ވިރާތު އާއި ރޯހިތު އަހަރަކަށް ފަހު އިންޑިއާގެ ޓީ20 ސްކޮޑަށް

Jan 7, 2024, 3:28 AM
ވިރާތު އާއި ރޯހިތު އަހަރަކަށް ފަހު އިންޑިއާގެ ޓީ20 ސްކޮޑަށް

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 7) - މި އަހަރު ބާއްވާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކުރިން، ވިރާތު ކޯލީ އާއި ރޯހިތު ޝަރްމާ އަލުން، އިންޑިއާގެ ޓީ20 ގައުމީ ސްކޮޑާ ގުޅޭނެ ކަމަށް ބެލެވިއްޖެ އެވެ.

ވެސްޓް އިންޑީސް އާއި އެމެރިކާގައި، އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޮތީ މި އަހަރު ޖޫން 1-29 އަށެވެ. އިންޑިއާ ހިމެނެނީ، ޕާކިސްތާން، އަޔަލެންޑް، އެމެރިކާ އަދި ކެނަޑާއާ އެއް ގްރޫޕެއްގަ އެވެ.

އިންޑިއާ އިން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ތައްޔާރީތައް ފަށައިގެން ކުރިއަށްދާއިރު، އަފްގާނިސްތާނާ އެކު ވަރަށް އަވަހަށް ޓީ20 ސީރީސެއްގައި ވާދަކުރާނެ އެވެ. އެ ސީރީސްގައި ވާދަކުރަން ނަގާ ސްކޮޑު އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ.

އިންޑިއާ އިން ސްކޮޑު އިއުލާނުކުރަން ލަސްކޮށްފައިވަނީ، އެ ޓީމުގެ ދެ ތަރިން، ކަމަށްވާ ވިރާތު އާއި ރޯހިތަށް އަލުން ފުރުސަތު ދިނުމާ މެދު އިންޑިއާގެ ކްރިކެޓް ބޯޑުން އަދި ގޮތެއް ނުނިންމާތީ އެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިންޑިއާ ކްރިކެޓް ބޯޑުން އަފްގާނިސްތާން ސީރީސް އަށް ސްކޮޑު އިއުލާނުކުރާނެ އެވެ.

އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިން، ހާއްސަކޮށް ކެޕްޓަނުން އަންނަނީ، ޓީ20 ޓީމަށް އަލުން ވިރާތާއި ރޯހިތު ގުޅެން ޖެހޭ ކަމަށް ބުނަމުންނެވެ.

ވިރާތު އާއި ރޯހިތު، އެންމެ ފަހުން، ޓީ20 ފޯމެޓްގައި އިންޑިއާ ގައުމީ ޓީމަށް ކުޅެފައިވަނީ، 2022 ވަނަ އަހަރުގެ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގަ އެވެ. އެ ގޮތުން، އެ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ އިން އިންގްލެންޑް އަތުން ބަލިވި މެޗަކީ، ޓީ20 ފޯމެޓްގައި އިންޑިއާ ޓީމަށް ވިރާތު އާއި ރޯހިތު ކުޅުނު ފަހު މެޗެވެ.

އެހެން ނަމަވެސް ދާދި ފަހުން، މިދިޔަ ނޮވެމްބަރު މަހު، އިންޑިއާގައި ބޭއްވި އައިސީސީ ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި/ޓެސްޓް ކްރިކެޓް) ވޯލްޑް ކަޕްގައި ވިރާތު އާއި ރޯހިތުގެ ފޯމަށް ބަލައި، އެ ދެ ކުޅުންތެރިން ޓީ20 އަށް ވެސް މުހިންމުވާނެ ކަަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހާއްސަކޮށް، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިރާތު، އަލުން ޓީ20 ސްކޮޑަށް އަންނަން ގޮވާލާ ފަރާތްތައް ގިނަ އެވެ.

އިންޑިއާ އިން ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރީ 2007 ވަނަ އަހަރު އެވެ. ދެކުނު އެފްރިކާގައި އެ ފަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ އިން ވަނީ ޕާކިސްތާން އަތުން މޮޅުވެފަ އެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާ އިން ޕާކިސްތާނާ ކުޅޭނީ ގްރޫޕްގެ ދެ ވަނަ މެޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox