ހުލާސާކޮށް އިއްޔެ: ރުހުން ދިނުމުގެ ޖަލްސާ ހުއްޓުވުމަށް ފަހު މެމްބަރުން ރައީސް އޮފީހަށް

Jan 29, 2024, 3:07 AM
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުން ރޭ ރައީސް އޮފީހަށް ވަޑައިގަންނަވަނީ. މިނިސްޓަރުންނަށް ރުހުން ދިނުމަށް އިއްޔެ ބާއްވަން އުޅުނު ޖަލްސާ ރޭ 11:00 ހަމަށް ދިޔައިރު ވެސް ބޭއްވުމުގެ ފުރުސަތު ސަރުކާރުގެ މެމްބަރުން ނުދިން. -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުން ރޭ ރައީސް އޮފީހަށް ވަޑައިގަންނަވަނީ. މިނިސްޓަރުންނަށް ރުހުން ދިނުމަށް އިއްޔެ ބާއްވަން އުޅުނު ޖަލްސާ ރޭ 11:00 ހަމަށް ދިޔައިރު ވެސް ބޭއްވުމުގެ ފުރުސަތު ސަރުކާރުގެ މެމްބަރުން ނުދިން. -- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބާއްވަން އެޖެންޑާކޮށް ފެށި ޖަލްސާ ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ތާއިދުކުރާ މެމްބަރުން ހުރަސް އަޅައި، ޖަލްސާ ހުއްޓުވުމަށް ފަހު ރޭ ދަންވަރު ރައީސް އޮފީހަށް ވަޑައިގަތެވެ.

އޭގެ ތެރެއިން ބައެއް މެމްބަރުން އަދަދު ނޫހަށް ވިދާޅުވީ އެ ބޭފުޅުން ވަޑައިގަތީ ރައީސް މުއިއްޒު ވިދާޅުވިގެން އެ މަނިކުފާނާ ބައްދަލު ކުރެއްވުމަށެވެ.

Advertisement

ނަމަވެސް ބައްދަލު ކުރައްވަނީ ކޮން ބޭފުޅަކާ ކަމަށް ރޭ އެ ބޭފުޅުން ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅުމަށްޓަކައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، މައިކްތައް ނެގިއިރު، އެމްޑީޕީގައި ކުރިން އުޅުއްވި އަދި މިހާރު ޕީއެންސީ އަށް ބަދަލުވެފައިވާ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ބައެއް މެމްބަރުންނާ ދެމެދު މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގި އެވެ.

އެންމެ ބޮޑު މާރާމާރީއެއް ހިންގީ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއާ ދެމެދު އެވެ.

އިއްޔެ ހެނދުނު ޖަލްސާ ފެށުނު ފަހުން ނިމެންދެން ސަރުކާރުގެ މެމްބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށްޓަކައި އަޑުގަދަކޮށް ރިޔާސަތަށް ހުރަސް އަޅައި ހެދިއިރު، ސަރުކާރުގެ އިސް ވަޒީރާއި ބައެއް މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދިޔައީ މަޖިލީހުގެ ބޭރުގައި މުޒާހަރާ ކުރަމުންނެވެ.

ބައެއް ގްރޫޕުތަކުން ވެސް ފަހުން އެ މުޒާހަރާގައި ބައިވެރިވި އެވެ.

މުޒާހަރާގެ ތެރެއިން މަޖިލީހުގެ ގޯތިތެރެއަށް ގާ އުކި ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. އަދި މަޖިލީހަށް ހާޒިރުވި ބައެއް މެމްބަރުންނަށް މުޒާހަރާގެ ތެރެއިން ހަމަލާ ދީފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox