ބަޔާނުން އެއް ވަނައިގައި އޮތް ލެވަކޫސަނާ ފަރަގުކުޑަކޮށްފި

Jan 25, 2024, 1:36 AM
ބަޔާނުން އެއް ވަނައިގައި އޮތް ލެވަކޫސަނާ ފަރަގުކުޑަކޮށްފި

މިއުނިކް (ޖެނުއަރީ 25) - ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ރޭ 1-0 އިން ޔޫނިއަން ބާލިން ބަލިކޮށް، ލީގުގެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.

މި މެޗުން ބަޔާން މޮޅުވުމާ އެކު، ލެވަކޫސަން މި ވަގުތު ލީގު ތާވަލުގެ ކުރީގައި އޮތީ، ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މެޗަކުން ބަލިނުވެ، އެންމެ ކުރީގައި ލެވަކޫސަން އޮތީ 18 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. ބަޔާނުން ދެ ވަނައިގައި އޮތީ 18 މެޗުން 44 ޕޮއިންޓާ އެކު އެވެ.

އެންމެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވާޑާ ބްރެމަން އަތުން ބަލިވެފައި އޮތުމުން، މި މެޗަށް ނުކުތްއިރު ބަޔާނަށް ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް އޮތެވެ. އެ ޕްރެޝަރުގައި ކުޅެން ޖެހުމާއި ފުރަތަމަ ހާފުގައި ޔޫނިއަން ބާލިން ރަނގަޅު ކުޅުމެއް ދެއްކުމުން، ބަޔާނަށް ލީޑެއް ނެގުން ވީ އުނދަގޫ ކަމަކަށެެވެ.

އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 30 ސިކުންތު ތެރޭގައި ބަޔާނުން ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖަހައިފަ އެވެ. ބަޔާންގެ ފޯވާޑް، ހެރީ ކޭން ކުރި އެޓޭކެއްގައި ދަނޑީގައި ޖެހިފައި އައި ބޯޅައެއް ހޯދައި، ރަފައެލް ގަރޭރޯ ވަނީ ބަޔާންގެ ގޯލު ޖަހައިފަ އެވެ.

މި މެޗުގައި ބަޔާނުން ދެ ވަނަ ގޯލެއް ވެސް ޖެހި އެވެ. އެކަމަކު، ކޭން ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، ބަލައިނުގަންނަން ނިންމީ، އެޓޭކްގައި ބައިވެރިވި ލެރޯއި ސާނޭ އޮފްސައިޑް ކަމަށްވާތީ އެވެ. މިއީ ލީގުގައި ރެކޯޑް އަދަދަކަށް ގޯލު ޖަހަމުން އަންނަ ކޭން އަށް ލީގުގައި ގޯލެއް ނުޖެހި ނިންމާލި ފަސް ވަނަ މެޗެެވެ.

ސާނޭ އަށް ހަމަލާދޭން އުޅުމުން މި މެޗުގައި ޔޫނިއަން ބާލިންގެ ކޯޗު، ނެނަދު ބިޖެލިކާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާގައި ލޯން ޑީލެއްގެ ދަށުން ބަޔާނަށް ގެނައި، ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ޑިފެންޑަރު، އެރިކް ޑަޔާ ވަނީ މި މެޗުގައި ކުޅެފަ އެވެ. އޭނާ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox