ޓޯނީ މިނިވަންވެއްޖެ، ދެކެނީ ބޮޑު ކްލަބެއްގެ ހުވަފެން!

Jan 19, 2024, 5:02 AM
ޓޯނީ މިނިވަންވެއްޖެ، ދެކެނީ ބޮޑު ކްލަބެއްގެ ހުވަފެން!

ލަންޑަން (ޖެނުއަރީ 19) - ބެޓިންގެ 232 ގަވާއިދަކާ ހިލާފުވެގެން، މިދިޔަ މެއި މަހު ސަސްޕެންޑްކުރި ބްރެންޓްފޯޑްގެ ފޯވާޑް އައިވާން ޓޯނީ، އަދަބުން މިނިވަން ވެފައިވާއިރު، ކެރިއަރުގައި ބޮޑު ކްލަބަކަށް ކުޅެ ކާމިޔާބީތަކެއްގެ ހުވަފެން ދެކޭ ކަމަށް ބުނެފި އެވެ.

ޓޯނީ، 27، ވަނީ އިނގިރޭސި އެފްއޭގެ ބެޓިން ގަވާއިދާ ހިލާފުވެފައިވާ ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ، އިނގިރޭސި އެފްއޭ އިން ނިންމީ ޓޯނީ ބެޓިން މައްސަލައާ ހިލާފުވެފައިވާ ކަމަށް ފާހަގަވެފައިވާ 232 މައްސަލަ އަށް ބަލައި، އޭނާ އަށް 8 މަހުގެ ސަސްޕެންޝަނެއް ދިނުމުގެ އިތުރުން 50،000 ޕައުންޑް (63،000 ޑޮލަރު) އިން ޖޫރިމަނާ ކުރުމަށެވެ.

މީގެ ދެ ދުވަސް ކުރިން ޓޯނީގެ ސަސްޕެންޝަނުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. މި މަހު ހުޅުވިފައި އޮތް ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި ޓޯނީ އަށް ގިނަ ކްލަބްތަކަކުން ފާރަަލަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި އާސެނަލް ހިމެނެ އެވެ.

Advertisement

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޓޯނީ ވަނީ، ސަސްޕެންޝަނުގައި އޭނާ ހުރި މުއްދަތުގައި، ބްރެންޓްފޯޑުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށް އެ ޓީމަށް ހިދުމަތްތަކެއް ކޮށްދެން ބޭނުންވާ ކަމަށެވެ. އެކަމަކު، ފުޓްބޯޅަ ކެރިއަރުގައި ދާން ބޭނުންވާ މަންޒިލަށް ވާސިލްވާން ކާމިޔާބު ހޯދަން ޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ބޮޑު ކްލަބަކަށް ކުޅުމުގެ ހުވަފެން ވެސް ހަގީގަތަކަށް ހަދައިގެން ކަމަށް ޓޯނީ ވަނީ ބުނެފަ އެވެ.

"ބޮޑު ކްލަބެއްގެ ހުށަހެޅުން ލިބުމުން ނިންމާނެ ނިންމުމަކާ ބެހޭގޮތުން ސީދާ އެއްޗެއް ނުބުނެވޭނެ. އެއީ ކަމެއް ކުރަން ރަނގަޅު ވަގުތަކީ މިއީއޭ ބުނެ ޕްރިޑިކްޓެއް ނުކުރެވޭނެ. އެކަމަކު، ޔަގީންކަމެއް އެބައޮތް، ބޮޑު ކްލަބަކަށް ކުޅުމަށް ދެކޭ ހުވަފެނެއް އެބައޮތް،" ޓޯނީ ބުންޏެވެ.

"ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާނެ ހުރިހާ ތަށްޓަކަށް ވާދަކުރާ ބޮޑު ޓީމަކަށް ކުޅެން. އެ ފަދަ ކްލަބަކަށް ދާނީ ކޮން ވަގުތެއްގައިތޯ ޖެނުއަރީ އަކީ ރަނގަޅު ވަގުތެއްތޯ، ނިންމަން ޖެހޭނީ ކިހާ ފައިސާއެއް ލިބޭ ޑީލެއްތޯ މިއީ ހުސް މި ކަމާ ގުޅިފައި ހުރި އެކި ކަންކަން،"

އިނގިރޭސި އެކި ޑިވިޝަންތަކުގައި ކުޅެފައިވާ ޓޯނީ ވަނީ ގައުމީ ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ. އޭނާ ބުނީ މި ވަގުތު އެންމެ ބޮޑު ފޯކަސް އަކީ ސަސްޕެންޝަނަށް ދިޔައިރު ހުރި ލެވަލަށް ވުރެ ރަނގަޅަށް މިހާރު ދަނޑުމަތީގައި ޕާފޯމް ކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox