ސީއީއެސް 2024 ގެ އެންމެ ތަފާތު އުފެއްދުންތަކާއި އިއުލާންތައް

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ކުންފުނިތަކުގެ އައު އުފެއްދުންތައް މި ޝޯއިން ފެނިގެންދާނެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ކުންފުނިތަކުގެ އައު އުފެއްދުންތައް މި ޝޯއިން ފެނިގެންދާނެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ވެސް ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި މިވަނީ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނިތަކުގެ ތަސައްވުރުތައް ފެނިގެން ގޮއްސަ އެވެ. އެމެރިކާގެ ލަސްވޭގާސް ގައި ކުރިއަށް ދާ މި ޝޯ އަކީ އިލެކްޓްރޯނިކްސްގެ އެންމެ ބޮޑު އެއް ޝޯ އެވެ. މީގެ ތެރޭގައި ސްމާޓް ޑިވައިސަސްތަކާއި، ރޮބޮޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް، ހޯމް އެޕްލަޔަންސަސް އަދި އޮޓޯމޯޓިވް ޓެކްނޮލޮޖީ ހިމެނެ އެވެ. މިއަހަރު ވެސް މިދާއިރާތަކުން އެކި ކުންފުނި ތަކުން މިވަނީ އައު އުފެއްދުންތައް ދައްކާލާ ކުރިއަށް ރާވާފައިހުރި ބައެއް ކަންކަން އިއުލާންކޮށްފަ އެވެ. މީގެ ތެރެއިން މިހާތަނަށް އެންމެ ފާހަގަކޮށްލެވުނު އުފެއްދުންތަކާއި އިއުލާންތަކަށް ބަލާލާނަމެވެ.

އެލްޖީއާ ސެމްސަންގެ ޓްރާންސްޕޭރެންޓް ޓީވީ

މި އަހަރުގެ ސީއީއެސްއަށް އެންމެ ތަފާތު އެއް އުފެއްދުމަށްކަށް ވީ އެކަށްޗަކީ ޓްރާންސްޕޭރެންޓް ޓީވީތަކެވެ. އެގޮތުން އެލްޖީ އަދި ސެމްސަންގް އިން ވަނީ އެއިން ކޮންމެ ކުންފުންޏެއްގ ވެސް އަމިއްލަ ވަންތަ ޓްރާންސްޕޭރެންޓް ޓީވީ އެއް ދައްކާލާފަ އެވެ. އެލްޖީ އިން ދައްކާލާފައިވަނީ އެކުންފުނީގެ އޯލެޑް ޓީ ޓީވީ އެވެ. މިއީ ޓްރާންސްޕޭރެންޓް އޯލެޑް ޕެނެލް އެއް ހިމެނޭ، ފަތި މަސް ޓޭންކެއްހެން އިންނަ ޓީވީ އެކެވެ.

އެލްޖީގެ އޯލެޑް ޓީ  ޓީވީ. ފޮޓޯ: އެންގެޖެޓް
އެލްޖީގެ އޯލެޑް ޓީ ޓީވީ. ފޮޓޯ: އެންގެޖެޓް

އެލްޖީގެ އޯލެޑް ޓީ ޓީވީ. ފޮޓޯ: އެންގެޖެޓް

Advertisement

ސެމްސަންގް ގެ ޓީވީއަކީ ޓްރާންސްޕޭރެންޓް މައިކްރޯލެޑް ޓީވީއެކެވެ. މިއީ މި ބާވަތުގެ ފުރަތަމަ ޓީވީ އެވެ. އެ ކުންފުނީގެ މައިކްރޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީން އަލިގަދަ ސާފު މަންޒަރުތަކެއް ފެނިގަންދާނެ ކަމަށް ސެމްސަންގް އިން ބުނެ އެވެ. އަދި މިހާރު ވެސް މާކެޓުގައި ހުރި ބައެއް ޓްރާންސްޕޭރެންޓް ޓީވީތަކަށް ވުރެ މި ޓީވީ ޓްރާންސްޕޭރެންޓް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް މި ޓެކްނޮލޮޖީ މާކެޓަށް ނެރޭނެ ވަކި ތާރީހެއް އެ ކުންފުނިން ނުބުނެ އެވެ.

ސެމްސެންގެ ގެ ޓްރާންސްޕޭރެންޓް ޓީވީ. ފޮޓޯ: އެންގެޖެޓް
ސެމްސެންގެ ގެ ޓްރާންސްޕޭރެންޓް ޓީވީ. ފޮޓޯ: އެންގެޖެޓް

ސެމްސެންގެ ގެ ޓްރާންސްޕޭރެންޓް ޓީވީ. ފޮޓޯ: އެންގެޖެޓް

ވޯކްސްވާގަން ކާރަށް ޗެޓްޖީޕީޓީ

ޖަރުމަނުގެ ކާރު ކުންފުނި ވޯކްސްވާގަންގެ ބައެއް ކާރުތަކަށް މަޝްހޫރި ޗެޓްބޮޓް ޗެޓްޖީޕީޓީ އިތުރުކުރަން ނިންމާފައިވާކަން އެ ކުންފުނިން ވަނީ މިއަހަރުގެ ސީއީއެސް ގައި ހާމަކޮށްފަ އެވެ. އެކުންފުންޏާއި އޯޕެންއޭއައި ގުޅިގެން ކާރުތަކަށް ޗެޓްޖީޕީޓީ ގެންނަނީ އައިޑީއޭ ވޮއިސް އެސިސްޓެންޓް މެދުވެރިކޮށެވެ. އެހެންކަމުން، މިހާރު ވެސް މީހުން ޗެޓްޖީޕީޓީ ބޭނުންކުރާ ފަދައިން، ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވާ ހެދޭނެ އެވެ.

ވޯކްސްވަގަން ކާރެއް. ފޮޓޯ: ވޯކްސްވަގަން
ވޯކްސްވަގަން ކާރެއް. ފޮޓޯ: ވޯކްސްވަގަން

ވޯކްސްވަގަން ކާރެއް. ފޮޓޯ: ވޯކްސްވަގަން

އެޕަލް ވިޝަން ޕްރޯ ފެބްރުއަރީ ދޭއްގައި ނެރެނީ

މިދިޔަ އަހަރު އިއުލާންކުރި އެންމެ ތަފާތު އެއް ޕްރޮޑަކްޓްކަމަށްވާ އެޕަލް ވިޝަން ޕްރޯ ނެރޭނެ ތާރީހު ވެސް ސީއީއެސްގައި ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ދެޔަކުން ފެށިގެން އެމެރިކާގައި މި އުފެއްދުން ވިއްކަން ފަށާނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ. އަދި މި މަހުގެ 19 އިން ފެށިގެން ވިޝަން ޕްރޯ ޕްރީއޯޑާ ކުރެވޭނެކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މި އުފެއްދުމުގެ އަގަކީ 3،500 ޑޮލަރެވެ.

އެޕަލް ވިޝަން ޕްރޯ. ފޮޓޯ: އެޕަލް
އެޕަލް ވިޝަން ޕްރޯ. ފޮޓޯ: އެޕަލް

އެޕަލް ވިޝަން ޕްރޯ. ފޮޓޯ: އެޕަލް

ނަފްސާނީ ދުޅަހެޔޮކަމަށް ލޯގަނޑެއް

ބަރަކޯޑާ ކުންފުނީގެ "ބީމައިންޑް ސްމާޓް މިރޯ" އަކީ ވެސް ސީއީއެސްގައި ފެނުން ތަފާތު އުފެއްދުމެކެވެ. މިއީ ކުރުމަތީ ހުންނަ މީހާގެ މޫނުގެ ކުލަވަރާއި، އުޅުމާއި، އަޑުގައިވާ އިހްސާތައް ދެނެގަންނަ ލޯގަނޑެކެވެ. މިކަން ކުރުމަށް އޭއައި އާއި ނެޗުރަލް ލެންގުއޭޖް ޕްރޮސެސިން ބޭނުންކުރެ އެވެ. މީހާގެ "މޫޑް" ދެނެގަތުމަށް ފަހު އެ މީހަކަށް އެންމެ އެކަށީގެންވާގޮތަށް ލައިޓް ތެރަޕީ ސެޝަން، ގައިޑެޑް މެޑިޓޭޝަން އަދި ސެލްފް-އެފަމޭޝަންސް ފޯރުކޮށްދެ އެވެ.

ބަރަކޯޑާ ކުންފުނީގެ "ބީމައިންޑް ސްމާޓް މިރޯ" . ފޮޓޯ: ޒީޑީނެޓް
ބަރަކޯޑާ ކުންފުނީގެ "ބީމައިންޑް ސްމާޓް މިރޯ" . ފޮޓޯ: ޒީޑީނެޓް

ބަރަކޯޑާ ކުންފުނީގެ "ބީމައިންޑް ސްމާޓް މިރޯ" . ފޮޓޯ: ޒީޑީނެޓް

ފިލިޕްސް އަތްތިލައިން ހުޅުވާލެވޭ، ތަޅުލެވޭ ސްމާޓް ލޮކް

ތަންތަނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އެކި ކަހަލަ ޓެކްނޮލޮޖީ ބޭނުންކުރާ ގިނަ އަދަދެއްގެ އުފެއްދުންތައް މިހާރު ވެސް ބާޒާރުގައި އެބަހުއްޓެވެ. އޭގެތެރޭގައި ކޯޑެއް ޖަހައިގެން އަދި އިންގިލީގެ ނިޝާން ޖަހައިގެން ހުޅުވޭ ތަޅުތައް އެބަހުއްޓެވެ. ފިލިޕްސް އިން މިވަނީ މިއަށް ވުރެ އެއް ފިޔަވަޅު ކުރިއަށް އަޅާ، ހަމައެކަނި އަތްތިލަ ދައްކާލައިގެން މިކަންކަން ކޮށްލެވޭ ޓެކްނޮލޮޖީއެއް ގެނެއްސަ އެވެ. މި "ޓަޗްލެސް" ސްމާޓް ލޮކުން މީހާގެ އަތްތިލަ ސްކޭންކޮށްލުމަށް ފަހު ތަޅު ހުޅުވާ ބަންދުކުރެ އެވެ. މި އުފެއްދުމަށް ގިނަވެގެން 50 މީހުންގެ އަތްތިލަ ބޭނުންކުރެވޭނެކަމަށް ފިލިޕްސް އިން ބުނެ އެވެ.

ފޮޓޯ: ފިލިޕސް
ފޮޓޯ: ފިލިޕސް

ފޮޓޯ: ފިލިޕސް

ޓީސީއެލްގެ މާސިންގާ ކިއުޑީ މިނީ ލެޑް ޓީވީ

ބޮޑެތި ކުންފުނިތަކުގެ ބޮޑު ޝޯއަށް ޓީސީއެލް އިން ގެނައީ އެ ކުންފުނީގެ ބޮޑު ޓީވީ އެކެވެ. 115 އިންޗީގެ ޓީވީއަކީ އަކީ ގޭގައި ސިނަމާ ހާދާލަން ބޭނުންވާ ފަރާތްތަކަށް ފުރިހަމަ އުފެއްދުމެކެވެ. މި ޓީވީގެ ބޮޑީ ހަމައެކަނި ސައިޒެއް ނޫނެވެ. ކޮލިޓީ ވެސް އެތައް ގޮތަކުން ބޮޑެވެ. އެންޓި-ގްލެއާ ސްކްރީންގެ ސަބަބުން، ކުރިމަތީގައި އެތަކެއް ބޮތްކެއް ހުއްޓަސް، މަންޒަރު ސާފުވާނެ އެވެ. އޭއައި ބޭނުންކުރާ 20،000 ޑިމިން ޒޯންގެ ސަބަބުން، ސާފު އަދި ފުރިހަމަ މަންޒަރާ ކުލަތައް ދައްކާދެ އެވެ. ޓީވީގެ އަލިކަމުގައި 5000 ނިޓްސް ހުރެ އެވެ. މިއީ އާންމުކޮށް ހުންނަ ޓީވީތަކަށް ވުރެ ފަސް ގުނަ އިތުރު އަދަދެކެވެ. މި އުފެއްދުމުގެ އަގަކީ 20،000 ޑޮލަރެވެ.

ފޮޓޯ: އެންގެޖެޓް
ފޮޓޯ: އެންގެޖެޓް

ފޮޓޯ: އެންގެޖެޓް

މިއީ މިހާތަނަށް ފާހަގަކޮށްލެވުނު ބައެއް ކަންކަމެވެ. މި ނޫނަސް އެތައް ތަފާތު އުފެއްދުމެއް ސީއީއެސްގައި ވަނީ ދައްކާލާފައެވެ. މިމަހުގެ 9 ކުން 12 ސީއީއެސް ކުރިއަށްދާނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ކުންފުނިތަކުގެ އައު އުފެއްދުންތައް މި ޝޯއީން ހާމަވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox