ފަހު ވަގުތު ގޯލު ޖަހައި ޔުނައިޓެޑުން ވުލްވްސް ބަލިކޮށްފި

Feb 2, 2024, 6:37 AM
ފަހު ވަގުތު ގޯލު ޖަހައި ޔުނައިޓެޑުން ވުލްވްސް ބަލިކޮށްފި

ބާމިންހަމް (ފެބްރުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ފަހު ވަގުތު ގޯލު ޖަހައި، 4-3 އިން ވުލްވްސް އަތުން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ޔުނައިޓެޑް ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 22 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމާއި ޔުނައިޓެޑާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޓޮޓެންހަމް އަށް ވަނީ 22 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ.

ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ޔުނައިޓެޑުން ވަނީ 22 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ ރަސްމުސް ހޮއިލުންޑް ދިން ބޯޅައަކުން މެޗުގެ ފަސް ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް އެވެ. މިއީ އަހުލާގީ މައްސަލައެއްގައި ޓީމުން ބާކީކުރުމަށް ފަހު، ރެޝްފޯޑަށް އަލުން ޓީމުން ފުރުސަތު ދިން މެޗެވެ. މެޗުގެ 22 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހީ ހޮއިލުންޑް އެވެ.

މެޗުގެ 75 ވަަނަ މިނިޓްގައި ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ، އެ ޓީމުގެ ތިން ވަނަ ގޯލު ޖެހީ، އޭގެ ހަތަރު މިނިޓް ކުރިން ވުލްވްސްގެ ޕަބްލޯ ސަރަބިއާ އެ ޓީމަށް ފުރަތަމަ ގޯލު ޖަހައިދީ އުންމީދެއް ހޯދައިދީފައިވަނިކޮށެވެ.

ވުލްވްސް އިން ވަނީ މެޗުގެ 85 ވަނަ މިނިޓްގައި މެކްސް ކިލްމަން ޖެހި ގޯލާއި އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ޕެޑްރޯ ނެޓޯ ޖެހި ލަނޑުން އެއްވަރުކޮށްފަ އެވެ. ނެޓޯ އެ ޓީމަށް އެއްވަރުކޮށްދިންތާ ދެ މިނިޓް ފަހުން، ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ، 18 އަހަރުގެ މިޑްފީލްޑަރު ކޯބީ މައިނޫ އެވެ.

މި މެޗުގައި ޔުނައިޓެޑްގެ ގޯލު ބެލެހެއްޓީ، އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ދިއުމަށް ފަހު ކްލަބަށް އެނބުރި އައި ކެމަރޫންގެ ކީޕަރު އަންދްރޭ އޮނާނާ އެވެ.

ލީގުގައި ރޭ ވެސްޓް ހޭމް އާއި ބޯންމައުތު ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ބޯންމައުތުގެ ޑޮމިނިކް ސޮލާންކޭ އެ ޓީމަށް ލީޑުނަގައިދިން މި މެޗުގައި، ވެސްޓް ހޭމް އަށް އެއްވަރުކޮށްދިނީ ޕެނަލްްޓީ އަކުން ޖޭމްސް ވޯޑް-ޕްރައުސް އެވެ.

ހަ ވަނައިގައި އޮތް ވެސްޓް ހޭމް އަށް 22 މެޗުން ވަނީ 36 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox