ނައީމާ މަރާލި މައްސަލާގައި މިއަދު ބާއްވަން އޮތް ޝަރީއަތް ކެންސަލް

މަނަދޫގައި ނައީމާ ދިރިއުޅެމުން ދިޔަ ގެ : ނައީމާ މަރާލި މައްސަލާގައި މިއަދު ބާއްވަން އޮތް ޝަރީއަތް ކެންސަލްކޮށްފި - ފޮޓޯ: އަދަދު

މަނަދޫގައި ނައީމާ ދިރިއުޅެމުން ދިޔަ ގެ : ނައީމާ މަރާލި މައްސަލާގައި މިއަދު ބާއްވަން އޮތް ޝަރީއަތް ކެންސަލްކޮށްފި - ފޮޓޯ: އަދަދު

މިދިޔަ އޭޕްރީލް 7، ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ (ނައީމާއްތަ) މަރާއި ގުޅިގެން ބާއްވާ ފުރަތަމަ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދު ތާވަލުކޮށްފައި އޮތީ ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވިގެން ދައުވާކުރި ތިން މީހުންގެ ތެރެއިން އެކެއް ކަމަށްވާ، ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް، 21، ގެ އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަދު ނުވައެއް ޖަހާއިރު ބާއްވަން އޮތް ނައީމާގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކުރީ ކަރެކްޝަނުން މީހުން އުފުލުމަށް ބޭނުންކުރާ ލޯންޗު ހަލާކުވުމުގެ ސަބަބުން ކަމަށެވެ.

ނައީމާއި މަރާއި ގުޅިގެން އިތުރު ދެމީހެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، 23 އާއި، ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، 21 އެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރަނީ، ނައީމާ މަރާލަން ބޭނުންކުރި ވަޅިއާއި އެހެން ތަކެތި އެ ރަށު ނާމަގު ސަރަހައްދުގައި ވަޅެއް ކޮނެ، އަންދާ އެ ތަކެތި ނައްތާލުމަށް މަސައްކަތް ކުރުމާ ގުޅިގެންނެވެ. އެ މީހުން މަސައްކަތް ކުރީ ހެކި ނައްތާލުމަށް ކަމަށް ޕީޖީ ހުސައިން ޝަމީމު މީގެ ކުރިން ވިދާޅުވި އެވެ.

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ކުރަނީ، ނައިމާ މަރާލުމަށްފަހު އޭނާ ދިރިއުޅުނު ގޭގެ ދޮރު ތަޅުލުމުގެ ސަބަބުން، އޭނާގެ ހަށިގަނޑު އާއިލާއަށް ނުފެނި 40 ގަޑިއިރު ހޭދަވުމުން ކަމަށްވެސް ޝަމީމު ވިދާޅުވި އެވެ.

މި ތިން މީހުންގެ މައްޗަށް ދައުވާކުރި ނަމަވެސް، ނައީމާ މަރާލީ ކޮން ސަބަބަކާ ހުރެ ކަމެއް މިވަގުތާ ހަމައަށް ތަހުގީގަށް ސާފުވެފައި ނުވާކަންވެސް ޝަމީމު ވަނީ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ތަހުގީގުން ސައިންޓިފިކް ހެކިތަކާއި އިތުރު ހެކި ލިބިފައިވާ ކަމަށާއި އެ ހެކިތައް ޝަރީއަތުގައި ހުށަހަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އަހުޒަމް އަބްދުލްޝަކޫރު ހައްޔަރުކޮށްފައި ހުއްޓައި އޭނާ މަރުގެ މައްސަލައިގައި އެއްބަސްވެ ތަހުގީގަށް މައުލޫމާތު ދީފަ އެވެ. ފަވާޒު އާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ. ނައީމާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.

ފުލުހުން މީގެ ކުރިން ބުނީ ނައީމާގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވަން ލަސްވީ, ޑީއެންއޭ ރިޕޯޓުތައް ފުރިހަމަ ނުވެގެން ކަމަށެވެ. ނައީމާ މަރާލި މައްސަލާގައި ބަޔަކު ހައްޔަރުކުރީ އެކަން ހިނގިތާ ދޮޅު މަހެއް ފަހުންނެވެ.

އަދި މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން (ދައުވާ ކުރުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާ ކުރުން) ފެށިތާ ވެސް ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ނައީމާ މަރުވި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox