ޓީރެކްސް އިން ކިންގްސް ބަލިކޮށް ފެއަށް ޖެހިލައިފި

Jan 23, 2024, 3:57 AM
ކިންގްސް އާއި ޓީރެކްސް ރޭ ކުޅުނު މެޗުގެ ތެރެެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ ސިޑިބަރި /ބާސްކެޓު

ކިންގްސް އާއި ޓީރެކްސް ރޭ ކުޅުނު މެޗުގެ ތެރެެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ ސިޑިބަރި /ބާސްކެޓު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުން، ކިންގްސް ބާސްކެޓްބޯލް ކްލަބްގެ މައްޗަށް ކުރިހޯދައި، ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ލީގުގެ ރޭހުގައި ކުރިހޯދައިފި އެވެ.

ޓީރެކްސް އިން މި ވަނީ ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އެ ޓީމުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. ލީގު ޗެމްޕިއަންކަން ކަނޑައެޅޭ ކުރިމަތިލުމެއްގެ ގޮތުގައި ބެލެވޭ މެޗުން ރޭ ކިންގްސްގެ މައްޗަށް ޓީރެކްސް އިން ކުރިހޯދީ 79-61 އިންްނެވެ.

ރޭ ކުޅުނު ދެ ވަނަ މެޗުން، ރެޕްޓާސް ބާސްކެޓްބޯލް ކްލަބުން ވަނީ 97-27 އިން ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ބަލިކޮށްފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރު ވާންކޮށް ދިޔައިރު، ދެ ވަނަ ކުއާޓަރުގައި ޓީރެކްސް އިން ވަނީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް ހިފައި ފަރަގުބޮޑުކޮށްފަ އެވެ. އެ ގޮތުން، ދެ ވަނަ ކުއާޓަރުގެ އެކަނި ސްކޯ އަށް ބަލާއިރު، ޓީރެކްސް އިން ވަނީ ނުވަ ޕޮއިންޓުގެ ފަރަގެއް ބާއްވައިފަ އެވެ. ތިން ވަނަ ކުއާޓަރުގައި ވެސް އެ ފޯމުގައި ޓީރެކްސް ދެމެހެއްޓި އެެވެ.

ފަހު ކުއާޓަރުގައި ޓީރެކްސް އަތުގައި ރަނގަޅު ލީޑެއް އޮތުމުން، މެޗު ނިމެން ދިޔައިރު، އެ ޓީމުން ގޭމް މެނޭޖްކުރުމުގެ ވިސްނުމުގައި ކުޅުނުއިރު، ކިންގްސް އިން ވަނީ ޕޮއިންޓްތަކެއް ސްކޯކޮށްފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ޓީރެކްސްގެ ޒަބީ އާއި ކެޕްޓަން ވިލްދާން.--- ފޮޓޯ: މުހައްމަދު ޝާބިން/ ސިޑިބަރި/ ބާސްކެޓު

މެޗުގެ ޕޮއިންޓް ސްކޯރިން އަށް ބަލާއިރު، އެންމެ ރަނގަޅީ، ޓީރެކްސްގެ އަހުމަދު ފިރާޝް އެވެ. އޭނާ ވަނީ 22 ޕޮއިންޓް އެއްކޮށްފަ އެވެ. އެ ޓީމުގެ ކެޕްޓަން، އިސްމާއިލް ވިލްދާން ވަނީ 11 ޕޮއިންޓް ސްކޯކޮށްފަ އެވެ. މެޗުގެ މުހިންމު ވަގުތުތަކުގައި ޓީރެކްސްގެ މުހައްމަދު ހުވައިލިދު އަލީ (ހުވޭ)، އަހުމަދު ޒަބީރު (ޒަބީ) އާއި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އާއި މުހައްމަދު ސަމޫހު ވެސް ރަނގަޅު ޕޮއިންޓުތަކެއް ހޯދި އެވެ. މީގެ ތެރެއިން ހުވޭ 12 ޕޮއިންޓް ހޯދިއިރު، ސަމޫހު ވަނީ 11 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ކިންގްސް އަށް ބަލާއިރު، ޓީމުގެ ކެޕްޓަން، އަބްދުﷲ އަމްޒަރު މުހައްމަދު ވަނީ 12 ޕޮއިންޓް ސްކޯކޮށްފަ އެވެ. އަދި ހަމަ އެ އަދަދަށް އެ ޓީމުގެ، އިބްރާހިމް ނަސީމް ވެސް ޕޮއިންޓް ސްކޯކުރި އެވެ.

ލީގުގައި މިރޭ ފުރަތަމަ އޮތީ ފިރިހެން ޑިވިޝަނުގައި ރޯޔަލް ބާސްކެޓްބޯލް ކްލަބް އާއި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް ކުޅޭ މެޗެވެ.

މިރޭ، ދެން ކުޅޭނީ، އަންހެން ޑިވިޝަނުގެ ކުރީގައި އޮތް ކުއީންސް ބާސްކެޓްބޯލް ކްލަބް އާއި ލަޔަނެސް ސްޕޯޓްސް ކްލަބް އެވެ. ފުރަތަމަ މެޗު ހަތެއް ޖަހާއިރު ފަށާއިރު، ދެ ވަނަ މެޗު ފަށާނީ 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox