ފީފާ އާއި އޭއެފްސީން އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ހުއްޓާލަން އަންގައިފި

ފީފާ އާއި އޭއެފްސީން އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ހުއްޓާލަން އަންގައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މަހު 31 ގައި ބާއްވަން ނިންމާފައި އޮތް، އިންތިހާބުގައި ރައީސް ކަމަށް ވާދަކުރަން ހުށަހެޅި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ބާތިލްކުރަން، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ނިންމިއިރު، އެ ކޮމިޓީ އެކުލަވާލައިފައިވާ ގޮތް ސައްހަ ނޫން ކަމަށް ނިންމައި، ފީފާ އާއި އޭއެފްސީން އެފްއޭއެމް އިންތިހާބުގެ ކަންކަން ހުއްޓާލަން އަންގައިފި އެވެ.

ފީފާ އާއި އޭއެފްސީން މި ގޮތަށް އެންގީ، އެފްއޭއެމް އިންތިހާބު މައްސަލައިގައި ތޯރިގު، އޭއެފްސީ އާއި ފީފާ އަށް މައްސަލަ ހުށަހަޅާފައިވާއިރު، އެފްއޭއެމް އިން ވެސް، އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން މި ކަމުގައި އަމަލުކުރާނެ ނިންމަން، ފީފާ އާއި އޭއެފްސީގެ ލަފަ އަކަށް އެދިފައިވަނިކޮށެވެ.

Advertisement

ތޯރިގު މިއަދު، މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެފްއޭއެމްގެ އިންތިޚާބާ ބެހޭގޮތުން، އޭނާ ކުރި ޝަކުވާގެ ޖަވާބު ފީފާ އަދި އޭއެފްސީން ލިބިފައިވާ ކަމަށެވެ. އަދި އެފްއޭއެމް އިން އޭއެފްސީ އާއި ފީފާގެ ލަފަޔަށް އެދިފައިވާ ކަންކަމުގައި ވެސް ޖަވާބަކީ، އިންތިހާބުގެ ކަންކަން ނިމުމަކަށް ގެނެސް އިޖުރާތާ އެއް ގޮތަށް ކަންކަން ކުރުމެވެ.

އެ ގޮތުން، އެފްއޭއެމްގެ އިންތިޚާބުގެ އިލެކްޓޯރަލް ޕްރޮސެސް ސައްހަ ނޫން ކަމާއި، މިހާރުގެ އިލެކްޓޯރަލް ޕްރޮސެސް ބަލައި ނުގަންނަ ކަމަށް، އޭއެފްސީ އާއި ފީފާ އިން ވެސް އަންގާފައިވެ އެވެ.

އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ ނަގަންޖެހޭނީ އެއް ކޮންގްރެސް އިން ކަމާއި، އިލެކްޓޯރަލް ކޯޑާ އެއްގޮތަށް އެފްއޭއެމް އިން އަމަލުކުރުމަށް ވެސް އޭއެފްސީ އާއި ފީފާގެ އެންގުމުގައިވެ އެވެ.

titledesc

ފީފާ އަދި އޭއެފްސީ އިން އެފްއޭއެމްގެ އިންތިހާބާ ގުޅޭ މި ހުރިހާ ހަރަކާތެއް ގާތުން ބަލަމުންގެންދާނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ.

ތޯރިގުގެ އިތުރުން އެފްއޭއެމް އިންތިހާބަށް ވާދަކުރަން ކެންޑިޑެސީ ހުށަހަޅާފައިވަނީ ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް އިތުރު ދައުރަކަށް ކުރިމަތިނުލާން ނިންމަވާފައިވާއިރު، އެ އެސޯސިއޭޝަނުން އަވަސް އިންތިހާބަކަށް ގޮވާލާފައި މި ވަނީ، ބައްސާމް އިސްކޮށް ހިމެނޭ ގޮތަށް އޭނާގެ ލީޑަޝިޕާ މެދު ޖިނާއީ ތަހުގީގެއް ހިނގަމުން ދަނިކޮށެވެ. އެއީ، އެފްއޭއެމަށް ލިބޭ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ މައްސަލައިގަ އެވެ.

ގަވާއިދާ ހިލާފު ކޮމިޓީއަކުން އެފްއޭއެމް އިންތިހާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީއާ ދެކޮޅަށް، ފީފާ އާއި އޭއެފްސީ އަށް ތޯރިގު މައްސަލަ ހުށަހެޅީ އިލެކްޓޯރަލް ކޮމިޓީން އޭނާގެ ކެންޑިޑެސީ ބާތިލްކުރުމުން، އެ މައްސަލަ އެޕީލް ކުރަން ބެލިއިރު، އިޖުރާތާ އެއްގޮތަށް އެފްއޭއެމް އިން އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް އެކުލަވާލައިފައި ނެތުމުންނެވެ.

އެކަމަކު، ފަހުން ބެލިއިރު، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީ ވެސް އޮތީ އުސޫލާ ހިލާފަށް އިންތިހާބު ކޮށްފައިކަން ވެސް ވަނީ އެނގިފަ އެވެ.

ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރަން ނިންމީ ކިހިނެއް؟

އެފްއޭއެމް އިންތިހާބުގައި، ކޮންމެ ކްލަބަކަށް ތާއީދު އެއް ސިޓީ ދެވޭ ގޮތަށް، އެފްއޭއެމްގެ ފަހުގެ އަސާސީ ގަވާއިދުގައި އޮތްއިރު، ތޯރިގަށް ވެލެންސިއާގެ ތާއީދު ސިޓީ ދިނީ، އެ ކްލަބްގެ ޗެއާމަން، އަބްދުﷲ އަޒްމީން ސޮއިކޮށް، ބޯޑް މެމްބަރުންގެ ރިޒޮލިއުޝަން އެކެވެ. މުފާ އަތުގައި އޮތް ސިޓީ އަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ބޯޑު މެމްބަރުންގެ ތާއީދު ހިމެނޭ ސިޓީ އެކެވެ.

ވެލެންސިއާގެ މި ދެ ތާއީދު ސިޓީގެ މައްސަލައިގައި، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ މި ކަމުގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވަން ގާނޫނީ ލަފަޔަކަށް އޭއެފްސީ ކިބައިން އެދިފަ އެވެ. އެ ލަފާ ހޯދުމަށް ކަނޑައެޅި މުއްދަތަށް ފަހު، އިލެކްޓޯރަލް ކޮމިޓީގައި ނިންމާފައިވަނީ، ވެލެންސިއާ އިން ދިން ދެ ސިޓީ ވެސް ކެންސަލް ކުރުމަށެވެ. އެ ނިންމުމާ އެކު، ތޯރިގު އަތުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބްގެ ތާއީދެވެ. މުފާ އަތުގައި، ފަސް ކްލަބްގެ ތާއީދު އެބައޮތެވެ. ކޮންމެ ކެންޑިޑޭޭޓަކު އަތުގައި ވެސް މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު އޮންނަން އާސާސީ ގަވާއިދު ލާޒިމް ކުރާއިރު، ތޯރިގު އަތުގައި އެ އަދަދަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތާއީދު ނެތުމުން، އޭނާގެ ކެންޑިޑެސީ ވަނީ ސައްހަ ނޫން ކަމަށް، އިލެކްޓޯރަލް ކޮމިޓީން ނިންމައިފަ އެވެ.

އިލެކްޓޯރަލް ކޮމިޓީން އެޕީލް ކުރުމަން ލިބުނު ފުރުސަތުގެ ބޭނުންހިފައި، ތޯރިގު ވަނީ އެޕީލްކޮށްފަ އެވެ. އަދި އެޕީލާ މެދު ގޮތެއް ނިންމުން އޮތީ، އެޕީލް ހުށަހަޅާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތު ހަމަވިއިރު، އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން، ޖަލްސާއެއް ނުބޭއްވި އެފްއޭއެމް އިން ވެސް ޖެހުނީ، މި މައްސަލައިގައި އޭއެފްސީ އާއި ފީފާގެ ލަފަޔަކަށް އަހަައިފަ އެވެ.

އެފްއޭއެމް އިންތިހާބު ފަސްކުރަން ސްޕޯޓްސް ކޮމިޝަނަރު ވެސް އެންގި

އެފްއޭއެމް އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވެސް ވަނީ އަންގައިފަ އެވެ. އެކަމަކު، އެ އަށް ބެލުމެއް ނެތި އެފްއޭއެމް އިން އައީ، އިންތިހާބުގެ މަސައްކަތް ކުރަމުންނެވެ. އެއީ އޭއެފްސީ އާއި ފީފާގެ ލަފަޔާ އެކު ކަމަށް ބުނެ އެވެ. އެކަމަކު، ތޯރިގު ފީފާ އަށް ހުށަހެޅި މި ޝަކުވާގެ ޖަވާބުގައި މި އޮތް ގޮތުން، ދެން އިޖުރާއަތްތައް ފުރިހަމަނުކޮށް އެފްއޭއެމް އިންތިހާބުގެ މަސައްކަތެއް ނުކުރެވޭނެ އެވެ.

އެފްއޭއެމް އިންތިހާބު މައްސަލަައިގައި ވެލެންސިއާ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، އަޒްމީންގެ އިތުބާރު ނެތް ކަމަށް ދެ ފަަހަރެއްގެ މަތިން ވެލެންސިއާގެ ބޯޑް މެމްބަރުންގެ ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށް އެ ކްލަބްގެ އެއް ފެކްޝަނުން ވަނީ ބުނެފަ އެވެ. އަޒްމީންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގައި ފާސްކުރި ދެ ވަނަ ބައްދަލުވުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް އަށް ވެސް ދައުވަތު އެރުވި އެވެ. އެކަމަކު، ޖަލްސާ އަށް ތޮލާލް ހާޒިރެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox