ތުރުކީގައި ހައްޔަރުކުރި އިޒްރޭލްގެ ފުޓްބޯޅަ ކުޅުންތެރިޔާ ދޫކޮށްލަން ނިންމައިފި

Jan 15, 2024, 12:52 PM
އަންތަލިޔަސްޕޯގެ އިޒްރޭލް ކުޅުންތެރިޔާ، ސާގިވް ޖެހެޒްކެލް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރިއިރު، ބެންޑޭޖްގައި ލިޔެފައިވާ ހަނގުރާމައިގެ މެސެޖް ކެމެރާ އަށް ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

އަންތަލިޔަސްޕޯގެ އިޒްރޭލް ކުޅުންތެރިޔާ، ސާގިވް ޖެހެޒްކެލް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރިއިރު، ބެންޑޭޖްގައި ލިޔެފައިވާ ހަނގުރާމައިގެ މެސެޖް ކެމެރާ އަށް ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

އިސްތަންބޫލް، ތުރުކީ (ޖެނުއަރީ 15) - ތުރުކީގެ ސުޕަ ލީގުގެ މެޗެއްގައި، އިޒްރޭލާއި ފަލަސްތީން ހަނގުރާމައާ ގުޅޭ މެސެޖެއް ދައްކާލި، އަންތަލިޔަސްޕޯގެ އިޒްރޭލް ފޯވާޑް، ސާގިވް ޖެހެޒްކެލް، ހައްޔަރުކުރުމަށް ފަހު ދޫކޮށްލަން ނިންމައިފި އެވެ.

ތުރުކީ ސުޕަ ލީގުގައި ކުޅުނު މެޗެއްގައި ޓްރަބްޒޯންސްޕޯ ކޮޅަށް ގޯލެއް ޖެހުމަށް ފަހު، އަންތަލިޔަސްޕޯގެ އިޒްރޭލް ކުޅުންތެރިޔާ، ސާގިވް، ބެންޑޭޖްގައި ލިޔެފައިވާ މެސެޖެއް ޓީވީ ކެމެރާ އަށް ދައްކާލިއިރު ލިޔެފައިވަނީ، "100 ޑޭސް. 7/10" މި ގޮތަށެވެ.

މި ކަމާ ގުޅިގެން ތުރުކީގެ ޕްރޮސެކިއުޓަރުން ވަނީ ސާގިވްގެ މި މެސެޖަކީ، އިޒްރޭލުން ފަލަސްތީނަށް އަރައި، ހިންގަމުން އަންނަ ގަތުލު އާންމަށް ތަރުހީބު ދޭ ފަދަ އަމަލެއް ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާ ކޮށްފަ އެވެ.

މި މައްސަލަ ހޫނުވެ، ތުރުކީގެ ސަރުކާރުގެ އޮފިޝަލުންނާއި އާންމުންގެ ޕްރެޝަރާ ހެދި، އަންތަލިޔަސްޕޯ އިން ވަނީ ސާގިވްގެ ކޮންޓްރެކްޓް ވެސް އުވާލައިފަ އެވެ.

ތުރުކީ ފުލުހުން، ސާގިވް، ހައްޔަރުކުރުމާ ގުޅިގެން، އިޒްރޭލްގެ ސަރުކާރުގެ އެކި އޮފިޝަލުން އަންނަނީ، ތުރުކީއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އަޑުއުފުލަމުންނެވެ. އެ ގޮތުން، އިޒްރޭލްގެ ފޮރިން މިނިސްޓްރީން ވަނީ ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުން ތުރުކީއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެފަ އެެވެ.

ތަކުރާރުކޮށް، އިޒްރޭލްގެ ސަރުކާރު އޮފިޝަލުން ދައްކަމުން އައި ވާހަަކަތަކަށް ފަހު، އެންމެ ފަހުން، މިއަދު ތުރުކީ ސަރުކާރާއި ފުލުހުން ނިންމާފައިވަނީ، ސާގިވް ދޫކޮށްލުމަށެެވެ.

ރިޕޯޓްތައް ބުނާގޮތުން، ސާގިވް ދޫކޮށްލާނީ އަނބުރާ ދެން ތުރުކީ އަށް ނާދެވޭ ގޮތަށް ޑީޕޯޓް އެވެ. ޓެލް އަވީވް އަށް މިއަދު ސާގިވް އާއި އޭނާގެ އާއިލާ ގެންދާނީ އިޒްރޭލް ސަރުކާރުން ހަމަޖެއްސި ޖެޓެއްގަ އެވެ.

މީޑިއާ އަކަށް ސާގިވް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާ ބެންޑޭޖްގައި ލިޔެގެން މި ދިން މެސެޖަކީ، އެއްވެސް ކަމަކަށް ތާއީދުކޮށްފައި، ފާޅުކުރި ޝުއޫރެއް ނޫން ކަމަށެވެ. އެއީ، އިޒްރޭލާއި ހަމާސްގެ މެދުގައި ހިނގާ މި ހަނގުރާމަ އަށް 100 ދުވަސް ވެފައިވާތީ، އެކަން ހުއްޓާލައި، ސުލްހަ ގާއިމްކުރަން އެދޭތީ، އެ ކަމަށް އެދި ގޮވާލި ގޮވާލުމެއް ކަމަށް ސާގިވް ބުނެފައިވެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮރަށް 25،000 އަށް ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox