ހަނގުރާމަ ފެށި ފަހުން ރާއްޖެއަށް އަންނަ އިޒްރޭލު ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް ދަށަށް

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން : ރާއްޖެ ނައުމަށް ޒަޔަނިސްޓު ސަރުކާރުން އެންގުމަށްފަހު އިޒްރޭލު ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް ދަށަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން : ރާއްޖެ ނައުމަށް ޒަޔަނިސްޓު ސަރުކާރުން އެންގުމަށްފަހު އިޒްރޭލު ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް ދަށަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިޒްރޭލާ ދެކޮޅު މާހައުލެއް ދިވެހިރާއްޖޭގައި އުފެދި، ވަރުގަދަވަމުންދާ ކަމަށް ބުނެ އެ ގައުމުގެ ރަައްޔިތުންގެ ރާއްޖެއަށް ދަތުރު ނުކުރަން އިޒްރޭލުގެ ފޮރިން މިނިސްޓްރީން އޮކްޓޯބަރު 20، 2023 ގައި އިލްތިމާސްކުރުމުން އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް ދަށްވެއްޖެ އެވެ.

އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ވޭތުވެދިޔަ 75 އަހަރު ހިންގަމުންދިޔަ ގަތުލްއާންމު ވަރުގަދަ ކުރުމާއެކު، އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ދިވެހިން އަޑުއުފުލަން ފެށުމާއެކު، އިޒްރޭލުން ނެރުނު އިލްތިމާސްގައި ބުނެފައި އޮތީ "އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އޮތް މާހައުލު ވަރުގަދަވަމުންދާ" ކަމަށެވެ.

އިމިގްރޭޝަނުން ބަލަހަށްޓާ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ، އޮކްޓޯބަރުގެ ކުރިއާ އަޅާބަލާއިރު އެތައް ގުނައެއް ދަށްވެފަ އެވެ.

އިޒްރޭލެ ފަތުރުވެރިންގެ އަދަދު (2023)

  • ޖެނުއަރީ - 1028
  • ފެބްރުއަރީ - 896
  • މާޗު - 1269
  • އެޕްރީލް - 1451
  • މެއި - 736
  • ޖޫން - 621
  • ޖުލައި - 985
  • އޮގަސްޓު - 1600
  • ސެޕްޓެމްބަރު - 1776
  • އޮކްޓޯބަރު - 518
  • ނޮވެމްބަރު - 54
  • ޑިސެމްބަރު - 34

އެ އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރު އިޒްރޭލުން ރާއްޖެއަށް ޖުމްލަ 10،968 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނަކީ އަހަރުގެ ފަހުކޮޅު ނަމަވެސް، އާންމުކޮށް ރާޅާއެޅުމަށް ރާއްޖެ އަންނަ އިޒްރޭލު މާކެޓުގެ ހައި ސީޒަނަކީ މާޗު-އެޕްރީލް އެވެ. ނަމަވެސް، 2022 ގެ އަދަދުތަކަށް ބަލާނަމަވެސް، އަހަރުގެ ފަހު ތިން މަހުގެ އަދަދުތައް ވެސް ހުރީ މިދިޔަ އަހަރަށްވުރެ މަތީގަ އެވެ. އެގޮތުން 2022 ގެ ނޮވެމްބަރު 807 މީހުން އަދި ޑިސެމްބަރު 1045 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރި އެވެ.

އަހަރުތަކުގެ ޖުމްލަ އަދަށް ބަލާނަމަވެސް، 2023 ވެގެން ގޮސްފައި މިވަނީ ކޮވިޑުގެ ހާލަތަށްފަހު އިޒްރޭލުން އެންމެ މަދު ފަތުރުވެރިން ރާއްޖެ އައި އަހަރަށެވެ. އެގޮތުން 2022 ގައި 15،748 ފަތުރުވެރިން އަދި 2021 ގައި 12،175 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން މަސައްކަތް ކުރުން

އިޒްރޭލުގެ ގަތުލުއާންމު ވަރުގަދަ ކުރުމާއެކު ދިވެހިން އެންމެ ބޮޑަށް ކުރަމުންދާ ޑިމާންޑަކީ ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމެވެ. ރައްޔިތުންގެ މަޖިލީހަށް މި މައްސަލާގައި ގަރާރެއް، ކުއްލި މައްސަލައެއް، އަދި ބިލެއް ވެސް ހުށަހެޅުނެވެ.

އެ ޕްރެޝަރުތަކާއެކު މަޖިލީހުގެ ހާރިޖީ ކޮމިޓީއިން ވަނީ މީގެ 55 ދުވަސް ކުރިން ނޮވެމްބަރު 16، 2023 ގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފަ އެވެ.

އެއާއެކު މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، "ސީރިއަސް ކަމެއްގެ ގޮތުގައި" އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެ ގަރާރު ދިރާސާކޮށްފައި ސަރުކާރުގެ އިލްތިމާސެއް، މަޖުބޫރުވާ ކަމެއް ނުވަތަ ކުރަން ޖެހޭ ކަމެއް އޮވެއްޖެއްޔާމުން ވަގުތުން އެ ފިޔަވަޅު އަޅާނަން. އަދި އެކަން އަޅުގަނޑުމެން ކެބިނެޓާ ހަމައަށް ވެސް ގެންނާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، އޭގެ ފަހުން ބޭއްވި އެއްވެސް ވަޒީރުންގެ މަޖިލީހަކަށް އެ މައްސަލަ ގެނެސްފައެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން ސަރުކާރާ ކުރިމަތިވާ ސުވާލުތަކަށް މިހާތަނަށް ސާފު ޖަވާބެއް ލިބިފައެއް ނުވެ އެވެ. ސަރުކާރުގެ ބަހެއް ނެތް ނަމަވެސް، ވަކި ގައުމެއްގެ ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަކީ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox