ފީފާ އާއި އޭއެފްސީ އިން އިންތިހާބު ހުއްޓުވުމާ އެކު އެފްއޭއެމުން ގޮތެއް ނިންމަނީ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާ އަވަސް އިންތިހާބެއް ބާއްވަން ކުރާ މަސައްކަތުގައި އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައި.--- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާ އަވަސް އިންތިހާބެއް ބާއްވަން ކުރާ މަސައްކަތުގައި އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައި.--- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭޝިއާގެ ފުޓްބޯޅަ ހިންގުމުގެ އިސް ފަރާތް، އޭއެފްސީން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ހުއްޓުވުމާ އެކު، ދެން ކުރިއަށްދާނެ ގޮތެއް ތިން ދުވަސް ފަހުން ބާއްވާ އެފްއޭއެމް އެކްސްކޯ ބައްދަލުވުމުގައި ނިންމާނެ ކަމަށް ބުނެފި އެވެ.

މި މަހު 31 ވަނަ ދުވަހު ބާއްވަން އެފްއޭއެމް އިން މަސައްކަތް ކުރި އިންތިހާބު ކެންސަލްކުރަން ފީފާ އާއި އޭއެފްސީން އަންގާފައިވަނީ، އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށް، އިލެކްޓޯރަލް ކޮމިޓީ އަކާއި އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް އެކުލަވާލާފައިނުވާތީ އެވެ. އެކަން އެނގިގެން ދިޔައީ، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ހުށަހެޅި، އެފްއޭއެމްގެ ކުރީގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ބާތިލްކުރަން ނިންމުމުން، އޭނާ އެޕީލަށް ހުށަހެޅި ހިސާބުންނެވެ.

ތޯރިގު، އެޕީލަށް ހުށަހެޅި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެޕީލާ މެދު ގޮތެއް ނުނިންމުނީ، އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވެސް އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް އެކުލަވާލާފައިނުވާތީ އެވެ. އަދި އެކުލަވާލާފައި އޮތް އިލެކްޓޯރަލް ކޮމިޓީ ވެސް ސައްހަ ނޫން ކަން އެނގުމާ އެކު، ތޯރިގު ވަނީ ފީފާ/އޭއެފްސީ އަށް މި މައްސަލަތައް ހުށަހަޅައިފަ އެވެ.

އެ އަށް ފަހު، އެފްއޭއެމް އިން ވެސް ވަނީ އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމާ އެކު، މި ކަމުގައި އަމަލުކުރާނެ ގޮތެއްގެ ލަފަޔަކަށް އޭއެފްސީ އާއި ފީފާގެ ކިބައިން އެދިފަ އެވެ.

ފީފާގެ ޖަވާބު މިއަދު އައިއިރު، އަންގާފައިވަނީ، މިހާރު އިއުލާނުކޮށްފައިވާ އިންތިހާބުގެ ކަންކަން ކެންސަލްކުރުމަށާއި އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އިންތިހާބު ކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކޮންގްރެސް އެއް ބޭއްވުމަށެވެ. އަދި މި ކޮމިޓީތަކަށް އިންތިހާބު ކުރެވޭ ފަރާތްތަކަކީ، އެފްއޭއެމް އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ބަޔަކު ކަމުގައި ކަށަވަރުކުރުމެވެ.

އެފްއޭއެމް އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑާ އެއްގޮތަށް ވާގޮތަށް އާ އިންތިހާބަކަށް ގޮވާލުމަށް ވެސް ފީފާ އިން ވަނީ އަންގައިފަ އެވެ.

ފީފާގެ ރައީސް އިންފަންޓީނޯ (ކ)، އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން.

އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނުގައި ދެން، ބުނެފައިވަނީ، ފީފާ އާއި އޭއެފްސީއާ އެކު އެފްއޭއެމް އިން ކުރި މަޝްވަރާތަކާ ގުޅޭގޮތުން، ކަންތައްތަކެއް ނިންމަން މި މަހު 25 ވަނަ ދުވަހު އެފްއޭއެމް އިން އެކްސްކޯ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

"މި އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި އެފްއޭއެމް ކޮންގްރެސް އާއި އެފްއޭއެމް އިންތިހާބާ ބެހޭގޮތުން މި އެސޯސިއޭޝަންގެ ފަރާތުން ނިންމާ ގޮތެއް އަންގާ އިއުލާނު ކުރާނެ ވާހަކަ ދަންނަވަމެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.

އެފްއޭއެމްގެ މި ބަޔާނާ ގުޅޭގޮތުން މީޑިއާ އިން ސުވާލުކުރުމުން، އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ ޖައުޝަން ޝަރީފް ވިދާޅުވީ، ފީފާ އާއި އޭއެފްސީގެ އެންގުމަކާ ހިލާފުނުވެވޭނެ ކަމަށާއި ކުރިއަށް ދާނެ ގޮތެއް ނިންމަނީ މިހާރު އިއުލާނުކޮށްފައިވާ އިންތިހާބާ ބެހޭގޮތުން ނޫން ކަމަށެވެ. އަދި ކަންތައްތަކެއް ނިންމަން ޖެހެނީ ކުރިއަށް ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ކަމަށް ޖައުޝަން ވިދާޅުވި އެވެ.

ތޯރިގުގެ އިތުރުން އެފްއޭއެމް އިންތިހާބަށް ވާދަކުރަން ކެންޑިޑެސީ ހުށަހަޅާފައިވަނީ ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް އިތުރު ދައުރަކަށް ކުރިމަތިނުލާން ނިންމަވާފައިވާއިރު، އެ އެސޯސިއޭޝަނުން އަވަސް އިންތިހާބަކަށް ގޮވާލީ، ބައްސާމް އިސްކޮށް ހިމެނޭ ގޮތަށް އޭނާގެ ލީޑަޝިޕާ މެދު ޖިނާއީ ތަހުގީގެއް ހިނގަމުން ދަނިކޮށެވެ. އެއީ، އެފްއޭއެމަށް ލިބޭ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ މައްސަލައިގަ އެވެ.

ބައްސާމްގެ އެކްސްކޯގައި ހިމެނޭ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދިނުމާ އެކު، އެފްއޭއެމްގެ ރައީސްގެ މަގާމުން އޭނާ އަށް ގެއްލުނު ހާލަތެއް ވެސް ކުރިމަތިވި އެވެ. އެކަމަކު، އެފްއޭއެމް އިން ބުނީ، އެފްއޭއެމް އަސާސީ ގަވާއިދުގައި ބުނާ ސައްހަ އަދަދު ހަމަވާތީ، ރައީސަކަށް ބައްސާމަށް ހުރެވޭނެ ކަމަށެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިސްނަގައި، 10 ކްލަބްގެ ތާއީދާ އެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ވެސް އޮތީ ހުށަހަޅައިފަ އެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ގޮވާލައި މާޒިޔާ އިން ފާހަގަކޮށްފައިވާ ކަންކަމަކީ، އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަން އަސާސީ ގަވާއިދު ލާޒިމް ކުރާ ކޮމިޓީތައް ނެތުމާއި، އުސޫލާޚިލާފަށް ބައެއް ކޮމިޓީތައް އެކުލަވާލެވިފައިވާތީއާއި ،ބައެއް މީހުން އިސްތިއުފާދީފައިވާތީއާ އެކު، އެ އިދާރާ މުއައްސަސާއެއްގެ ގޮތުގައި ހިންގަން ހުންނަންޖެހޭ ކޮމިޓީތައް އެކުލަވާލުމަށްޓަކައި އެކަށީގެންވާ ތާއީދާ އެކު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދޭ ކަމަށެވެ.

މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ސޮއިކުރައްވާ އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ގޮވާލާފައިވާ މި މަސައްކަތަށް ތާއީދުކޮށްފައިވާ ކްލަބްތަކަކީ، މާޒިޔާގެ އިތުރުން، ކްލަބް ވެލެންސިއާ، ކުޑަހެންވޭރު ޔުނައިޓެޑް، ޓީސީ ސްޕޯޓްސް ކްލަބް، އެލްޓީ ސްޕޯޓްސް ކްލަބް، ބީޖީ ސްޕޯޓްސް ކްލަބް، ޓެންޓް ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސީބީއެލް ސްޕޯޓްސް އެވެ.

އެފްއޭއެމް އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވެސް ވަނީ އަންގައިފަ އެވެ. އެކަމަކު، އެ އަށް ބެލުމެއް ނެތި އެފްއޭއެމް އިން އައީ، އިންތިހާބުގެ މަސައްކަތް ކުރަމުންނެވެ. އެއީ، އޭއެފްސީ އާއި ފީފާގެ ލަފަޔާ އެކު ކަމަށް ބުނެ އެވެ. އެކަމަކު، ފީފާ އާއި އޭއެފްސީން އަންގާފައިވާ ގޮތުން، ދެން އިޖުރާއަތްތައް ފުރިހަމަކޮށް، ކޮންގްރެސް އެއް ބާއްވައިގެން ނޫނީ އެފްއޭއެމް އިންތިހާބުގެ މަސައްކަތެއް ނުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox