މޭޔަރު އިންތިހާބުގައި ފާރިސް މައުމޫނުގެ ތާއީދު އާޒިމް އަށް

ފާރިސް މައުމޫނު : މޭޔަރު އިންތިހާބުގައި ފާރިސް މައުމޫނުގެ ތާއީދު އާޒިމް އަށް

ފާރިސް މައުމޫނު : މޭޔަރު އިންތިހާބުގައި ފާރިސް މައުމޫނުގެ ތާއީދު އާޒިމް އަށް

ހޮނިހިރު ދުވަހު އޮންނަ މާލެ ސިޓީ މޭޔަރު އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމަށް ތާއީދުކުރެއްވުމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނު ނިންމަވައިފި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ފާރިޝްގެ ތާއީދު އޮތްކަން ހާމަކުރެއްވީ އާޒިމްގެ ކެމްޕޭން ނިންމުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގަ އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ މާލެ ސިޓީ މޭޔަރުގެ ކުރިމަތިލައްވާފަ ތިބި ބޭފުޅުންގެ ތެރެއިން، އެންމެ ރަނގަޅު ބޭފުޅަކީ އަލްފާޟިލް އާދަމް އާޒިމް، އެހެންވީމަ އަޅުގަނޑު ތާއީދުކުރަނީ އާދަމް އާޒިމް އަށް، ކެންޑިޑޭޓު ނަމްބަރު ހަތަރެއް" ފާރިސް ވިދާޅުވި އެވެ.

ފާރިސް މައުމޫނު މިރޭ ވީޑިއޯ މެސެޖު ދެއްވަނީ - ފޮޓޯ: އެމްޑީޕީ
ފާރިސް މައުމޫނު މިރޭ ވީޑިއޯ މެސެޖު ދެއްވަނީ - ފޮޓޯ: އެމްޑީޕީ

ފާރިސް މައުމޫނު މިރޭ ވީޑިއޯ މެސެޖު ދެއްވަނީ - ފޮޓޯ: އެމްޑީޕީ

ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވި ފާރިސް ވިދާޅުވީ، މާލެ ސިޓީގައި ހައްލުކުރަން ޖެހޭ ކަންކަން ވަރަށް ގިނަ ކަމަށާއި އެކަންކަމަކީ ރޭވުންތެރިކަމާއެކު ތަޖުރިބާހުރި ތައުލީމީ ބޭފުޅަކަށް ނޫނީ ނުކުރެވޭނެ ކަންކަން ކަމަށެވެ. އަދި، އެއީ އޭނާ އާޒިމަށް ތާއީދުކުރާ އެންމެ މައިގަނޑު ސަބަބު ކަމަށްވެސް ވިދާޅުވި އެވެ.

އާޒިމްގެ އިތުރުން ދެން މޭޔަރު އިންތިހާބުގައި ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީއިން އާޒިމާ ޝުކުރޫ، ދަ ޑިމޮކްރެޓްސްއިން ސައިފު ފާތިހު އަދި ކުރީގެ ރައީސް ޔާމީނުގެ ތާއީދާއެކު ވާދަކުރައްވާ ކުރީގެ ސީޕީ ހުސެއިން ވަހީދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އެވެ.

މިއީ މިދިޔަ ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަހު ވަޒަންކޮށްލުމަށް ލިބޭ ފުރަތަމަ ފުރުސަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox