ޖޫރިމަނާ ނުދެއްކުމުން އީޕީއޭއިން އެފްކޮންސްގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

ތިލަމާލެ ބުރިޖު އޭޅުމުގެ މަސައްކަތް ކުރާ އެފްކޯންސްގެ ޕްލެޓުފޯމެއް. ކަނޑުގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން އެ ކުންފުނީގެ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ފަރަށް ލިބިފައިވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ތިލަމާލެ ބުރިޖު އޭޅުމުގެ މަސައްކަތް ކުރާ އެފްކޯންސްގެ ޕްލެޓުފޯމެއް. ކަނޑުގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން އެ ކުންފުނީގެ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ފަރަށް ލިބިފައިވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަން އެފްކޮންސްއިން ގެންގުޅުނު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ ކުންފުނިން ދައްކަންޖެހޭ ޖޫރިމަނާ ދައްކައިފައި ނުވާތީ، އެ މައްސަލަ ކޯޓަށް ހުށަހަޅަށް އީޕީއޭއިން ނިންމައިފި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް، އިބްރާހީމް ނައީމް މިއަދު 'އަދަދު' އަށް ވިދާޅުވީ ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމްގެ މައްސަލައިގައި އެފްކޮންސްއިން އެ އޭޖެންސީއަށް ދައްކަންޖެހޭ 69.4 މިލިއަން ރުފިޔާ މިހާތަނަށް ދައްކައިފައި ނުވާ ކަމަށެވެ.

އަދި އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ނައީމް ކަށަވަރުކޮށްދެއްވި އެވެ.

"ޖޫރިމަނާ ދައްކާފައެއް ނެތް އަދިވެސް. އެހެންވެ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން،" ނައީމް ފާހަގަކުރެއްވި އެވެ.

ތިލަމާލެ ބުރިޖު އެޅުމަށް ވިލިނގިއްޔާއި މާލެއާ ދެމެދު އަޅާފައި އޮތް އެފްކޮންސްގެ "ޔުވްރާޖް" ޕުލެޓުފޯމުގެ ނަގިޔައްޔަށް ދިމާވި މައްސަލައަކާ ގުޅިގެން ވިލިމާލެ ފަރަށް އެ ޕުލެޓުފޯމު އެރީ އޯގަސްޓު، 2022ގަ އެވެ. ފަރަށް އެރިތާ 12 ދުވަސް ފަހުން ފުން ޕުލެޓުފޯމު ފުން ކުރިއިރު، ވިލިމާލެ ފަރުގައި 10 ފޫޓުގެ ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައި ހުއްޓެވެ.

އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށްފަހު އީޕީއޭއިން އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި އެެވެ. ނަމަވެސް އެ ކުންފުނިން ވަނީ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް އެދި އެންވަރަމަންޓު މިނިސްޓަރީގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. އަދި ޖޫރިމަނާ މުރާޖާކޮށްދިނުމަށް އެދި ތިމާވެއްޓާ ބެހޭ މިނިސްޓަރަަށް ހުށަހެޅުމުން އޭރުގެ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ޖޫރިމަނާއަށް ލުއި ނުދޭން ނިންމަވާފަ އެވެ.

ޖޫރިމަނާގެ އަމުރަށް އަމަލު ކުރުން ފަސްކޮށްދޭން އެދިި އެފްކޮންސްއިން ވަނީ ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރެއް ނުދިނުމަށެވެ.

އެފްކޮންސްއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ އެ ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ އެ ކުންފުނީގެ އިހުމާލަކާ ނުލައި، އެ ކުންފުންޏަށް ބާރު ނުފޯރުވޭ ފަދަ ބިޔަ ރާޅުތަކެއްގެ ސަބަބުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox