ރަތް ކަނޑުގައި ދޭ ހަމަލާތަކުން އިންޑިއާއަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުންވުމުގެ ބިރު

ރަތް ކަނޑުގައި ދޭ ހަމަލާތަކުން އިންޑިއާއަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުންވުމުގެ ބިރު

ރަތް ކަނޑުގައި ދޭ ހަމަލާތަކާ ގުޅިގެން އިންޑިއާއަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުންވުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިންޑިއާއަށް ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ލަފާކޮށްފައި މިވަނީ އޭޝިއާއިން ޔޫރަޕަށް ދަތުރުކުރާ ރަތް ކަނޑުގެ ޓްރޭޑް ރޫޓުގައި ބަދަލު ކުރަމުން އަންނަ ހަމަލާތަކާ ގުޅިގެން ޒަމާނުއްސުރެ މެދުއިރުމައްޗާއި، އެމެރިކާ އަދި ޔޫރަޕުން އިންޑިއާގެ އިން ގަންނަމުން އައި ބާސްމަތީ ހަނޑުލަށް އޮތް ޑިމާންޑު ދަށްވެ، ހަނޑޫ އެކްސްޕޯޓް ކުރުމުގެ އަގު ބޮޑުވުމުންނެވެ.

ރަތް ކަނޑުގެ ޓްރޭޑް ރޫޓުން ދަތުރު ކުރަމުން އަންނަ ބޯޓުތަކަށް ޔަމަނުގެ ހޫތީން ހަމަލާތައް ދެމުން އަންނާތީ އެ ރޫޓް ބޭނުން ކުރުން ހުއްޓާލާފައިވާއިރު، ރަތް ކަނޑުން ދަތުރުކުރަން ބޯޓުތައް އަންނަނީ ފަސް ޖެހެމުންނެވެ. އަދި ދަތުރު ކުރުމަށް ދިގު އެހެން ރޫޓްތައް ބޭނުން ކުރަން ޖެހުމުން ޝިޕިން ކޯސްޓް އެތައް ގުނައެއް ވަނީ ބޮޑުވެގެން ގޮސްފަ އެވެ.

Advertisement

އިންޑިއާގެ ޗަމަން ލާލް ސެޓިއާ އެކްސްޕޯޓް ލިމިޓެޑްގެ ޑިރެކްޓަރު އަދި އޯލް އިންޑިއާ ރައިސް އެކްސްޕޯޓާސްގެ ކުރީގެ ރައީސް ވިޖޭ ކުމާރު ސެޓިއާ ވިދާޅުވީ، އިންޑިއާއިން ބޭރު ކުރާ ބާސްމަތީ ހަނޑުލުގެ ފްރެއިޓް ކޯސްޓް ވަނީ މިހާރު ފަސް ގުނައަށް އިތުރުވެގެން ގޮސްފައި ކަމަށެވެ.

އޭގެއިތުރުން ބާސްމަތީ ހަނޑުލުގެ ބައެއް ސްޓޮކްތައް މިހާރު ޑޮމެސްޓިކް މާކެޓުގައި ވިއްކަން ފަށާފައިވާއިރު، ޑޮމެސްޓިކް މާކެޓްގައި ބާސްމަތީ ހަނޑުލުގެ އަގު އަށް އިންސައްތަ ދަށްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެކި ގައުމުތަކުގެ ވިޔަފާރިވެރިން ބޮޑު އަގުގައި ބާސްމަތީ ހަނޑޫ ގަންނަން އަންނަނީ ޖެހިލުންވަމުން. ބައެއް ކަސްޓަމަރުން ލިބޭ ނަމަވެސް އެކަށީގެންވާ ފައިދާއެއް މިހާރު ނުވޭ. ބޮޑު އަގެއް ލޮޖިސްޓިކަށް އަންނަނީ ހަރަދުވަމުން," ވިޖޭ ކުމާރު ސެޓިއާ ވިދާޅުވިއެވެ.

މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓް ކުރާ އިންޑިއާއިން އަހަރަކު 4.5 މިލިއަން ޓަނުގެ ބާސްމަތީ ހަނޑޫ އެ ގައުމުން ބޭރަށް އެކްސްޕޯޓު ކުރެ އެވެ. އަދި އިންޑިއާއިން އެކްސްޕޯޓް ކުރާ 7.5 މިލިއަން ޓަނުގެ ހަނޑުލުގެ ތެރެއިން 35 އިންސައްތަ އެކްސްޕޯޓްކުރަނީ ރަތް ކަނޑުގެ ރޫޓުން ޔޫރަޕް، ނޯތު އެމެރިކާ، ނޯތު އެފްރިކާ އަދި މެދު އިރުމައްޗަށެވެ.

އިންޑިއާއިން އެކްސްޕޯޓް ކުރާ ބާސްމަތީ ހަނޑުލުގެ އިތުރުން ސައިފަތާއި، މޭބިސްކަދުރުން ފެށިގެން ބަފަލޯ މީޓްވެސް އެ ގައުމުން ބޭރުކުރަން ދިމާވާ ދަތިތަކާއެކު ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުންނެވެ. އަދި ސަން ފްލާވާ ތެލާއި، އެކި މެޝިންތަކާއި އިލެކްޓްރޯނިކް ސާމާނު އެކްސްޕޯޓު ކުރަން ލަސްތަކެއް ދިމާވާތީ ވެސް އަންނަނީ ގެއްލުންވަމުންނެވެ.

ރަތް ކަނޑުގެ ރޫޓަށް އިންޑިއާގެ އެކްސްޕޯޓް ބަރޯސާވެގެން އެކްސްޕޯޓް ކުރާތާ ދުވަސްތަކެއް ވެފައިވާއިރު، ތަފާސް ހިސާބުތައް ދައްކާ ގޮތުން ޔޫރަޕާއި، އުތުރު އެމެރިކާ، އުތުރު އެފްރިކާ އަދި މެދުއިރުމައްޗަށް މުދާ އެކްސްޕޯޓް ކުރާ މުދަލުގެ 50 އިންސައްތަ ހިއްސާވަނީ އިންޑިއާ އެވެ. އެއީ 18 ޓްރިލިއަން އިންޑިއަން ރުޕީސް (217 ބިލިއަން ޑޮލަރު) އެވެ.

ނިއު ދިއްލީގެ ތިންކް ޓޭންކެއް ކަމަށްވާ ރިސާޗް އެންޑް އިންފޮމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސްގެ ޑިރެކްޓަރު ސަޗިން ޗަތުރުވޭދީ ވިދާޅުވީ، އިންޑިއާއިން އެކްސްޕޯޓްކުރާ ޝިޕްމަންޓްތައް މިހާރު އަންނަނީ 21 އާއި 28 ދެމެދުގެ ދުވަސް ލަސްވަމުން ކަމަށާއި، މިހާރު އޮތް ހާލަތުން މި އަހަރުގެ މާޗު މަސް ނިމޭއިރު 30 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އޯލް އިންޑިއާ މީޓް އެންޑް ލައިވް ސްޓޮކް އެކްސްޕޯޓާސް އެސޯސިއޭޝަނުގެ ސްޕޯކްސްޕާސަން ވިދާޅުވީ، ޝިޕްމަންޓްތަކުގެ ފްރެއިޓް ކޯސްޓްތައް ތިން ގުނަ އިތުރުވެފައިވާ ކަމަށާއި، އަދި ޝިޕްމަންޓްތައް ދެތިން ހަފްތާ ޑިލޭވަމުން އަންނަ ކަމަށެވެ.

ނަމަވެސް އިންޑިއާގެ މިނިސްޓާ އޮފް ކެމިކަލްސް އެންޑް ފާޓިލައިޒާސް ވިދާޅުވީ، އެ ގައުމުގައި ފުޑް ސެކިއުރިޓީއަށް މިވަގުތު އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ބޭނުންވާ ވަރަށް ރިޒާވް އެބަ ހުރި ކަމަށެވެ.

އިންޑިއާގެ ވިޔަފާރިތަކަށް ދިމާވެފައި ސީދާ ގެއްލުން ކަށަވަރު ވެގެންދާނީ މި ހިނގާ ފެބްރުއަރީ މަހުގެ މެދު ތެރޭގައި އެ ގައުމުން ހާމަކުރާ ޖެނުއަރީ މަހުގެ އިމްޕޯޓް އަދި އެކްސްޕޯޓްގެ ތަފާސްހިސާބުންނެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ރައްދު ދިނުމުގެ ގޮތުން ހޫތީން ރަތް ކަނޑުގައި ކާގޯ ޝިޕްތަކަށް މިސައިލް އަދި ޑްރޯން އެޓޭކްތައް ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އިޒްރޭލުން ދަތުރު ފެށި ބޯޓަކަށް ބޮމުގެ އިންޒާރެއް

އިޒްރޭލުގެ ތެލް އަވީވުން ފުރައިގެން އޮސްޓްރިއާއަށް ދަތުރުކުރި ފްލައިޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ބަލްގޭރިއާގެ ސޯފިއާއަށް އެ ބޯޓު ކުއްލި ހާލަތުގައި ޖައްސައިފިއެވެ. 57 މީހުންނާއެކު ދަތުރުކުރި މި ބޯޓު ސޯފިއާއަށް ޖައްސަންދެން ބަލްގޭރިއާގެ އަސްކަރީ ފައިޓާ ޖެޓުތަކުން ވަނީ އެ ފްލައިޓަށް އެސްކޯޓް ދީފައެވެ.

ހޮރްމޫޒް ހުޅުވާލުމަށް އީރާނުގެ ހުށަހެޅުން އަދިވެސް އެބަ އޮތް

ހޮރްމޫޒް ކަނޑުއޮޅި ހަތް ދުވަހުގެ ތެރޭގައި ހުޅުވާލުމަށް އެމެރިކާއަށް ހުށަހެޅި ހުށަހެޅުން އަދިވެސް އެގޮތުގައި އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި ހުށަހެޅުމުގައި އީރާނުގެ ތެޔޮ އެކްސްޕޯޓަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުން ފަދަ ޝަރުތުތަކެއް ހިމެނޭއިރު، އެމެރިކާގެ އިޚުލާސްތެރިކަމެއް ނެތުމުން މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން މި ޝަރުތުތައް ގަބޫލުކޮށްފި ނަމަ ވަރަށް އަވަހަށް ކަނޑުއޮޅި ހުޅުވާލެވޭނެއެވެ.

އިޒްރޭލު އިންތިހާބުގައި ނަތަންޔާހޫއަށް ޓްރަމްޕްގެ ފުރިހަމަ ތާއީދު

އަންނަ ހަފުތާގައި ބާއްވާ އިޒްރޭލުގެ އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ތާއީދު އިއުލާންކުރައްވައިފިއެވެ. ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައި ނަމަވެސް، އިޒްރޭލުގެ ރައްޔިތުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު ކުޑަވުމުގެ ސަބަބުން މި ތާއީދުން ނަތަންޔާހޫއަށް ކުރިއެރުމެއް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

ދަރިވަރުންގެ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ބޭނުންކޮށްފި

އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޫސްވެރިންނާއި ބައެއް ދަރިވަރުންނަށް ވަނީ އަނިޔާވެފައެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިންދޫ ފެސްޓިވަލެއްގެ ތެރޭގައި ފިތިގެން 17 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަޓާގައި ބޭއްވި "ދުރުގާ ޕޫޖާ" ފެސްޓިވަލްގެ ތެރޭގައި، ބޯކޮށް ވާރޭވެހި މީހުން ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި 17 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox