އޭނާ އެ ބޯޅަ ގޯލަށް ފޮނުވާލީ ލޮރެންޒޯގެ ކީޕަރު އަހުމަދު ނަވާޒަށް މާ ރަނގަޅު ފުރުސަތެއް ނުލިބޭ ގޮތަށެވެ.

ލެގޫންސްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މެޗުގެ 17 ވަނަ މިނިޓްގައި ލެގޫންސް ދެ ވަނަ ގޯލު ޖެހީ ވެސް އިމްރާން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާތެރެއިން އެ ޓީމުގެ ރަޝިއާ ފޯވާޑް، ވްލަޑިސްލާވް ކޮރްމިޝިން ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އެވެ. އަދި މެޗުގެ 35 ވަނަ މިނިޓްގައި ކޮރްމިޝިން ނަގައިދިން ހިލޭ ޖެހުމަކުން، އިމްރާން ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ލޮރެންޒޯ އިން ވަނީ މެޗުގެ 75 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، ނަސޫހު ސައީދު އެވެ. ނަސޫހު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވީ ލެގޫންސްގެ ކީޕަރު، މުހައްމަދު އިމްރާން އަތްމަތިން ގޮހެވެ.

އޭގެ ފަހުން، މެޗުގެ 88 ވަނަ މިނިޓްގައި ލެގޫންސް އިން ވަނީ ހަތަރު ވަނަ ލަނޑެއް ކާމިޔާބުކޮށްފަ އެެވެ. މިއީ އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، އަހުމަދު ރިފްޝާން އެވެ. އިތުރު ވަގުުތުގައި ލެގޫންސް އިން ފަސް ވަނަ ލަނޑު ޖެހިއިރު، މިއީ، އަހުމަދު މުހައްމަދު (އައްމަޑޭ) ދިން ބޯޅައަކަށް ހުސްކޮށް އަރައި، އަހުމަދު ރިޒްވާން އިސްމާއިލް ޖެހި ގޯލެކެވެ.

އެފްއޭއެމްގެ ފުރަތަމަ ޝެޑިއުލްގައި ކުއާޓާ ފައިނަލް މެޗުތައް ފަށާނީ ހަ ވަނަ ދުވަހު ކަމަށް ހާމަކުރި ނަމަވެސް ފަހުން ވަނީ ފަސް ވަނަ ދުވަހު ކުއާޓާ ފައިނަލްތައް ފަށަން ނިންމައިފަ އެވެ.

ކުއާޓާ ފައިނަލް މެޗުތައް:

މަސް އޮޑި ސްޕޯޓްސް ކްލަބް - ބީޖީ ސްޕޯޓްސް ކްލަބް (ފެބްރުއަރީ 5، 15:50)

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް - ކްލަބް ޕީކޭ (ފެބްރުއަރީ 6، 15:50)

ވިކްޓަރީ ސްޕޯޓްސް ކްލަބް - ކުޑަހެންވޭރު ޔުނައިޓެޑް (ފެބްރުއަރީ 7، 15:50)

ލެގޫންސް ސްޕޯޓްސް ކްލަބް - ޓެންޓް ސްޕޯޓްސް ކްލަބް (ފެބްރުއަރީ 8، 15:50)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox