ސިންގާރގެ މާސިންގާ ރޯދަ ސޭލް: ކޮންމެ ހަފްތާއަކު ނަސީބުވެރިޔަކަށް ސޯފާއެއް

ސިންގާރގެ މާސިންގާ ރޯދަ ސޭލް: ކޮންމެ ހަފްތާއަކު ނަސީބުވެރިޔަކަށް ސޯފާއެއް

ސިންގަރ އިން ކުރިޔަށް ގެންދާ "މާސިންގާ ރޯދަ ސޭލް" ގައި ކޮންމެ ހަފްތާއަކު ނަސީބުވެރިޔަކަށް ސޯފާއެއް ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އިއްޔެ ސިންގަރ އިން ފެށި ރޯދަ ސޭލްގެ ދަށުން 1،500 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކޮންމެ ބޭފުޅަކަށް ކޫޕަނެއް ލިބޭއިރު، އެ ކުންފުނިން ބުނީ ރޯދަ މަސް ނިމެންދެން ކޮންމެ ހަފްތާއަކު ނެގޭ ލަކީ ޑްރޯގައި ސިންގަރ ސޯފާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސިންގަރ ސޯފާއަކީ ކޮލިޓީ ހިފެހެއްޓިފައިވާ ބޭނުން ގޮތަކަށް ކަސްޓަމައިޒް ކުރެވޭ ގޮތަށް ފަރުމާ ކުރެވޭ ސޯފާއަކަށްވާއިރު، ބޭނުން ޑިޒައިނަކަށް އަދި ބޭނުން ކުލައަކަށް ވެސް އެ ސޯފާ ފަރުމާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި ކަސްޓަމައިޒްކުރާ ސޯފާ ކުޑަ މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހިސާބަށް އެ ކުންފުނިން ފޯރުކޮށްދެ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ސިންގަރ އިން ލިބެން ހުންނަ ހައުސްހޯލްޑް އަދި އިލެކްޓްރޯނިކްސްގެ ހުރިހާ ޕްރޮޑަކްޓްސްތަކަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ސިންގަރ ގެ ސީއޯއޯ އަހުމަދު އިލްޔާސް ވިދާޅުވީ، އެ ކުންފުނިން ހިދުމަތްދޭން ފެށިތާ މާގިނަ ދުވަސްތަކެއް ނުވާ ކަމަށާއި، ނަމަވެސް ކުންފުނިން މާކެޓަށް އަލަށް ނެރުނު ސޯފާފަދަ ޕްރޮޑަކްޓްސްތަކަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކްތައް ލިބެމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ ކަސްޓަމަރުންގެ ފީޑްބެކްވެސް ރަނގަޅުވުމާއެކު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކޮންފިޑެންސެއް ލިބޭ އަޅުގަނޑުމެންގެ މި ހުރިހާ ޕްރޮޑަކްޓްސްތައް ވެސް ރަނގަޅުކަން. ހާއްސަކޮށް ބަދިގޭގެ ބައެއް ސާމާނު މިސާލަކަށް ކެންވުޑް ކަހަލަ ޕްރެސްޓިޖް ކަހަލަ އެއްޗިއްސަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ބްރޭންޑްތައް އަދި ބައެއްކަހަލަ ފްރެންޗައިޒްތައް ވެސް ހިމެނޭ،" އިލްޔާސް ވިދާޅުވި އެވެ.

އޭގެ އިތުރުން ސިންގަރ އޭސީއަކީ ވެސް ވަރަށް ކޮލެޓީ އޭސީއެއްކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ، ހިޓާޗީ އަދި ޕެނޮސޮނިކް ބްރޭންޑްގެ ޕްރޮޑަކްޓްސްތައްވެސް ސިންގަރ އިން ލިބޭނެ ކަމަށާއި އެ ޕްރޮޑަކްޓްސްތަކަކީ ވަރަށް ބޮޑު އިތުބާރެއް އޮތް ޕްރޮޑަކްޓްސްތަކެއް ކަމަށެވެ.

ސިންގަރގެ ދެ ފިހާރައެއް މާލޭގައި މިވަގުތު ހުރިއިރު، އެއް ފިހާރަ ހުންނަނީ ހަނދުވަރީ ހިނގުމުގައި ހުންނަ އެލިއާ ރެޒިޑެންސްގައެވެ. އަދި އަނެއް ފިހާރަ ހުންނަނީ ޗާނދަނީ މަގުގައި ހުންނަ ނެޝަނަލް މިއުޒިއަމް ކުރިމަތީގަ އެވެ.

ސިންގަރ އިން ގަންނަ ޕްރޮޑަކްޓްސްތައް މާލެ އާއި ހުޅުމާލޭގެ ކަސްޓަމަރުންނާ ހަމައަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޑެލިވަރީ ކޮށްދޭއިރު، އެ ކުންފުނިން ރަށްރަށަށް ޕްރޮޑަކްޓްސްތައް ފޮނުވުމަށް ދޯންޏާ ހިސާބަށް ވެސް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެ އެވެ.

އިންޓަނޭޝަނަލް މަޝްހޫރު ފްރެންޗައިޒް ބްރޭންޑެއް ކަމަށްވާ ސިންގަރ އަކީ މީގެ 150 ވަރަކަށް އަހަރު ކުރިން ފަހާފޮށިން ވިޔަފާރި ކުރަން ފެށި ބައެކެވެ. ނަމަވެސް އެ ބްރޭންޑް ފުޅާވެ މިހާރު އަންނަނީ އެކި ޕްރޮޑަކްޓްސްތައް މާކެޓަށް ނެރެ ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލުކަން ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox