އިންޑިއާއިން ބުނީ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަން ނުހުއްޓޭނެ ގޮތެއް ހޯދަން މަޝްވަރާކުރި ކަމަށް

އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓްކުރާ ޑޯނިއާ މަތިންދާބޯޓް. އެގައުމުން މިއަދު ބުނީ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަން ނުހުއްޓޭނެ ހައްލަކަށް މަޝްވަރާކުރި ކަމަށް

އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓްކުރާ ޑޯނިއާ މަތިންދާބޯޓް. އެގައުމުން މިއަދު ބުނީ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަން ނުހުއްޓޭނެ ހައްލަކަށް މަޝްވަރާކުރި ކަމަށް

ރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓްކުރާ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަން ނުހުއްޓޭނެ "ވޯކަބަލް ސޮލިއުޝަން" އެއް ހޯދަން ދެގައުމުން މިއަދު ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރި ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމާއި ދެގައުމު ގުޅުމާ ބެހޭ އެހެން ގިނަ ކަންތައްތަކާ މަޝްވަރާކުރަން އުަފައްދާފައިވާ "ކޯގްރޫޕް" އިން ފޮރިން މިނިސްޓްރީގަައި މިއަދު ބޮޑު ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމަށް ފަހު ރާއްޖޭން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުން އަވަސްކުރަން މިއަދުގެ މަޝްވަރާތަކުގައި އިންޑިއާއިން އެއްބަސްވި ކަަމަށެވެ.

އެހެން ނަމަވެސް އެ ބައްދަލުވުމާ ބެހޭ ގޮތުން އިންޑިއާއިން ނެރުނު ބަޔާނުގައި އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނުގައި ބުނީ ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމާއި އިންސާނީ އެހީދޭން ވައިގެ އުޅަނދުތަކުން ހިންގާ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ހައްލަކާ މެދު މަޝްވަރާކުރި ކަަމަށެވެ.

Advertisement

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނަކީ ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެގައުމުން ރާއްޖެއަށް "ހަދިޔާކޮށްފައިވާ" ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓްކުރުމަށެވެ. އެމީހުން ހިމެނޭ ގޮތުން ރާއްޖޭގައި ތިބޭ އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖެ-އިންޑިއާ ކޯ ގްރޫޕުން މިއަދު ބޮޑު ބައްދަލުވުމެއް ބޭއްވި އިރު ރައީސް އޮފީހުން ބުނީ އަންނަ މާޗްމަހުގެ 15 ގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދަން މިއަދުގެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox