ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އަށް ވެސް ޗައިނާ އިން އެހީވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު އިންޓަވިއުއެއް ދެއްވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު އިންޓަވިއުއެއް ދެއްވަނީ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބްތައް އަދި ވަކިވަކި އެތުލީޓުންނަށް ވެސް ޗައިނާގެ އެހީތެރިކަން ލިބިގެންދާނެ އެއްބަސްވުމެއް ގާއިމްކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، އިއްޔެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ޗައިނާ އިން ރާއްޖެ އަށް އެހީވާން ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގެ އެކިއެކި ކުޅިވަރު އެސޯސިއޭޝަންސްތަކަށް އެހީތެރިކަން ސީދާ ދިނުމަށް، އަދި ވަކިވަކި އެތުލީޓުން ޓްރެއިން ކުރުމަށްޓަކައި، އެކި ކަހަލަ ފުރުސަތުތައް ދިނުމަށް، ކްލަބްތައް ތަރައްގީ ކުރުމަށް، ކްލަބްތަކުން ފަރިތަކޮށް އިންޓަނޭޝަނަލް ފެންވަރުގެ މެޑަލްތައް ހޯދޭ ފެންވަރަށް ޗައިނާ އަށް ގޮސް ތަމްރީން ދިނުމާ ބެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް ޗައިނާ އިން ހުށަހަޅައި އެކަމަށް އަޅުގަނޑުމެން އެއްބަސްވިން،" ރައީސް ވިދާޅުވި އެވެ.

ވޭތުވެދިޔަ ސަރުކާރުގައި، އިންޑިއާއާ އެކު، ސިޔާސީ ގުޅުން ވަރުގަދަކުރިއިރު، ރާއްޖޭގެ ކުޅިވަރު އެތުލީޓުންނާއި ޓީމުތަކަށް ވަނީ އިންޑިއާ އިން އެކި ފުރުސަތުތައް ފަހިކޮށްދީފަ އެވެ. އޭގެ ތެރެއިން ތަނަވަސްވި ފުރުސަތުތަކުގައި، މުބާރާތްތަކާ ދިމާކޮށް އެކިއެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ ޓްރެއިނިން އާއި އިންޑިވިޖުއަލް އެތުލީޓުންގެ ދިގު ޓްރެއިނިން ކޭމްޕްގެ ފުރުސަތުތައް ހިމެނެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން، ޗައިނާއާ އެކު، އެކި ރޮނގުރޮނގުން، ގުޅުން ބަދަހިކޮށް، އެއްބަސްވުންތައް ވަނީ ގާއިމްކޮށްފަ އެވެ. އެ ގޮތުން، ކުޅިވަރުން ވެސް ރާއްޖެ އަށް މަންފާ ކުރާނެ ކަމަށް އެއްބަސްވުމެއް ހެދިފައިވާ ކަމަށް ވިދާޅުވެފައިވާއިރު، މީގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ކުޅިވަރުގެ އެކި ފަރާތްތަކުން ފާހަގަކުރެ އެެވެ. އެއީ، ވަސީލަތްތަކަށް ބަލާއިރު، ޗައިނާ އަކީ އޭޝިއާ ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ އަދި މިދިޔަ އަހަރު އޭޝިއަން ގޭމްސް ވެސް ހޯސްޓްކޮށްފައިވަނީ އެ ގައުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox