ބިސް ބުރު ޓީމު ހަމަނުވުމުން މެޗު ވިކްޓަރީ އަށް ލިބިއްޖެ

Jan 30, 2024, 1:08 PM
މި ފަހަރުގެ ދެ ވަަނަ ޑިވިޝަން ފުޓްބޯޅަ މުބާރާުތުގައި ވިކްޓަރީގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު އުމެއިރު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި ފަހަރުގެ ދެ ވަަނަ ޑިވިޝަން ފުޓްބޯޅަ މުބާރާުތުގައި ވިކްޓަރީގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު އުމެއިރު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް މެޗަށް ބިސް ބުރު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން މެޗު ކުޅެވޭ ވަރަށް ދަނޑަށް ހާޒިރު ނުވުމުން މެޗު ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލިބިއްޖެ އެވެ.

މިއީ، މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޓީމެއް ހަމަނުވެގެން މެޗު އިދިކޮޅު ޓީމަށް ލިބުނު ދެ ވަނަ ފަަހަރެވެ. މީގެ ކުރިން، ކްލަބް ޓީނޭޖް މެޗަށް ހާޒިރުނުވާތީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ މެޗުގެ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ލިބިފަ އެވެ. އެފްއޭއެމް އިން މި މައްސަލައިގައި ނިންމާފައިވަނީ، ޓީނޭޖް، 30،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.

ބިސް ބުރަށް މިއަދުގެ މެޗަށް ޓީމު ހަމަނުވުމުން، ވިކްޓަރީ އަށް ވެސް ތިން ޕޮއިންޓް ލިބޭނެ އެވެ. އެއާ އެކު، ވިކްޓަރީން މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕްގެ ސީގެ މެޗުތައް ނިންމާލާފައިިމިވަނީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިފަ އެވެ.

މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު، ލެގޫންސް ސްޕޯޓްސް ކްލަބް އެވެ. ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ކްލަބް ޕީކޭ އެވެ. ހަަތަރު ވަނައިގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކްލަބަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ދެ ވަނަ ކަނޑައެޅޭނީ ލޮރެންޒޯ އާއި ލެގޫންސް ކުޅޭ މެޗުންނެވެ.

މި ގްރޫޕްގެ ފުލަށް ދިޔައީ ހަތަރު މެޗުން ވެސް ބަލިވި ބިސް ބުރު އެވެ.

ވިކްޓަރީގެ އިތުރުން، މި ފަހަރުގެ އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވަނީ، ނިއު ރޭޑިއަންޓް، ޓެންޓް ސްޕޯޓްސް ކްލަބް، މަސް އޮޑި ސްޕޯޓްސް ކްލަބް އަދި ކުޑަހެންވޭރު ޔުނައިޓެޑް އެވެ.

ފަނަރަ ޓީމު ވާދަކުރާ މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނީ ތިން ގްރޫޕުން ވެސް ގަދަ ދެ ޓީމުގެ އިތުރުން، އެ ތިން ގްރޫޕްގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox