ސަސްޕެންޝަނުން އައި ޓޯނީގެ ގޯލާ އެކު މޮޅުވެ ބްރެންޓްފޯޑަށް ހަމަނޭވައެއް

Jan 21, 2024, 3:09 AM
ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް (ވ) އާއި ޓޯނީ މެޗަށް ފަހު.

ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް (ވ) އާއި ޓޯނީ މެޗަށް ފަހު.

ލަންޑަން (ޖެނުއަރީ 21) - އަށް މަހުގެ ސަސްޕެންޝަނެއްގައި ހުރުމަށް ފަހު އައި ފޯވާޑް އައިވާން ޓޯނީ ޖެހި ގޯލާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އިން 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، ހަތް މެޗަށް ފަހު މޮޅެއް ހޯދައިފި އެވެ.

ބެޓިންގެ 232 ގަވާއިދަކާ ހިލާފުވެގެން، މިދިޔަ މެއި މަހު ސަސްޕެންޑްކުރި ޓޯނީ، 27، އަދަބުން ސަލާމަތްވީ މީގެ ފަސް ދުވަސް ކުރިންނެެވެ. ކުޅުމަށް އެނބުރި އައިތާ 19 މިނިޓް ތެރޭ ޓޯނީ ވަނީ ހިލޭ ޖެހުމަކުން ގޯލެއް ޖަހައި، ބްރެންޓްފޯޑަށް އެއްވަރުކޮށްދީފަ އެވެ. މިއީ 266 ދުވަސް ތެރޭ ޓޯނީ ޖެހި ފުރަތަމަ ގޯލެވެ. އެންމެ ފަހުން ވެސް ޓޯނީ ލަނޑު ޖެހީ ފޮރެސްޓް ކޮޅަށެވެ.

"މިއީ ސަސްޕެންޝަނުގައި އަހަރެން ހޭދަކުރި ކޮންމެ ދުވަހަކު ހެން ދެކުނު ހުވަފެނެއް. އޮތް ޔަގީންކަން ވެސް އެނބުރި އައިސް ގޯލު ޖަހައި، ޓީމު މޮޅުކޮށްދޭން އެހިވާނަމޭ، އެކަން ކުރެވުމުން އިތުބާރު ބޮޑުވެއްޖެ،" ސްކައި ސްޕޯޓްސް އަށް ޓޯނީ ބުންޏެވެ.

Advertisement

ޓޯނީ މި ލަނޑު ޖެހީ، ފޮރެސްޓަށް މެޗުގެ ތިން ވަނަ މިނިޓްގައި ޑަނީލޯ ލީޑުނަގައިދީފައިވަނިކޮށެވެ.

މެޗުގައި ބްރެންޓްފޯޑުން ފުރަތަމަ ފަހަރަށް ލީޑުނެގީ 58 ވަަނަ މިނިޓްގައި ބެން މީ ޖެހި ލަނޑުންނެވެ. ކަލުމް ހަޑްސަން އޮޑޯއި ދިން ބޯޅައަކުން މެޗުގެ 65 ވަަނަ މިނިޓްގައި ކްރިސް ވުޑް ވަނީ ލަނޑެއް ޖަހައި ފޮރެސްޓަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން، ނީލް މޯޕޭ ވަނީ ލަނޑެެއް ޖަހައި، ބްރެންޓްފޯޑް މެޗުން މޮޅުކޮށްދީފަ އެވެ.

މޯޕޭ މި ގޯލު ޖެހީ އަތުން ބޯޅަައިގައި ޖެހުނު ފަހުން ކަމަށް ބުނެ، އެކަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ރަނގަޅަށް ބަލަން ފޮރެސްޓްގެ އޮފިޝަލުން ވަނީ ރެފްރީ އަށް އެޕީލްކޮށްފަ އެވެ. އެކަމަކު، އެ އަށް ރެފްރީގެ މާ ބޮޑު ފަރުވާލެއް ނެތެވެ.

ބްރެންޓްފޯޑް އޮތީ 20 މެޗުން 22 ޕޮއިންޓާ އެކު، ލީގުގެ 14 ވަނައިގަ އެވެ. ފޮރެސްޓުން 21 މެޗު ކުޅުނުއިރު، ލިބުނު 20 ޕޮއިންޓާ އެކު އޮތި ލީގުގެ 16 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox